އިސްލާމް ދީނުގައި ކަންކަން އޮންނަ އެންމެ ރަނގަޅު ގޮތް ދިވެހި ރައްޔިތުންނަށް ބަޔާންކޮށް ދިނުމުގައި އިސްލާމިކް މިނިސްޓްރީން ދެމި ތިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިފަދައިން ބުނެފައި މިވަނީ އަންހެން ކުދިން ހިތާނަ ކުރުމާއި ގުޅޭ ގޮތުން އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ސޮއި ކުރައްވާ ފޮނުއްވި ސިޓީއެއް އާއްމު ވެފައިވާ ދަނޑިވަޅެއްގައެވެ. އިސްލާމިކް މިނިސްޓްރީން މީގެ ކުރިންވެސް ބުނެފައިވަނީ އެކަން އެގޮތަށް ކޮށްފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެކަމުގެ ލަފަޔަކަށް އެ މިނިސްޓްރީގައި އެދިފައިވާތީ ކަމަށެވެ.

މިކަމާއި ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުންތައް އިސްލާމިކް މިނިސްޓްރީއަށް އަމާޒުވާން ފެށުމުން އެ މިނިސްޓްރީން ވަނީ އެކަމާއި ގުޅިގެން ނޫސްބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެ މިނިސްޓްރީން ބުނީ އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން ލަފަޔަކަށް އެދި ފަތުވާ މަޖިލީހަށް ހުށައެޅީ އެޗްޕީއޭއިން އެދިގެން ކަމަށެވެ. އެ މިނިސްޓްރީން ބުނީ އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ލަފަޔަކަށް އެދުނީ އެ މިނިސްޓްރީގެ ބޭނުމަކަށް ކަމަށް ބައެއް މީހުންނަށް ހީވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ބުނީ އިސްލާމިކް މިނިސްޓްރީއަކީ ރައްޔިތުންނަށް ދީނީ ގޮތުން އޮޅުން އަރާ ކޮންމެ ކަމެއްގައި އަދި ރައްޔިތުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެކަމެއްގައި ދީނީ ގޮތުން އޮންނަ ގޮތް ބަޔާންކޮށްދޭ ފަރާތް ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ތަނުގައިވެސް އެ މިނިސްޓްރީއަށް ހުށަހަޅާ ދީނީ މައްސަލަތައް އޮޅުން ފިލުވައިދިނުމުގައި ދެމި އޮންނާނެ ކަމަށް އެ މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން މިފަދައިން ބުނެފައިވާއިރު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިކަމަށް ފާޑު ވިދާޅުވެފައެވެ. އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެންކުދިން ހިތާނު ކުރުމަށް ފަތުވާއެއް ބޭނުން ނުވާ ކަމަށެވެ. އަދި އެއީ ހިތާނު ކުރުމުގެ ނަމުގައި ދޭ ޖިންސީ އަނިޔާކަމަށް ވިދާޅުވިއެވެ.

އަަންހެނުން ހިތާނު ކުރުމަކީ އިސްލާމް ދީނުގެ ޝަރީއަތުގައި އޮންނަ ކަމެއް ނޫން ކަމަށާއި، އެމީހުން ހިތާނަ ކުރަން ނުޖެހޭނެ ކަަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ވަނީ ވިދާޅުވެފައެވެ.

އަންހެން ކުދިން ހިތާނަ ކުރުމާއި ގުޅޭ ގޮތުން ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އަންހެން ކުދިން ހިތާނަ ކުރުމަކީ ސަރުކާރުން ހިތްވަރުދޭ ކަމަކަށް ނުވާތީ އެކަމާ ގުޅޭގޮތުން ލަފަޔަކަށް އެދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި ސިޓީ ބާތިލުކުރަން ވަނީ ނިންމާފައެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އިއްޔެ ފޮނުއްވި މެމޯއެއްގައި ވިދާޅުވީ އަންހެނުން ޚިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އަދި ހިތްވަރުދޭ ކަމެއްވެސް ނޫން ކަމަށެވެ. އަދި އެކަމުގައި ލަފައެއް ހޯދަންޖެހޭ ހާލަތެއް އޮތް ކަމަށް ނުދެކޭ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. Anonymous

  ކަލެޔަކީ ތަންދޮރު ނުދަން ކޮރަޕްޓް ޖާހިލެއް. އަދި ލާދީނިއްޔަތުގެ ހައްދު ފަހަނަ އެޅި މީހެއް

  6
  2
 2. ދަރިވަރުން

  ވަގުތު އެޑިޓަރަށް
  ކަލޭމެން ހަގީގަތުގައި ރައްޔަތުންނަށް ދީން ރަގަޅަށް އޮޅުން ފިލުވާދޭން ބޭނުންނަމަ، ފިތުނަ އުފެއްދުން ހުއްޓާލާ އެކަމަށް ވަކި ސަފުހާއެއް ހަދާ. މީހުން ފޮނުވާ ސުވާލުތަކަށް ދަންނަ މެދުމިނުގެ ދީނީ އިލްމުހުރި މީހެއް ކުރެން ޖަވާބު ހޯދައި އެޕޭޖުގައި ޖަހާ. އަދި ދީން ނޭނގޭ މީހުންނާއި ދަސްކުރަން ބޭނުންވާ މީހުންގެ ކޮމެންޓްތައް ވެސް ސެންސަރު ކުރުމެއް ނެތި ޖަހާ. އޭގައި ދީނާ ޚިލާފު އެއްޗެއް އޮތަސް އެކަމަށް ދަންނަމީހުން ދޭ ރައްދުވެސް އެޑިޓް ކުރުމެއް ނެތި ޖަހާ. އެޕޭޖް ނުގެއްލި ހަރުލާ ހުންނާނެ ފަދައިން، ޚަބަރު އީވަގުތު ކުޅިވަރު ކޮލަމްތައް ހެން ހަދާފައި ބަހަށްޓާ.
  އަދި ދިވެހީންނަށް ކަންކަން އޮޅުން އަރާނެ ފަދަ ލިޔުންތަކަށް ހިތްވަރުވެސް ދީގެން ނުވާނެ.
  މިއީ ރަނގަޅު ޚިޔާލަކަށް ވާނަމަ މިއާމެދު ވިސްނައި އަމަލު ކުރުމަކީވެސް ދަރިވަރުގެ އުންމީދު

  6
  6
 3. ޟ

  ޢިސްލާމިކް މިނިސްޓަރ ހިތާނު ކޮއްދޭނެ ފަރާތެއް ބޭނުންވެއްޖެ..

  4
  3
 4. މޫސަ

  ދީނީގޮތުން ކަންކަން އޮންނަ ގޮތް ބުނެދެއްވުމުގައި ދެމި ތިއްބެވުމަކީ ވަރަށް ރަނގަޅު ކަމެއް. ހަމައެހެންމެ އިސްލާމީމަރުކަޒުގައި ޤުރުއާން ކިޔެވުމުގެ ނަމުގައި ހަޅޭއްލަވާ އިމާމް އެތަނުން އެހެން ތަނަކަށް ބަދަލުކޮށް ދިވެހިންގެ އިސްލާމީވަންތަކަމުގެ މޫނުމަތި ރީތިކުރަންޖެހޭ. މިކަމާ ވިސްނަވާފައި ސާރވޭއެއް ހެއދެވުން ރަނގަޅުކަމަށް ފެނޭ

  1
  3
 5. މުފައްކިރު.

  އެމް ޑީ އެން ގެ ރިޕޯރޓް ނެރެ ގައުމު ހިލުވާލި އިރުވެސް ބަސްފުޅެއް ވިދާޅުވާން ނުކެރުނު އިރު ދެން ކޮންކަމެއްތޯ ކުރެވޭނީ.

  2
  1
 6. މަކިނބޫ

  ވަހުށީ ސަރުކާރު

  2
  1
 7. ާަާަަައަސްލު

  ﷲއާއި ރަސޫލާ އަށް ފުރައްސާރަކުރިމީހުން ކަމެއް ނުކުރެވުނުބަޔަކައް ކޮންކަމެއް ކުރެވޭނީ.

  4
  2
 8. ކަށިމަތި ފިކުރު

  އިސްލާމިކް މިނިސްޓްރީ ހިތާނު ކުރުން މާ ބުއްދި ވެރި ކަމަށް ފެނޭ. ގެރި މޯދީ ކީކޭބާ ބުނަނީ މިކަމާ..

 9. ޯކ

  ކިހިނެއް ދީނުގައޮންނަ ގައި އޮންނަ ގޮތްނޭގޭ މީހަކު
  އެކަން ބުނެދޭނީ
  ވަރަށް ހެއްވާ ކަމެއް
  ހެޔޮނުބައި ނޭގޭ މނމނ ބރ

 10. ފަސީ

  ކޮބާ ޑރ ޝަހީމު ރަސްގެފާނުގެ ކޮންސަލްތެންޓު؟/!! ކީކޭ ބާ ބުނަނީ މިކަމުގައި ހިތާނުކުރުމުގައި