ޗައިނާގައި ކޮރޮނާވައިރަސް ފުރަތަމަ ފެތުރެން ފެށި ސިޓީ ކަމުގައިވާ ވޫހާންގައި ތިބި ދިވެހިންގެ ހާލު ކަންތައް ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، ވުހާންގައި ތިބި ކުދިންގެ ހާލު ރަނގަޅު ކަމަށާއި، އެ ކުދިންގެ ކަންތައް އެމްބަސީން ބަލަމުންގެންދާ ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ވުހާންގައި ތިބި އެހެން ގައުމުތަކުގެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައި".އޮފިޝަލް ވިދާޅުވިއެވެ.

ޗައިނާގެ ވޫހާން ކަރަންޓީންކޮށް، އާއްމު ދަތުރުފަތުރު މިހާރު ވަނީ މެދުކަނޑާލާފައެވެ. އެ ސްޓޭޓްގައި ހަ ދިވެހިން އެބަތިއްބެވެ.

އެހެން ނަމަވެސް، ފޮރިން މިނިސްޓްރީން ވެސް އަދި ޗައިނާގައި ހުންނަ ދިވަހި ރާއްޖޭގެ އެމްބަސީންވެސް އެ މީހުންނަށް ގުޅާފައިނުވާ ކަމަށް މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަނުން ބުނެފައި ވެއެވެ.

ކޮރޯނާ ވައިރަސް ފެތުރެމުން ދާތީ ވޫހާން ސްޓޭޓްގެ ހުރިހާ ބަސް ސްޓޭޝަންތަކަކާއި، ރެއިލްވޭ ސްޓޭޝަންތަކެއް އަދި އެއާޕޯޓް ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތްތައް ދެން އަލުން ފަށާނެ ދުވަހެއް ވެސް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޟަރީ

    ޢެމްބަސީއިން ވޫހާންގަ ތިބި ކުދިންގެ ހާލުބާލާ. ޢެކުދިން ބޭނުންވަނީ ސަރުކާރު ހަރަދުގަ ރާއްޖެ ދާން.

    6
    1
  2. ކަދީދަ

    މޮޅު ވާހަކަ. އެންމެ ކުޑަމިނުން ޗައިނާ އެމަބަސީ ތިބި މީހުންނަށް ވެސް ނޭނގެ ވުހާން ގައި ތިބީ ކިތައް ދިވެހިން ކަމެއް. މިއަދު ބުނެފަ އިނީ ވުހާންގައި އުޅޭ ކުދިން އެމަބަސީ އަށް ނަމްބަރު ދޭށެ. އެކައްޗެއްވެސް ނުބަލާ. އެއްޗެކޭ ބުނަން ބުނެވިދާނެ. ގައިމު އަހަރުންނަށް އެންމެ ކުޑަމިނުން މެސެޖެއް ވެސް ނުލިބޭ. ގައިމު ޗައިނާގައި މިއުޅެނީ

    7
    2