މި ދަނޑިވަޅަކީ އިންޑިއާ ކަނޑުގެ ސަލާމަތަށް ލޮޅުން އަރާފައިވާ ދަނޑިވަޅެއް ކަމަށާއި، މި ދަނޑިވަޅުގައި މޯލްޑިވްސް ކަސްޓަމްސް ސަވިސަސްގެ ދައުރު ވަކިން ބޮޑަށް މުހިއްމު ކަމަށް، ކަސްޓަމްސްގެ ކަންކަން ބަލަހައްޓަވާ، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިއާ މިހެން ވިދާޅުވީ ބައިނަލްއަހުވާމީ ކަސްޓަމްސް ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ އެކި ބާވަތުގެ ހަތިޔާރާއި، މަސްތުވާ ތަކެއްޗަކީ ރާއްޖޭގައި އުފައްދާތަކެއްޗަށް ނުވާއިރު، އެތަކެތި ރާއްޖެ ގެންނަނީ ކޮންމެވެސް ނިޒާމެއް މެދުވެރިކޮށްކަމަަށެވެ.

އެފަދަ ތަކެތި އެތެރެ ވިޔަ ނުދިނުމަށްޓަކައި ކަސްޓަމްސްއިން އަދާކުރާ ދައުރަކީ ވަރަށް ޒިންމާދާރު، ބުރަ މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މީގެ އިތުރުން ދިވެހިރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް، ތަފާތު އެކި ގޮންޖެހުންތައް ދިމާވެފައިވާ މި ދަނޑިވަޅުގައި، ދިވެހިރާއްޖެއަށް މައިގޭޓް ކަމަށްވާ ކަސްޓަމްސްގެ ދައުރު މިވަނީ ފުޅާވެފައި." މިނިސްޓަރ ވިދާޅުވިއެވެ.

ކަސްޓަމްސް ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ކަސްޓަމްސް ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެ ހަފްލާފައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސަވިސަސްއިން މަސައްކަތް ކުރަމުންދަނީ ވަރަށް ރަނގަޅަށް ކަމަށާ، އެ ސަރވިސްގެ ޚިދުމަތްތަކާއި ބެހޭ ޝަކުވާތައް ނުލިބޭ ކަމަށް މނިސްޓަރ ވިދާޅުވިއެވެ.

ޒީރޯ ޓޮލަރަންސް ޓު ކޮރަޕްޝަން އަކީ މިހާރުގެ ރައީސުލްުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އެންމެ މުހިއްމު އެއް ސިޔާސަތު ކަމަށް ވާއިރު ކަސްޓަމްގެ މުވައްޒަފުން ފާހަގަކުރެވެނީ އެ އުސޫލާއި އެއްގޮތަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކަސްޓަމްސްގެ ޚިދުމަތަކީ އެއީ ސަލާމަތީ ޚިދުމަތެއްކަން ވަރަށް ގިނަ ފަހަރު އާއްމުންނަށްވެސް ނުވިސްނޭކަމަށެވެ.

"ކަސްޓަމްސް ޑިފެންސް މިނިސްޓްރީ އާއި ހަވާލު ކުރީ މި ސަރުކާރުން. އޭގެ ކުރިން ހަވާލުކޮށްފައި އޮންނަނީ އިކޮނޮމިކް މިނިސްޓްރީ އާއި. ވަރަށް ގިނަ ފަހަރު ކަސްޓަމްސްގެ ޚިދުމަތަކީ އެއީ ސަލާމަތީ ޚިދުމަތެއްކަން އާއްމުންނަށްވެސް ވިސްނިފައެއް ނޯވޭ. އެއީ ޑިއުޓީ ނެގުމުގެ މަސައްކަތް ކުރާތީ. ބޮޑަށް އިގްތިސާދީ މަސައްކަތެއްގެ ގޮތުގައި މި ހީވެފައި އޮންނަނީ. ނޫސްވެރިންވެސް އަޅުގަނޑާ ސުވާލު ކުރާ އިރު ސުވާލު ކުރަނީ އެމްއެންޑީއެފްއާއި ގުޅޭގޮތުން. ކަސްޓަމްސް އާއި ބެހޭ ގޮތުންނެއް ނުކުރޭ ސުވާލެއް." މިނިސްޓަރ ވިދާޅުވިއެވެ.

ކަސްޓަމްސް ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ކަސްޓަމްސް ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިއަދު ކަސްޓަމްސްގައި ބޭއްވި ހަފްލާގައި، މިނިސްޓަރ ވަނީ ދުނިޔޭގެ ކަސްޓަމްސް ޖަމްޢިއްޔާގެ މެރިޓް ސެޓްފިކެޓް ލިބުނު ފަރާތްތަކާއި ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. އެގޮތުން 13 ޑިޕާޓްމަންޓަކުން 19 ފަރާތަކަށް ސެޓްފިކެޓް ދީފައިވެއެވެ.

ކަސްޓަމްސް ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީމަހުގެ 26 ވަނަ ދުވަހެވެ.

މިއަހަރުގެ ކަސްޓަމްސް ދުވަހުގެ ޝިއާރަކީ " ކަސްޓަމްސް ފޮސްޓަރިން ސަސްޓެއިނެބިލިޓީ ފޯ، ޕީޕަލް، ޕްރޮސްޕަރިޓީ އެންޑް ޕްލެނެޓް."އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުސޭނުބޭ

  އިންޑިޔާގެ ކަނޑުގެ ސަލާމަތޭ...... ފަޅޮލޭ....... ލޮޅުމޭ....... ރިހާކުރޭ........ އޭ ކީކޭ......... ކޯންޗެއް އެގިގެން ދައްކާ ވާހަކައެއް!

 2. ޝަބީރީ

  ސަރަހައްދު ނާމަންކޮށްފައި، ޤައުމުގެ އަގު ބޭރު ދުނިޠޭގައި ވައްޓަލާފއި ފަތރުވެރުކަމުގެ ދާއިރާ ބޮއިކަޓް ކުރަން ގޮވަލަފައި ދެން ވެސް ކަސްޓަމްގެ ދައުރު ވަރުގަ ކުރަން ގޮވާނެ ކަމެއް ނެތް. ތިޔަމަޤާމަށް ގައި ހުރިއްޔޭ ކިޔާފަ ތިޔަތަނުން ވެސް ޤަދަރު ކުރަނީ މަދު އޮފިސަރެއް!!!

  11
 3. ވަގު

  ކަލޭ ދޭބަލަ އިންޑިޔާ އަށް. އެތާ އުޅޭ ބުދު ފައްޅި ތަކަށް ވަދެ، މޯދީ ފައިގަ ދޫ ހާކަން

 4. Anonymous

  ޤާނޫންގައި އޮންނަނީ ސަލާމަތީ ދެބާރުކަމުގައި، ދެން ރާއްޖޭގެ ކަސްޓަމްސް ސަލާމަތީ ބާރެއްކަމަށް ބުނުމުހެ މާނައަކީ ކޮބާ؟ އެބައެއްގެ އިޓެގްރެޓީ ވަރަށް ރަގަޅަށް އެންގޭ، ނަގާ ކަޓުން.

  2
  2