މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބައެއް ޚިދުމަތްތައް އޮންލައިންކޮށް ދޭން ނިންމައިފިއެވެ.

އޮންލައިންކޮށް ދޭން ނިންމާފައިވާ ޚިދުމަތްތަކުގެ ތެރޭގައި ހިމެނީ އޮފްޝޯ އެޕްލިކޭޝަން ހުށަހެޅުމުގެ އިތުރުން އިމްޕޯރޓް އަދި އެކްސްޕޯރޓް ރެޖިސްޓްރޭޝަންގެ ޚދުމަތެވެ.

އެ ޚީދުމަތް އޮންލައިންކޮށް ފޯރުކޮށްދިނުން، ލޯންޗްކޮށްދެއްވީ، ދުނިޔޭގެ ކަސްޓަމްސް ދުވަހާއި ގުޅިގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މުހައްމަދު މާނިއު ވަނީ އަލަށް ތަޢާރަފްކުރި ޚިދުމަތްތަކަކީ ކަސްޓަމްސްގެ ޚިދުމަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ފާހަގަކުރައްވާފައެވެ.

އަދި ކަސްޓަމްސްގެ ޚިދުމަތްތައް ފުޅާކޮށް ކުރިއެރުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކަށް އޭނާ އަލިއަޅުވާލެއްވިއެވެ.

އެގޮތުން އޭޑީބީގެ އެހީ އާއި އެކު ހދ.ކުޅުދުއްފުށީގައި ކަސްޓަމްސްގެ އޮފީހެއް ޤާއިމް ކުރުމާއި، ނޭޝަނަލް ވިންޑޯ ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރ މާނިއު، ކަސްޓަމްސް ދުވަހުގެ ޖަލްސާގައި ވާހަަކަދައްކަވަނީ : ފޮޓޯ ވަގުތު

އިތުރަށް ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ ވަނީ ދުނިޔޭގެ ކަސްޓަމްސް އެސޯސީއޭޝަން (ޑަބްލިއުއޯސީ)ގެ ފަރާތުން، ކަސްޓަމަސްގެ ޚިދުމަތްތައް ރަނގަޅުކުރަން ވަމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެ އޯގަނައިޒޭޝަންގެ ޓީމެއް ރާއްްޖެއަށް ޒިޔާރަތްކޮށް، ކަސްޓަމްސްގެ ޚިދުމަތްތައް ބަލާފައިވާކަން އޭނާ ފާހަަގަކުރެއްވިއެވެ.

ޑަބްލިއުއޯސީގެ ހޯދުންތަކަށް ބިނާކޮށް ރަނގަޅު ކުރަން ޖެހޭ ކަންކަން ފާހަގަކުރުމަށްފަހު ރިޕޯޓެއްވެސް އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ނަޒާހަތްތެރިކަމާއި އެކު ޚިދުމަތުގައި ދެމި ތިބުމަށް ކަސްޓަމްސްގެ މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ.

މިއަދަކީ ދުނިޔޭގެ ކަސްޓަމްސް ދުވަހެވެ.

ކޮންމެއަހަރަކުވެސް މިދުވަހަށް ޚާއްސަ ޝިއާރެއް ކަނޑައަޅައެވެ.

މިއަހަރުގެ ކަސްޓަމްސް ދުވަހުގެ ޝިއާރަކީ " ކަސްޓަމްސް ފޮސްޓަރިން ސަސްޓެއިނެބިލިޓީ ފޯ، ޕީޕަލް، ޕްރޮސްޕަރިޓީ އެންޑް ޕްލެނެޓް."އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަބޭ2020

    ކަސްޓަ މްގައަނެއްކާ އޮންލައިންޚިދު މަތްދޭން އިނގޭވަރުގެ ބޭފުޅަކުއެބަހުރިބާ! ބާހެލިކޮޕްޓަރެއް ދުއްވަންއިނގޭނެދިވެއްސަކުނުވެގެންއުޅޭއިރު ފަންނީ ކަ މަކަށްވާތީ ހަ މައަހާލެވުނީ! އެކަ މަކު އެން މެބޮޑެތި ކޮ މާޝަލްފުލައިޓު ދިވެހިންއެބަދުއްވާދޯ؟؟؟؟؟؟؟؟