މޯލްޑިވްސް ކަރެކްޝަނަލް ސާވިސެސްގެ މީޑިއާ އޮފިސަރަކަށް ސިވިލް އެސިސްޓެންޓް އެގްޒެކަޓިވް އާމިނަތު ޔުސްރީން އަހުމަދު ހަމަޖައްސައިފިއެވެ.

ޔުސްރީން އެ މަގަމާށް ހަމަޖައްސާ، އެކަމުގެ ލިޔުން އޭނާއާ ވަނީ ހަވާލުކޮށްފައެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާއަށް މިއަދު ހަމަޖައްސަވާފައިވާ ޔުސްރީނަކީ މީގެ ކުރިންވެސް ފާހަގަކޮށްލެވޭ ބައެއް އިދާރާތަކުގެ މީޑިއާގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާ ހުރި، ނޫސްވެރިންނާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ބޭފުޅެކެވެ.

ޔުސްރީން ވަނީ މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސް އަދި ސިވިލް ސާވިސަސް ކޮމިޝަނުގައިވެސް މަސައްކަތް ކޮށްފައެވެ.

ޔުސްރީނަކީ މީޑިއާ ސްޓަޑީޒް އިން މާސްޓާސް ޑިގްރީ އަދި މާސް ކޮމިއުނިކޭޝަން ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލް ކޮށްފައެވެ.