ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވުމުން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބައެއް އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފައި ވަނީ ށ.އަތޮޅާއި އ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 08:45 އިން ފެށިގެން 13:00 އަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދުތެރޭ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި އުތުރު އަތޮޅުތަކަށް ކެރީގެއަސަރުފޯރާނެ ކަމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށް ގުގުރުން އެކަށީގެންވެއެވެ.

އެންމެ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަގުދެކުނުން ގަޑިއަކު 8 މޭލާ 16 މޭލު ދެމެދުގެބާރުމިނުގައި، އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން، ގަޑިއަކު 5 މޭލާ 13 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.

ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.