ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މިއަދު އޭނާގެ ދަރިފުޅަށް ވެކްސިން ދިނުމަށްފަހު އެކަން ޓްވީޓްގައި އިއުލާން ކުރައްވާ، ވެކްސިން ނުދޭ ބެލެނިވެރިންގެ މައްޗަށް ކުރިއަށް އޮތް މަސް ތެރޭގައި ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ދަރިފުޅުގެ ފޮޓޯއަކާއި އެކު ކުރެއްވި ޓްވީޓެއްގައި ޕީޖީ ޝަމީމް ވިދާޅުވީ ދަރިފުޅަށް މިއަދު މީސަލްސްގެ ފުރަތަމަ ޝޮޓް ދީފައިވާކަމަށެވެ.

"22 ދުވަސް ތެރޭގައި އަޅުގަނޑުގެމެން ދައުވާ އުފުލާނަން ދަރިންނަށް ވެކްސިން ދޭން ދެކޮޅު ހެދި ބެލެނިވެރިންނަށް." ޝަމީމް ވިދާޅުވިއެވެ.

https://twitter.com/HuShameem/status/1222464632989741058

ކުޑަކުދިންނަށް ވެކްސިން ނުދޭ މީހުންނާ މެދު ގާނޫނީ ގޮތުން މިވަގުތު އެޅެން ހުރި ފިޔަވަޅުތައް ބައްލަވާނެ ކަމަށް ޝަމީމް ވަނީ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ވިދާޅުވެފައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު ބުނާގޮތުން ބަލިތަކުން ރައްކާތެރިވުމަށް ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިން ދިނުމަކީ މައިންބަފައިންގެ މައްޗަށް ލާޒިމް ކަމެކެވެ. އަދި އެކަންކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭ ގޮތަށް ވެސް އެ ގާނޫނުގައި ހިމަނާފައިވެ އެވެ. އެޤާނޫނަށް މިމަހުގެ 20 ވަނަ ދުވަހު ވަނީ އަމަލު ކުރަން ފަށާފައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު ބުނާގޮތުން ސިއްހީ ގޮތުން ކުއްޖާ ރައްކާތެރި ކުރުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވުމުގެ ސަބަބުން ކުއްޖަކަށް ގެއްލުމެއް ލިބިއްޖެ ނަމަ އެއީ ތިން އަހަރަށް ޖަލަށް ލެވޭނެ ކުށެކެވެ.

ކުޑަކުދިންނަށް ވެކްސިން ނުދިނުމުގެ ބައެއް މައްސަލަތަކެއް ފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. މިހާރު ރާއްޖޭގައި ހިމަބިހި ފެތުރެމުން ދާއިރު ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދިން ފަހުން ފާހަގަ ކުރެވިފައިވާ ގޮތުގައި ވެކްސިން ފުރިހަމަ ނުކުރާ އެތައް ކުދިންނެއް އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ބިތު ފަންގި

    ދަރިންނަށް ވެކުސިން ދޭތޯ ސަރުކާރުން ބަލައި އެކަން ނުކުރާ ފަރާތްތަކަށްފިޔަވަޅު އަޅަންޏާ ދަރިންނަށް ކާންދޭތޯ އާއި ދަރިން ފެން ވަރުވައި ދަރިން ނިންދަވާތޯ އަދި އެކުދިންނަށް ރަނގަޅު ކާނާ ގަޑިންގަޑިއަށްދޭތޯ ސަރުކާރުން މީހުން ފޮނުވައިގެން ބެލުން ރަނގަޅު މިކަންކަން ފުރިހަމަ އަށް ނުކުރާ ފަރާތްތަކާއިމެދުވެސް ދައުވާކުރުން ރަނގަޅު

    60
    3
    • ކޮޕީ

      ރަގަޅު އަދި އިތުރުކޮއްލަން ރަގަޅު އެކުދިން ދިރިއުޅެނީ ރަަގަޅު މާހައުލެއްގައިތޯ މައިންބަފައިންނަކީ ކޮންކަހަލަ ބައެއްތޯ. ކުދިން ނުބެލޭ ފެންވަރުގެ މައިން ބަފައިންނަށް ދައުލަތުން އެހީތެރިކަން އާއިލާއަށް ދިނުމާއި. ރަގަޅު މާހައުލެއް ކުދިންނަށް ނިދާނެ ރަގަޅުތަނެއް ދެއްކުންވެސް މުހިއްމު.

      20
  2. ދޮން ހަސަނު

    ޝަމީމު ތީ ސޯސަލް މީޑިއާ ބޭނުން ކޮށްގެން މަޝްހޫރުކަން ހޯދުމަށް މަސައްކަތްކުރާ މީހެއްކަމަށް މީހުން ބުނޭ މާ ވާހަކަ ގިނަ މީހުންނަކަށް ކަންކަން ރަނގަޅަކަށް ނުކެރެވޭނެ ކަމަށްވެސް މީހުންބުނޭ ބަސް މަދުކޮްފަ ޢަމަލް ގިނަކުރުމަކީ ޙާޤީޤީ އިހުލާސްތެރިންގެ ގޮތަކީ

    40
    3
  3. ކަނަމަނަ

    ތިނުންގޮތެއްހޯދަންޖެހޭ ކުއްޖާގެމައިންބަފައިންކުއްޖާއައް ވެކުސިންނުދީގެންދައުވާކޮއް މައިންބަފައިން ތިންއަހަރައް ޖަލައްލީމައެކުއްޖާއައްވަނީފައިދާތޯގެއްލުންތޯބަންޖެހޭ

    38
    4
  4. ސަސޫ

    ވެކްސިން ބާއްވާފަ އެކުދިންނަށް ކުރާ ޖިންސީ ގޯނާ ހުއްޓުވަބަ، ތިހާ ޤާބިލިއްޔާ

    49
    3
  5. ދަރަނި ދަންތުރަ

    ދަރިފުޅު ވެސް ރީދޫ ކުލައިން ޖަރީކުރައްވައިގެން ، ޔައުނީ ރީދޫ ބޭފުޅުންމަށް ދައުވާ ނުކުރާނަމޭ ސާބަސް ޕީޖީ

    15
    7
    • އަލީމްބެ

      ދަރަނިވެފަ ހުރިލެއް ބޮޑުކަމުން އެކުއްޖާ ލައިގެން ހުރި ހެދުންވެސް ތިފެންނަނީ ރީނދޫކުލައިން، މޮޔަވެދާނެ

      10
  6. ސުޢޫދު

    ޥެކްސިންދޭންވާނެ އެމްޑީޕީގެ ފުރަތަމަސަރުކާރުގަ ތިބޭފުޅާވެސްހިމެނޭ ސަރުކާރެއްގަ ރާއްޖެގެނާ އިޒްރޭލް ލޮލުގެ ޑޮކްޓަރުންގެ ޓީމަކުން ދިންފަރުވާތަކުން ރާއްޖޭގެ އެތައްބައެއްގެ ލޮލުގެފެނުނުމުންމަޙުރޫމްވެފައެބަތިބި އޭގެސަބަބުން ނަފުސާނީމައްސަލަތަކެއްދިމާވެފަވެސްވޭ އެއްއާއިލާ އެއްގަދެމީހުންވެސްއެބަތިބި އެމީހުނައްގާނޫނީ ގޮތުން ލިބެންވާ ހައްގުތަކެއްހޯދަދީބަލަ އިޒްރޭލްމީހުން ގެނާލޮލުގެ ބޭސްވެސް
    އޭރުލިބޭތަނެއްވެސްނެއްއަވައްޓެރި ގައުމަކުންވެސް ނުލިބޭ ރާއްޖެ އެތެރެނުކުރާބޭހެއް ހަފްތާއަކައްދީފަ ނައްޓާލީ އިތުރަކައް ބޭހެއްނުލިބުނު ލޯތައްވީހަލާކު އަޅަންޖެހޭމަސްދުވަސްވަންދެން ދިންފަރުވާއެއްވެސް ލިއުންތަކުންނޭގޭ

    15
    1
  7. އަލީ

    މަޝްހޫރު ވާންވެގެން އުޅޭގޮލައެއްހެން ހާދަ ހީވޭ... މީހާއަށް އެކަށީގެންވާ ވަރަށްވުރެ މަތީ މަޤާމެއް ލިބުނީމާ ހޭބުއްދި ފިލާހެން ހީވަނީ...މީނަ ދަރިއަށް އެކަނިތަ މިރާއްޖޭގަ އަދި ކިރިޔާ ވެކްސިންއެއް ދިނީ..

    14
    • ކާޅުކެއަސް ސޮއްނުގޮވާ

      ތިޔައީ ވަރަށް ރަނގަޅު ވާހަކައެއް. މަމެންގެ ޢާއިލާގެ ދެކުދިންގެ ދެލޯ ވެސް ހަލާކުވެފަ ވަނީ. ވެއްޓުނު ރައީސް ނޫން އެހެން މީހަކު ކުރިނަމަހީ މުޅީ އުމުރު އެވާހަކަ ދެއްކީސް. ލޮލުގައި ފުސްކަމެއް ހުންނާތީ ޑޮކްޓަރަށް ދެއްކީމަ ބޭރުން ބަލާއިރު އެއްވެސް އައިބުކަމެއް ނެތް ރަނގަޅަށް ހުރި ދެލޯ ހުދުވެ ބޭރަށް ނިކުމެ އެކުދިންގެ ސިފަ ގެއްލިފަ ވަނީ. މިކުދީންގެ ލޮލުގެ ބަދަލު ދިނުމަށް ވެއްޓުނު ރައީސަށް ގޮވާލަން .

  8. ބެއްޔާ

    ޝަމީމް ސަލާމަތްވެއްޖެ. ފޮޓޯ ނަގާފަ އެފްބީއަށް ލީމަ. ސަލާމަތްވާނެ. ދައުވާކޮށްފަނެތީ މިހާރު ވެކްސިންކާޑު އަބަދު އަތުގަ ބާއްވައިގެން މިއުޅެނީ. ހިތްޕުޅާ ނުވައްޏާ އަނިޔާއެއް ދީފާނެ. ރައްޔިތުން ހަނާވަމުންމިދަނީ. ފައިސާއެއްނެތް ކާބޯތަކެތީގެ އަގުބޮޑު. ކަރަންޓާއި ފެނާއި ފޯނު ބިލު އަތްނުފޯރާފަށުގައި. އަގުހެޔޮކުރާނަމޭ ބުނިތާވެސް އަހަރެއްވެއްޖެ. އަނެއްކޮޅުން ޕީޖީވެސް އިންޒާރުދެމުން ބިރުގަންނުވަމުން މިދަނީ. ޕޮލިހުންގެ އުދަނގޫވެސް އެހާ ބޮޑު. ސަރުކާރުގެ ޖެއްސުންކުރުން ކޮޅުންލައިފި. ޕޭކޮމިޝަނޭކިޔައިގެން މުސާރަކޮޅު ދަމަންއުޅޭހެން އަބަދު ހީވަނީ. ހަނގުރާމައެއްގެ މައިދާނެއްގަ އުޅޭހެން މިގައުމުގަ އުޅެން މިޖެހެނީ.

    11
    1
  9. ހުސެން

    އިސްލާމްދީނަށް ފުރަސްދާރަ ކުރާ މީހުންނަށް ދައުވާ ކުރާނީ ޤިޔާމަތްދުވަހުތޯ؟ނަމާދު ނުކުރާ މީހުންނަށް ދައުވާ ކުރަން ކެރޭނެތޯ؟މި ތިބަ ސުވާލު ތަކަށް ވެރި ރައްބު ﷲ ހަޟުރަތުގައި ޖަވާބުދާރީވާންޖެހޭނެ ކަން ދަންނާތި،އަދި ކަލޯ ސިނގިރޭޓު ބޯ މީހުންނާއި ރަލާއި ގަންޖާ ބޯ މީހުންނަށް ދައުވާ ކުރަން ކެރޭނެތޯ؟މާ މޮޅު އެއްޗެއް ބުނެވިއްޖެއޭ ހިތާ ކޮން ސަޅިބައިސާ ކަނޑަނީ؟

    14
  10. މުހައްމަދު

    ނަމާދުނުކުރާ މީހުންނާ މެދު އެޅޭނެ ފިޔަވަޅެއް އޮތްތޯ ބައްލަވައިދެއްވުން އެދެން. ބަލިތަކުން ސަލާމަތްކުރުމަށްވުރެ ނަރަކައިން ސަލާމަތްކޮށްދިނުން މުހިންމު

    13
  11. ނާތަހުޒީބު...

    ރާއްޖެ ސޮއިކޮށްފަ ހުރި ބައިނަލް އަޤްވާމީ މުއާހަދާ ތަކާ ދެކޮޅަށް ތިބޭފުޅާ ބޭނުން ހާގޮތެއް ނުހެދޭނެ. ކޮންމެވެސް އެހެން ކަމަކާ އުޅޭ. މަޝްހޫރު ވާން އުޅޭމީހެއް މީ. ކުރާ ކޮންމެކަމެއް ސޯޝަލްމީޑީއާގަ ހިއްސާކޮށް ދެއްކުންތެރި މީހެއްމީ. ހީވާކަހަކަލަ ޤާނޫނު އެނގެނީ މީނަޔަށް އެކަނި ކަމަށް....

  12. ޙަަރުން

    ގޮޅާ