ސިޔާސީ ގޮތުން ދިވެހި ދިދަ އަށް ޖެއްސުން ކުރާ ބަޔަކު އެބަ އުޅޭ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ރޭ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، ރާއްޖޭގެ ގައުމީ ދިދައަށް ވަކި އުސޫލުތަކެއް ކަނޑައެޅިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ދިދައަށް ސީދާ ޖެއްސުން ކުރުމަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ދިވެހި ފުލުހުން ގަސް ގަހަށާއި ރުއް ރުކަށް އަރައި ބައެއް ކަހަލަ ދިދަ ތިރިކުރަން ޖެހޭކަމަށެވެ.

"ދިފާއުކޮށް ހިމާޔަތް ކުރަން ޖެހޭ ކަންތަކުގެ ތެރޭގައި ދިވެހި ދިދަ ހިމެނޭއިރު، ސިޔާސީ ގޮތުން އަންނަ ވިސްނުމެއްގެ ސަބަބުން އެހެން ދިދަތައް ދިވެހި ދިދައަށްވުރެ މައްޗަށް ނަގާލުމުގެ ވިންދު ޖެހޭހާއިރަކު އަހަރުގެ ކޮންމެ ދުވަހަކު ޝަހީދުންގެ ދުވަސް ފާހަގަކުރި ނަމަވެސް އެކަމުގެ ބޭނުން ހާސިލް ނުވާނެ" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމަކީ ގައުމީ ވަންތަ ބައެއް ކަންތައްތައް އެކަހެރި ކޮށްލަން ލިބޭ ފުރުސަތެއް ކަމަށް ދެކޭ ބަޔަކުވެސް އުޅޭ ކަމަށެވެ.

އަލިރަސްގެފާނަކަސް، އަނދިރިއަނދިރީންނަކަސް ތިމަންނާމެންނަށް ހެވޭ ބުނާމީހުންވެސް މި މުޖުތަމައުގައި އުޅޭ ކަމަށާއި ނަމަވެސް ދިވެހިންނަށް އަނދިރިއެއް ބޭނުމެއް ނުވާކަމަށާއި ދިވެހިން ބޭނުންވަނީ އަލިކަން ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

ގައުމުގެ ޝިއާރުތައް ކަމަށްވާ ނިޝާނާއި، ގައުމީ ދިދައާއި، ގައުމީ ފަހުރުވެރި ކުލަތަށް ޝަރަފުވެރިކަމާއެކު ބަލައިގަންނަ ކަންތަކުގެ ތެރޭގައި ހެދުމަށް ނިހާން ގޮވައިލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގާދިރު

    ދިވެހި ޖުމްހޫރިއްޔާގެޤާނޫނުއަސާސީއައްފައިންއަރައިގެންތިބިބަޔަކުވެސްމިގައުމުންއެބަފެނޭދިވެހިދިދަދެކެލޯބިނުވާރައްޔިތަކުނެއްމިގައުމަކު ނިއުގެސޕޯޓަރކު ނިއުގެދިދައެއްނެގީމައެވޭތަގައުމީދިދަޔައް އިހުތިރާމުނުކުރާކަމައްއެއައްކިޔަނީކުލަބުލޯބި ހަމައެގޮތައްޑިމޮކުރަސީގައޮންނަނީޕާތީލޯބިކޮންމެމީހަކުބޭނުމެއްނުވާނެތާސްކުޅޭކައް

  2. ގާދިރު

    ވިލިމާލެދާއިރާގެރައްޔިތުން އިސްވެތިބެ ގައުމައްފާކުރުވިބޮޑުވަބާއެއްމި ވަބާއިން ސަލާމަތްކުރައްވާދެވެ.އާމީން

  3. ގާދިރު

    ސިޔާސީގޮތުންދިވެހިދިދަޔައްފައިންއަރާތިބިބަޔަކުއުޅޭވާހަކަޔާއެބަޔަކީހުދުތިމަންނަމެންކަމުގަބުނިނަމަވަރައްސަޅިވީސް