ސްކޫލްތަކުގެ މާހައުލު، ސިއްޙަތަށް ރަނގަޅު ދުޅަހެޔޮ މާހައުލަކަށް ހެދުމަށް، ޕޮލިސީ ލެވެލްގައި ބަދަލުތަކެއް ގެންނަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ކެންސަރާއި ގުޅޭ ގޮތުން، ދަރިވަރުންނާއި، ބެލެނިވެރިން އަދި މުދައްރިސުން ހޭލުންތެރިކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް، ހޮޓެލް ޖެންގައި ބާއްވާ ވޯރކްޝޮޕްގައި ވާހަަދައްކަވަމުން މިނިސްޓަރ އައިޝަތު ވިދާޅުވީ، ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރުމަށް ސްކޫލްތަކުގެ މާހައުލުތައް މިހާރަށް ވުރެ ހަރުދަނާ ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަކީ އައިޝަތު އަލީ، އަދި އަޅުގަނޑު ސްކޫލްތަކުގައި މިހާރަށް ވުރެ ސިއްހަތަށް ރަނގަޅު ދުޅަހެޔޮ މާހައުލެއް ޤާއިމްކުރަން، ޕޮލިސީ ލެވެލްގައި ބަދަލުތަކެއް ގެންނާނަން." މިނިސްޓަރ ވިދާޅުވިއެވެ.

ކެންސަރާއި ގުޅޭ ގޮތުން، ހޭލުންތެރިކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށްބާއްވާ ވޯރކްޝޮޕްގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މިނިސްޓަރ މިހެން ވިދާޅުވީ ކުރިއަށް އޮތް 3 އަހަރު ދުވަހަށް، ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ޝިއާރު ކަމަށްވާ، "އައި އޭމް، އެންޑް އައި ވިލް" ނުވަތަ "އަހަރެން، އަދި އަހަރެން ކުރާނަން" މި ޝިއާރު ބޭނުން ކުރައްވާ، އެކަމަނާ ކެންސަރ ބަލި ޖެހިފައިވާ މީހުންނާއި، ކެންސަރުން ރައްކާތެރިކުރުމަށް އެހީތެރިވެދިނުމަށް އަޅާނެ ފިޔަވަޅާއިގޮތުން ވާހަކަދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކެންސަ ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިޔާ ސައީދު ވިދާޅުވީ، ސްކޫލްތަކުގައި ކުދިން ހޭދަކުރާ ވަގުތު ގިނަވުމާއި އެކު ކުއްޖެއްގެ ކިބައިން ކެންސަރުގެ އަލާމާތެއް ފެންނަ ނަމަ، އެކަން ސާފުކޮށް ދެނެގަތުމުގެ ޤާބިލްކަން ސްކޫލްގައި ހުންނަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، ކެންސަރ ޖެހިފައިވާ މީހަކަށް ނުވަތަ ކެންސަރ ބަލި ޖެހުނު މީހެއްގެ އާއިލާ މީހަކަށް ވެވިދާނެ އެހީތެރިކަމާއި މެދު ސްކޫލް ދަރިވަރުންނާއި، މުދައްރިސުންގެ އިތުރުން ބެލެނިވެރިން ހޭލުންތެރިކުރުވަން ޖެހޭ ކަމަށް ޖުވޭރިޔާ ވިދާޅުވިއެވެ.

"މުދައްރިސުންނަކީ ދަރިވަރުންގެ ދެވަނަ ބެލެނިވެރިން. ބައެއް ފަހަރު ފުރަތަމަ ބެލެނިވެރިން. އެ ކުދިންގެ މިޒާޖަށް އަންނަ ބަދަލު އެންމެ ބޮޑަށް ފާހަގަ ވާނީ ސްކޫލުން. ކުއްޖާ މާގިނައިން ހެލްތް ރޫމަށް އަންނަ ނަމަ އެކަން ފާހަގަ ވާނެ. އެހެންވީމަ ސްކޫލްތައް ހޭލުންތެރިވާނެ ޖެހޭ. ކެންސަރު ޖެހޭ މީހުންނާއި، ބަލި މީހާގެ އާއިލާއަށްވެސް އެންމެ މުހިއްމު އެއްކަމަކީ ސައިކޯ ސޯޝަލް ސަޕޯޓް. އެ ސަޕޯޓް ދިނުމަށް ކުރެވިދާނެ ކަންކަމާއި މެދު ހޭލުންތެރި ކުރެވޭނެ. މިސާލަކަށް ކެންސަރ ޖެހިގެން އުޅޭ ކުއްޖަކަށް ނޫނީ ފަރުވާއަށް ފަހު ސްކޫލަށްދާ ކުއްޖަކަށް ކޮބާކަން އެހެން ދަރިވަރުންނަށް ކޮށްދެވިދާނެ ކަމަކީ. ބެލެނިވެރިންނަށްވެސް ކޮށްދެވޭނެ ކަންކަން ހުންނާނެ. މިސާލަކަށް ކެންސަރ ޖެހިގެން އުޅޭ ކުއްޖާ ފަރުވާއަށް ގެންދާ ވަގުތު، އެ ބެލެނިވެރިޔާގެ އިތުރު ކުއްޖެއް ހުރިއްޔާ އެ ކުއްޖާ ސްކޫލަށް ގެންގޮސްދިނުން އެ ވެސް ކުރެވިދާނެ ކަމެއް." ޖުވޭރިޔާ ވިދާޅުވިއެވެ.

ކެންސަރާއި ގުޅޭ ގޮތުން، ހޭލުންތެރިކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށްބާއްވާ ވޯރކްޝޮޕްގެ ތެރެއިން؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، ފާތުމަތު ނަސީރު ވިދާޅުވީ، ސްކޫލްތަކުގައި ދަރިވަރުންނަށް ދުޅަހެޔޮ މާހައުލެއް ޤާއިމްކޮށްދީ، ދިރިއުޅުމުގެ ރަނގަޅު އާދަކާދަތައް ދަސްކޮށްދެވޭނީ މުދައްރިސުންވެސް މިސާލު ދައްކައިގެން ކަމަށެވެ.

އަދި ކެންސަރާއި މެދު އާއްމުން އެހީތެރިވުމުގައި އެޑިއުކޭޝަންއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއވެެ.

"އަޅުގަނޑުމެންނަށް ގިނަ ބަޔަކަށް މައުލޫމާތު ފޯރުކޮށްދެވޭނެ. އެއީ ގިނަ ބަޔަކަށް އަޅުގަނޑުމެންނަށް ރީޗް ވެވޭނެތީ. ކެންސަރަށް މަގުފަހިވާ ކަންކަން ހުއްޓުވަން މިހާރުވެސް ފިޔަވަޅު އެޅިފައިވޭ. އޭގެ ތެރޭގައި ވަކިން ސިނގިރޭޓް ނުވިއްކުމާއި، ސިނގިރޭޓްގެ ބޭރުގައި ގްރެފިކް ލޭބަލް ހަރުކުރުން ހިމެނޭ. ދިރާސާތަކުން ދައްކާގޮތުން ސްކޫލް ކުދިން ބައެއް ފަހަރު ގްރޭޑް 4 ގައި ތިއްބާ ސިނގެރެޓް ބޯން ފަށާ. ސްކޫލް މާހައުލުގައި ދުފާއެއްޗެހި ގެންގުޅުން ވަނީ މަނާކުރެވިފައި. އެހެންނަމަވެސް ބައެއްފަހަރު މުދައްރިސުން އެބަ ބޭނުން ކުރޭ އެކަހަލަ އެއްޗެހި. އެހެންވީމަ ރަނގަޅު އާދައެއް ދަސްކޮށް ދެވޭނީ އެ މިސާލު ދައްކައިގެން." ފާތުމަތު ވިދާޅުވިއެވެ.

މިއަދު ޖެންގައި ބާއްވާ ވޯކްޝޮޕްއަކީ، އޮންކޯ ސްޕެކްޓްރަމް 2.0ގެ ނަމުގައި ކެންސަ ދުވަހާއި ގުޅިގެން ބާއްވާ 3 ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ފަހު ހަރަކާތެވެ. މީގެ ކުރިން ކެންސަރ ދުވަހާއި ގުޅިގެން ޚާއްސަ ވޯރކްޝޮޕް ކޮންފަރެންސްއަކާއި، ނަރުހުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ބާއްވާފައިވެއެވެ.

އެ ހަރަކާތްތައް ކުރިއަށް ގެންދަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އައިޖީއެމްއެޗްގެ އިތުރުން ކެންސަ ސޮސައިޓީއިން ވެސް ބައިވެރިވެގެންނެވެ. އެ ހަރަކާތްތަކަށް ޑރ.ރެޑީސްއިން ދަނީ ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިހަވަންދޫ ރައްޔިތެއް

    އިހަވަންދޫ ރައްޔިތުން ތިބީ ކަމަނާދެކެ ފޫހިވެފަ. ބެލެނިވެެރިން ސްކޫލްދޮށަށް ދުވެފަ އެހެން ކަމެއް ކުރާނެ ވަގުތެއްނެތް. ޅަދަރިމާ ޓީޗަރުން ދުވާލުގެ ގިނަވަގުތު ދަރިންނާވަކިން. ކިހާދެރަކަމެއް.

  2. ާައަހުމަދު

    ކޮންއިރަކުންތޯ ޖޭ އެސް އެއްދަންފަޅިއަށް ބަދަލުކުރަނީ؟

  3. މަބޭ

    މަންޖޭ ބަސްމަދުކޮއްފަ ކަމެއްކުރެވޭތޯބަލާބަލަ

  4. ތުވާ

    ޑިގްރީ އަށް ހިލޭ... ކޮންއިރަކުން ލިބެނީ////؟؟؟/ އަހަރެންވޭ.. މީތޯ

  5. Anonymous

    ވަރަށް ދުޅަހެޔޮ ވެއްޖެ. ސްކޫލުގެ މާހައުލު ދުޅަހެޔޮކަމުންގޮސް ސްކޫލުގައި ގާނާ ކުރުމާއި ބުލީކުރުން އިންތިހާ. އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން ކުއްޖާ ބަލިކަށިވެ އަމިއްލަ ނަފްސަށް އިތުބާރުރެއް ނުކުރޭ. މިކަން ތިޔަ މިނިސްޓަރުގެ ސަމާލުކަމަށް އަންނާނީ ކޮން ދުވަހަކު ތޯ ސުވާލު ކޮށްލަން ބޭނުން.

  6. ސޫޒަ

    މީ ލޯކަލް ކައުންސިލް އިންތިހާބައް ޚަރަދު ކުރަން އެސް، ޖޭ ކުންފުނި މެދުވެރިކޮއް ފައިސާ ހޯދުމަށް ސޮއިކުރި ޕްރޮޖެކްޓެއް ، މިގޮތައް ލިޔަންޖެހުނު ސަބަބަކީ ޕްރޮޖެކްޓް ނިންމަން އޮތް ތާރީހް އަށް ބަލާ އިރު މިހާތަނަށް އެކަހަލަ މާހައުލެއްނެތުން ، ސްކޫލް އަޅާ ސަރަހައްދުގައި ހުރިޖަލު ހުސްކުރަންޖެހުން ، މީގެ ދެތިންމަސްކުރިން މާލޭޖަލުގައި ބޮޑު ރިނޮޥެޝަން ޕްރޮޖެކްޓެއް ހިންގުން މާލޭޖަލުގައި ތިބި ގައިދީން ބަދަލު ކުރާނެ އިތުރު ފެސިލިޓީސްއެއް ނެތުން، މިހެންވުމުގެ ސަބަބުން އެސް ، ޖޭ ކުންފުންނިން އެޑުވާންސް ޕޭމަންޓް ލިިބޭއިރައް ބިމާހަވާލްވާން އެދޭނެ، އެހިސާބުން އެޑިއުކޭޝަން މިނިސްޓްރީ އަކަށް ބިމެއް ހަވާލެއް ނުކުރެވޭނެ ، ދެން އެސް ޖޭ އިން އެދޭނީ ގެއްލުމުގެ ބަދަޅު ހޯދަން އެސް ޖޭއިން އެދެނީ 75 މިލިއަންރުފިޔާގެ ބަދަލަކަށް އޭރުން އެޑްވާންސް އަށް ދިންފައިސާ އާއި 75 މިލިއަން ރިފިޔާ އެކުވީމާ ކެމްޕެއިން ކުރާނެ ފައިސާ ހަމަޖެހުނީ

  7. ިިޮުދއއދުުއ

    މުސާރަ ބޮޑުކޮށްނުދޭ . މިދިޔަ އަހަރު ހީވީ ދެންމެ ދެންމެ ބޮޑުކޮށްފާނެ ހެން.