ލާމު އަތޮޅު ދިވެހިންގެ ތެރެއަށް ދައްކާލަދިން ޓީމް، "ވިޒިޓް ލާމު އެޓޯލް" ގެ ރަސްމީ ލަވަ ލޯންޗްކޮށްފިއެވެ. މިހާރު މިލަވަ ވިޒިޓް ލާމު އެޓޯލްގެ ފޭސްބުކް ޕޭޖްގައްޔާއި ސައުންޑްކްލައިޑްގައި މިލަވަވަނީ އާއްމުކޮށްފައިވެއެވެ.

ވިޒިޓް ލާމު އެޓޯލް އިން "ވަގުތު" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ކައިރި މުސްތަޤްބަލެއްގައި ވިޒިޓް ލާމު އެޓޯލްގެ ލަވައިގެ ވީޑިއޯ ލަވައެއް ފެނިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތް ކުޑަ ބްރޭކަކަށްފަހު، އަނެއްކާ މިފެށީ މަސައްކަތް. ﷲ އިރާދަ ކުރެއްވިއްޔާ ވަރަށް ކައިރި މުސްތަޤްބަލެއްގައި ލަވައިގެ މަސަައްކަތް ކުރިޔަށްދާނެ." ވިޒިޓް ލާމުގެ ސީއެފްއޯ ސަނީހް ބުންނެވެ.

ސަނީޙް އިތުރަށް ބުނެފައިވަނީ، އެޓީމްގެ އުންމީދަކީ، ޢީދު ފަދަ މުނާސަބާތަކުގައި މިލަވަ އިވިގެން ދިއުން ކަމަށާއި މިހާރުވެސް ގިނަ ބަޔަކަށް ލަވަ ކަމުގޮސްގެން ވަރަށް ގިނަ ކޮމެންޓް ލިބެމުން އަންނަ ކަމަށެވެ.

"ވަރަށް ޕޮޒިޓިވް ކޮމެންޓް ލިބިފައިހުރީ މިހާތަނަށް. ﷲ އިރާދަ ކުރެއްވިއްޔާ ލަވަ ވަރަށް ރަނގަޅަށް ވައިގަ ހިފައިފި. ވަރަށް ގިނަ ބަޔަކަށް ލަވަ ކަމުގޮސްފައިވޭ" މިހާތަނަށް 10 ހާސް އާ ގާތް ކުރާ އަދަދަކަށް މީހުން ބަލާފައިވާ މިލަވާ ގުޅޭ ގޮތުން ސަނީޙް ބުނެފައިވެއެވެެ.

https://www.facebook.com/VisitLaamuAtoll/videos/629044697924230/

 

ވިޒިޓް ލާމު އެޓޯލްގެ ލަވައިގެ ޅެން ހައްދަވާ ދެއްވާފައިވަނީ ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ އެވެ. އަދި ލަވަ ރިކޯޑްކޮށްފައިވަނީ ހަބޭސް ސްޓޫޑިއޯއިންނެވެ. ލަވަ ކިޔާފައިވަނީ، ލާމު އަތޮޅަށް އުފަން މޮޅު ލަވަ ކިޔުންތެރިޔާ ޙަސަން ޠަލާޤް، އަބްދުﷲ މަސީޙް، ޖައިޝާ، މުސްލިމާ، އުބައިދު އެވެ. ވިޒިޓް ލާމު އެޓޯލް އިން ބުނެފައިވަނީ މިފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާ ކުރަން ބޭނުންވާ ކަމަށެވެ. މިއީ އަމިއްލަ ރާގަކަށް ހަދާފައިވާ ލަވައެއްކަން ފާހަފަކޮށްލެއެވެ. ލަވައިގެ ރާގު ހަދާފައިވަނީ ތޮލާޤް އެވެ.

ވިޒިޓް ލާމު އެޓޯލްއަކީ ލާމު އަތޮޅު ޕްރަމޯޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ޖަމިއްޔާއެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޭހެޖިތަ

    ހިބިއްސެ ނުނަގަ .އެކަމް ސަޅި

    7
    2
  2. ޝާދް

    ވަރަށް ހަބޭސް ލަވައެއް. ވިސިޓް ލާމް އެޓޯލް ލޭޑީސް އެންޑް ޖެންޓްސް.

  3. ޓްވީޓް

    ދިވެހިބަހާއި އިނގިރޭސިބަސް އެއްކޮށް މަސްހުނިގަނޑެއް މޮޑެފަ އޮތް މި ލަވަ ރީއްޗެއްނޫން. ޢެކަމަކު ބަޔަކު ކޮއްފަ އޮތް މަސައްކަތެއް ވީމަ އިހުތިރާމްކުރަން.

    9
    3
  4. Anonymous

    ޥަރަށްރިީތި އަވަހަށް ވިީޑިއޯހަދާ މަވެސް ބައިވެރި ކުރަށްޗެޭ

    5
    3
  5. މަޒް

    ތި ފުކެއް ދެން ބޮޑުވަރު... ހިސާބު އަދުރޭ ހެދި ޅެމަކަސް ގައިން ހީބިހި ނަގާ ރަޖާލާ ބޭސް ކާވަރެއް ނުވޭ

    14
    2
  6. ދިދަ ދަނޑި

    ތެދެއް ހީބިއްސެއް ނުނަގާ ?‍♀️

    5
    2
  7. ބޮޑު ހަސަންބެ

    ހީބިހި ނުނަގާ އެކަމަކު ވަރަށް ބޮޑަށް ފާހަނަޔަށް ދަވައިގެން ބަލާފަ.

    7
    1