ފުލުހުންނަށް ލީތަލް ހަތިޔާރު ހަވާލުކުރުމަކީ ސަރުކާރުން ހަދާނެ އެންމެ ބޮޑު އެއް ގޯސް ކަމަށް މާލޭ އޭރިޔާގެ ކުރީގެ ކޮމާންޑަރު އަދި ކުރީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދީދީ މިގޮތަށް ވިދާޅުވީ، ފިސްތޯލަ ދީފައި ފުލުހުން މަގުތަކަށް ނެރެން ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަބްދުﷲ ރިޔާޒް ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްްގައެވެ.

ރިޔާޒް ވިދާޅުވީ ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ސްވަޓް ފުލުހުން ފިސްތޯލަ ހިފައިގެން ރަށުތެރޭގައި ހަރަކާތްތެރިވާން ޖެހޭ ހާލަތު އަތުވެއްޖެ ކަމަށް އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ރިޔާޒްގެ އެ ޓްވީޓާއި ގުޅިގެން ދީދީ ވިދާޅުވީ، ފިސްތޯލާ ހިފައިގެން ނިކުންނަންވީ ސިފައިން ކަމަށާއި މިއީ އެހެން ގައުމަކާއި ހަނގުރާމަ ކުރަން ދުވަހަކުވެސް ޖެހޭނެ ގައުމެއް ނޫން ކަމަށެވެ. އަދި ސަލާމަތީ ހިދުމަތްތައް ރޭވިފައިވާ ގޮތުން ލީތަލް ހަތިޔާރާއި އެކު ނިކުންނަން ވާނީ ދިފާއީ ބާރުން ކަމަށްވެސް ދީދީ ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ފުލުހުންނަށް ލީތަލް ހަތިޔާރު ހަވާލުކުރުމަކީ ސަރުކާރުން ހަދާނެ އެންމެ ބޮޑު އެއް ގޯސްކަމަށް ދީދީ ވިދާޅުވިއެވެ.

ފުލުހުންނަށް ފިސްތޯލަ ދިނުމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ގޮވާލެއްވީ ހުޅުމާލޭގައި ބިދޭސީންތަކަކަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ހަރުކަށި ފިކުރުގެ މަޑުއްވަރީ ބައެއް ކަމަށް ބުނެ ގެނެސްދީފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުންނެވެ.

ހުޅުމާލޭގެ އެ ހަމަލާގެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޑޕ

    އެހެންވީރު ދުނިޔޭގެ ތަރައްގީ ގައުމުތަކުން އެ ގޯސް އެއޮތީ ހަދާފަތާ

    ބުނަން ރަގަޅު ވާހަކަ އެއް ތިކަހަލަ ބޯދާ ހިޔާލް ގެންގުޅޭތީ ތަން ތަރައްގީނުވެގެން މިުޅެނީ

  2. ޢަލިބެ

    ޑީޑީ ކަހަލަ ސަލާމަތީ ޚިދުމަތް ތަކުގަ މަސައްކަތް ކޮށްފަ ހުރި ތަޖުރިބާކާރު ބޭފުޅަކު ދެއްކެވި ވާހަކައިން ދޭހަ ވަނީ ފުލުހުންނާ ދޭތެރޭ އޮންނަ ޒާތީ ހަސަދަވެރިކަން.
    ދިވެހި ރާއްޖޭގަ އެތެރޭގެ އަމްނު ބެލެހެެއްޓުމުގެ އެންމެ ބޮޑު ޒިންމާ އެއް އެޅިފަ އޮތް އެއް ބަޔަކީ ފުލުހުން.. ވަކި ޚާއްސަ ހާލަތެއް މެދުވެރިވެގެން ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރާހާ ހިނދަކު މީހުން ހިފާ ހައްޔަރު ކުރުމުގެ ބާރެއް އަސްކަރިއްޔާ އަކަށް ލިބިގެންނެއް ނުވޭ. މުޅި ދުނިޔޭގަ ވެސް މި ނޫނީ ނުހުންނާނެ ފުލުހުން އަތުގަ ލީތަލް ހަތިޔާރު ނެތް ޤައުމެެއް. މިސާލަކަށް މަގުމަތިން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނީ.. މިފަދަ ހާލަތެއްގަ ސިފައިން އަންނަންދެން ތިބެވޭނެތޯ؟ މިއުޅެނީ ތަނެއްގަ އަލިފާން ރޯވެގެން އެތަން ނިވާލާންވެސް އަވަހަށް އެޓެންޑް ނުވެވިގެން. ޓެރަރިސްޓް ހަމަލާ އެއް އަތުވެދާނެ ކަމަށް ޚާއްސަކޮށް މަގުމަތީގަ ހަރަކާތް ތެރިވާ ފުލުހުން ތައްޔާރު ކުރެވި އެކަން ކަމާ ކުރިމަތި ލެވޭ ވަރުގެ ހަތިޔާރު އެ ފުލުހުން އަތުގަ ހުންނަންވާނެ. މަގުމަތިން މީހަކު ގަޔައް ވަޅިޖަހާ ހިސާބުން ނުވަތަ އެފަދަ އަމަލެއް ހިންގަފާނެ ހިސާބުން ފުލުހުން ލީތަލް ހަތިޔާރުގެ ބޭނުން ކުރަން ޖެހޭނެ.. މިކަންކަން ނޭނގޭނަމަ ތަޖުރިބާ ހޯދަން އެހެން ޤައުމު ތަކަށް ވަޑައިގަންނަވާ. މިހާރު މިގޮތައް ދެވޭ ހަމަލާ އަކުން ރެކެވޭ ވަރުގެ ހަތިޔާރު ފުލުހުން އަތުގަ ހުރި ކަމަކަށް ގަބޫލެއް ނުކުރެވޭ.. ކަމެއް ދިމާވީމަ އެންމެން ތެޅިގަންނާނީ.. ޒިންމާ ނަގަންޖެހޭނީ އޭރަކު އޮތް ދައުލަތެއް. ދިވެހި ރާއްޖެއައް މިވަގުތައް އެންމެ ބޭނުން ވަނީ ފުލުހުންގެ ވަރުގަދަ ފައުޖު ތަކެއް. ފުލުހުންނަށް ޒަމާނާ އެކަށޭނަ ތަމްރީނާ ވަސީލަތް. އޭގެ ފަހުން ކުޅިވަރު ކުޅުމަށާ އަދަބީ ހަރަކާތަށާ އެހެން ކަންކަމަށް އަސްކަރިއްޔާ އަށް މީހުން ވައްދާނީ..

  3. Anonymous

    ރިޔާޒު އެ އުޅެނީ ބަޤާވާތްކުރުމަށް ފުލުންގެ ތެރޭގައި އެބަތިބި ރިޔާޒަށް ވަރަށް ވަފާތެރި ބައެއް.

    5
    4
  4. ހަބޭސް

    ކަލޭ މައިތިރި ވެގެން ހުރެވޭތޯ ބަލާ!! ބޭކާރު އަނގަނުތަޅާ!!

    8
    7
  5. ބުރުމާ

    ކަލޭ މައިތިރި ވެގެން ހުރެވޭތޯ ބަލާ!! ބޭކާރު އަނގަނުތަޅާ!! ބޯދާ ވިސްނުން ތިގެންގުޅެނީ!!

  6. މަބޭ

    އިބްރާހިމްޑީޑީ އެވިދާޅުވީ ވަރައްރަންގަޅުވާހަކައެއް ލީތަލްހަތިޔާރުނޫނަސް ފުލުހުންގޭނުންކުރައް ނޮންލީތަލް ހަތިޔާރު އުފައްދާފަހުރޭ.