މާފުށީ މަގުމަތީގައި އަންހެނަކު ނިވާކަން ކުޑަހެދުމެއް އަޅައިގެން އުޅެނިކޮށް ފުލުހުން އޭނާ ހައްޔަރު ކުރަން އުޅުނު ގޮތުން ފުލުހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑުން މައްސަލަ ތަޙްޤީޤު ކުރަން ފަށާފައި ވާއިރު ފުލުހުން އަމަލު ކޮށްފައި ވަނީ ރަނގަޅަށް ނޫންކަމަށް ވިދާޅުވެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.

އަންހެން ފަތުރުވެރިޔާ ހައްޔަރު ކުރުމުގެ ކުރިން ފުލުހުން އޭނާ އަށް ތަކުރާރުކޮށް ނަސޭހަތްދިން މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އަންހެން މީހާ ނިވައިކަން ކުޑަކޮށް މަގުމަތިން ހިނގާފައި ދަނިކޮށް ފުލުހުން ވަނީ ވެހިކަލެއްގައި ގޮސް އޭނާ އާއި ވާހަކަ ދައްކާފައެވެ. އަދި އޭގެ ފަހުން މަގުމަތިން އޭނާ އާއި އޭނާއާ އެކު އުޅުނު ފިރިހެން މީހާ ހުއްޓުވާ ގިނަ އިރުތަކެއް ވަންދެން އެދެމީހުންނާއި ވާހަކަ ދެއްކި މަންޒަރު ދައުރުވަމުންދާ ވީޑިއޯ އިން ފެނެއެވެ.

ވަރަށް ކެއްތެރިކަމާއި އެކު ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން ފުލުހުން މަސައްކަތް ކުރިއިރު ވެސް އަންހެން މީހާ ހުރީ ފުލުހުންގެ ބަސް ގަބޫލުކުރާ ގޮތަކަށް ނޫނެވެ. އޭނާ އާއި ވާހަކަ ދައްކަމުން ގެންދިޔަ ފުލުސް މީހާގެ އައިނު ވެސް އަންހެން މީހާ އަތުލާ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

ތުވާޔެއް އޭނާގެ ގައިގަ އޮޅަން އޭނާ ކައިރީ ހުރި ފިރިހެން މީހާ ވެސް ފުލުހުންގެ އެދުމުގެ މަތިން މަސައްކަތް ކުރެއެވެ. ނަމަވެސް އޭނާގެ ބަސްވެސް އަންހެން މީހާ ގަބޫލެއް ނުކުރިއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ އަންހެން ފަތުރުވެރިޔާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.

އަންހެން މީހާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރި ގޮތައް ފާޑުކިޔާއިރު، އަދި އެކަމާއި ގުޅިގެން ފުލުހުންގެ ވެރިން މަޢާފަށް އެދޭހިސާބަށް ކަންތައްތައް ދާއިރު ކަން ހިނގިގޮތް ބަލާލުން މުހިއްމެވެ.

ރާއްޖެ އަކީ ބިކިނީގައި އާއްމުންގެ ތެރެއަށް ނިކުތުން މަނާ ހަމައެކަނި ގައުމެއް ނޫނެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުގައި ވެސް ބީޗް ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ބިކިނީގައި އުޅުމަކީ މަނާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

68 ކޮމެންޓް

 1. ދިވެހިން

  ދިވެހިން ދިވެހިން ގެ ގޮތުގައި ކުރިޔަތް

  252
  8
  • ބުރުމާ

   މިއީ މިދައްކާ ވާހަކައަކީ!! ކަމެއްވާއިަރަށް ކޮމިޝަނަރު ނިކުމެ ފުލުހުން ކުށްވެރިކޮށް ފުލުހުންނަށް ބިރުދައްކާ ޓްވީޓް އެބަކުރޭ!! މިކަން މިސަރުކާރު އައިފަހުން މިވަނީ ޢާންމުކަމަކަށް ހަދާފަ!! މިއީ ވަރަށް ދެރަވަރުކޮށް އޭނާކުރާކަމެއް! ފުލުހުންގެ އިދާރާއިން އެބަޖެހޭ މިކަން އިސްލާހުކުރަން މަސައްކަތްކުރަން!! ފެބުރުއަރީ 2012 ގެ ރޯޅި ފުލުހުންނަށް މިބާލަނީ! މިއީ އެމްޑީޕީން ރާވައިގެން ފުލުހުންގެ އަގުވައްޓާލަން ކުރާކަމެއް!! އެޕާޓީގެ ސިޔާސީ ކަންކަމުގައި ފާޓު ފުޅާކޮށް ބައިވެރިވެފައިވާ ސިޔާސީ މީހަކު މަގާމުގައި ބަހައަޓައިގެން!! ނޫހުން ފެނުނު ފުލުހުންގެ މިހާރުގެ ގާނޫނު އެެއްކޮށް ބަދަލުކުރަން މިސަރުކާރުން މަޖްލީހަށް ހުށަހެޅި ވާހަކަ! މިއީ ކީއްކުރަން ކުރާކަމެއްކަން އެނގޭނީ ބަހުސް މަޖްލިސްތެރޭ ފެށުމުން!! މީގަވެސް އުޅޭނީ ގޯހެއްކަމަށް ފެންނަނީ!! ފުލުހުންނާ ސިފައިން ވިސްނަންޖެހޭ!!

   138
   10
 2. ފުލުހެއް

  ބަޔަކައް ކިތަންމެ ހަޖަމް ނުވިޔަސް ފުލުހުން ފުލުހުންގެ ގައުމީ އަދި ދީނީ ވާޖިބު އަދާކުރާނެ. މި ދިވެހި ފަސްގަނޑުގަ ލާދީނިއްޔަތައް ފުރުސަތެއް ނުދެވޭނެ.

  665
  16
 3. މީހާ

  ގަމާރުކަމަށް ހިތްވަރު ދިނުމުގައި ކުރިޔަށް

  79
  20
 4. ޙަމީ

  ފުލުހުން ހަމަބަރާބަރު ތީނަ ޖެހޭނީ ވަގުތުން ޑީޕޯޓުކޮށްލަށް މިޤައުމަށް ނާދެވޭގޮތަށް.

  554
  9
 5. އަހުމަދުކަލޯ

  ރަނގަޅު ވާހަކައެއް ގާނޫނުތަށް ތަންފީޒް ވާންޖެހޭނެ ބޮޑުން ނާ ލާރިކޮޅެއް ދޭ މީހަކަސް އިސްތިސްނާއެއް ނުވާނެ

  150
  9
 6. ސަހީދާ

  ބިކިނީލައިގެން އަހަރެ މެން ރަށުގެ މަގު މަތީގައި ނޫޅެވޭނެ..

  336
  9
  • ރުޅި ނައިއްޔާ ދެރައެއްނު؟

   ހަމަ ރަނގަޅަށް ތިބުނީ. ބޭނުންހާ ވައްތަރަކަށް ނޫޅެވޭނެ އަހަރުމެންގެ ބިމުގައެއް، އަހަރުމެންގެ ފުލުހުންނަށް ހަޑި ހުތުރު ބަހުން ހަޅޭއްލަވާފަކާ. ޢެ ވީޑިއޯ އިން ވަރަށް ރަނގަޅަށް ފެނޭ އެ އަންހެނާގެ ދެ އަތް ނޫން އެހެން ތަނެއްގައި ފުލުހުން އަތް ނުލާކަން، އޭނަ އަމިއްލައަށް ފުލުހުން ގައިގަ ކޭއްތިފަ ދެފައިލަ އޮޅިގަނެގެން އޮތީ.

   33
   1
 7. ކޮރަކަލި

  ބިކިނީގަ މީހުންއުޅޭރައްރަށު ގޮނޑުދަށު ތިބެވެންޏާ
  ރަށުތެރޭވެސް އުޅެވެވެންވާނެ

  38
  450
  • ބަރާބަރު

   ފުލުހުން ގޯސް

   1
   4
 8. މުހައްމަދު

  ނަސީދު ބޭނުންވާގޮތް

  240
  16
 9. ލޮލް

  ސީ.ޕީ ހަމީދު ހުންނަނީ ފިތިފަ. އޭނާ މުޅި ފުލުހުންގެ މުއައްސަސާ ހަލާލުކޮށްފި ޓުވިޓާގަ އުޅޭ ހައެއްކަ މީހުން ރުއްސަން. އޭނާގެ ފުރެންޑެއް ފޯނު ނުނަގައިގެން މާ ހިތުގަ ޖެހިގެން ޓުވީޓު ކުރި މީހެއްނު އެއީ. އެމް.ޑީ.އެން އުވާލިޔަސް އެ ފިކުރު އެބަ އޮތް. ސީރިޔާގަ ތިބި މީހުން ގެނެސް ކައުންސެލިންގް އާ އެއްޗެހި ދޭން ކިޔާ ގޮތަށް އެ މުޑުދާރު ލާދީނީ ފިކުރު މީހުނަށްވެސް ހެވާ ނުބައި ކިޔާދޭން ޖެހޭ.

  239
  6
  • ރިޝާ

   ވަރަށް ބޮޑު ތެދެއް.

   49
   5
 10. ކަޑައޭ

  ޢެހެންނެއްނު ވާނީ. ރައްޔިތުމީހާގެ ޖީބަށް ޑޮލަރޭ ކިޔާ ޖެހި ޗަރުކޭސް އަދި ތިފެއްޓެނީ. އެ އަންހެންމީހާ އަށއ ރާ ވެސް ބޮވޭތަ ތި ގެސްޓްހައުސްތަކުން. އެކަން ހުއްދަތަ އަހަރުމެންގެ ގާނޫނުގަ. ގާނޫނު ނޭންނޭތީ މިއަހާލީ.. ތި އަންހެންމީހާ ބޮޑު ޖޫރިމަނާ އެއްކޮށްފަ 2 އަަހަރުވަރު ދިވެހިރާއްޖެއަށް ނާދެވޭ ގޮތަށް 2 އަހަރަށް ޑީޕޯރޓް ކޮއްލާ. ނުކެރޭނެދޯ..ތި ޑޮލަރު ނުލިބެންޏާ އަހަރުމެން ބަނޑަށް މަތުވެދާނެ އޮތަ؟؟

  106
  4
 11. ޞި

  ނުޖެހޭ ބީޗްގަ ވެސް ބިކިނީ ލައިގެން އުޅޭކަށް، ރަށްތަށްވެސް ހަލާކު ކޮއްފި މިމީހުން

  156
  6
 12. ކިނބޫ

  ލޯކަލް ޓޫރިޒަމް ހަބޭސް. ޑޮލަރު ލިބޭނު އެނިމުނީ. ދިވެހިން ލާރިއަށް ދަހިވެތިވެ ގޮތެއްފޮތެއް އަގަލައެއް ދީނެއް މިއްލަތެއް ނެތް ބަޔަކަށްވެ ނިމެންދާ މަންޒަރު މިފެންނަނީ. އަޅެފަހެ ކޮންފަދަ ކަމެއްތަ މީހުން ދިރިއުޅޭ ރަށްރަށުގަ ގެސްޓްހައުސް ހަދައިގެން މިއުޅެނީ. ކުރިއަށް އޮތްތާ އަދި ތިވަރަކުން ނުނިމޭނެ. މިއޮތީވާ ކަމެއް. ގައުމު ކާލައިފި ލާދީނީ ބައިގަނޑު.

  121
  5
 13. އަދާލަތު

  މިޤައުމުގައި ފުލުހުން ކިތަން މެ ރަނގަޅަށް ކަ މެއްކުރިޔަސް ގޯސްކުރާނީ ފުލުހުން. ހިތާ މަހުރިކަ މެއް. ފުލުހުންނަކީވެސް މި ޤައު މުގެ ދަރިން.

  151
  4
  • ވަޒީރެއާލާ

   މީ ފުލުހުންނާ ތަޅާނެ ކުދިންކޮޅެއްހޯދަން އުޅޭ މީހުންގެ ސަރުކާރެއްނޫންތަ؟

   56
   5
 14. ރާއްޖޭގެ

  ގޮތެއް ފޮނެއް ލަދެއެއް ހަޔާތެއް ނެތިގެން އުޅޭވައްތަރު ނިކަން ދެކިބަލަ އެމްޑީއެން ހަމީދު އިސްތިއުފާ ދީފަރަށްކާވެބަލަ ހެޔޮނުވާނެ އާދޭސް ކޮށްފަބުނަން!

  94
  6
 15. ނަގޫރޯޅި

  ކޮންމެ ގައުމެއްގަ ވެސް އަދަބު އަހުލާގު އެއީ އޮންނަ އެއް ޗެއް. ޔޫރަޕުގަވެސް އާންމު ތަންތަނުގަ މަސްތުވެގެން އުޅުމާ ބިކިނީގަ އާންމު މަގުމަތީގަ އުޅުމާ ހެދިފަ ހުންނަގަވައިދު ތަކައް ބޯނުލެބުމާ ފުލުހުންނައް ނުކިޔަމަންތެރިކަން ދެއްކުމަކީ އާންމު އުސޫލާ ހިލާފު އަދި ދަށުދަރަޖައިގަ ކަންކަމުގެ ތެރޭގަ އެމީހުންވެސް ލިސްޓު ކުރާކަންކަން.

  92
  3
 16. ކޭޑީ

  ފުލުހުން ކަންތަށް ކުރީ ހަމަރަނގަޅަށް، މާފަށް އެދޭކަށް ނުޖެހޭ، ގާނޫނު ކުރިމަތީގައި އެންމެން ވާނީ ހަމަހަމަ ފަތުރުވެރިއެއް ލަވަކިއުންތެރިއެއް، ފިލްމު ކުޅޭމީހެއް ނޯންނާނެ. ފުލުހުން އޭނަ ހައްޔަރު ކުރީއެއްނޫން އޭނަ ސަލާމަތްކުރީ އެހެންނޫންނަމަ ރައްޔިތުން ނުކުމެ އޭނަގެ ދުވަސްދުވާލަފާނެދޯ!

  102
  4
 17. ކަމުގިސް

  އެމްޑީއެން ހަމީދަށް ޖެހޭނީ ފުލުހުންގެ ކުބައިން މާފަށް އެދެން. ހަމީދު ފުލުހުންގެ ތެރެއިން ބޭރުކުރޭ

  102
  5
 18. އައްޔަ

  މައްސަލަ އަކީ ފުލުހުންނެއް ނޫން. މައްސަލައަކީ ތި މީހުން އައިސްސަ ހުރި ގެސްޓްހައުސް. ޖޫރިމަނާ ކޮއްލާ.

  83
  3
 19. އިޤާބު

  ކިހާބޮޑުކަމެއް. މި ޤައުމުގައި މި ކަހަލަ ޤާނޫނާ ޚިލާފު މަންޒަރު ފެންނަނީ ދިވެހިން ފަހަތުގައިތިބެ މި ކަންކުރުވާތީ. އަހުރެން ދެކެ އެހިން، ދަރަވަންދޫގެ ރައްޔިތަކު ބިދޭސީއެއްގެ ގާޓު ބުނިއަޑު، މި ޤައުމުގައި ޙައްޤު ނުލިބޭކަމަށާއި އެ ބޭރުމީހާ ބޭނުންގޮތަކަށް އުޅެވެންޖެހޭނޭކަމަށް. އަހުރެން ފުލުހުންނަށް އައްސަރިބަސް ދެން. ސާބަސް ޤައުމުގެ ފުލުހުން.

  67
  3
 20. ޙަމަހަމަ

  ދޮން ޕާޓޭއަކަށް ވީމަ އޯކޭ އެއް ނޫން.
  ޑޮލަރުދޭ ޕާޓޭއަކަށް ވީމަ އޯކޭ އެއް ނޫން.
  ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތުމުން މާއްފަށް އެދިފަ އަދި ގަންޖާ ބިޑިއެއް ނުދިންކަން ހަމައެކަނި.

  ސޮރީ ބަޓް ނޮޓް ސޮރީ.
  ޢެމް ސީ ހަމީދު އިސްތިއުފާ.

  67
  3
 21. ނޮޅިފިސް

  ދިވެހި ޕޮލިހުން އެކަންކުރެއްވީ %100 ބަރާބަރަށް. ސައުދިއަރަބުއްޔާގެ މަގުތަކުގައި އިގެރޭސިޔަކަށް އަދި ޔޫރަޕު މީހަކަށްވެސް ބަރަހަނާކޮށް ނޫޅެވޭނެ. މީ %100 އިސްލާމީ ދިވެހިރާއްޖެ.

  89
  4
 22. Anonymous

  ޓްވިޓާގައި އުޅޭ ދޮން މީހުންނަށް އަޅުކަންކުރާ ރާއްޖޭގެ މޮޔަ އަންހެނުން ކަން ވީގޮތް އޮޅުވާލައިގެން އުޅެނީ.

  61
  3
 23. އެދުރު

  ދިވެހި ފުލުހުން ހަމަ ބަރާބަރު ، ބިކިނީ ލައިގެން ގޮސް އޮވެބަލަ އަމިއްލަ ގައުމުގަ ،

  89
  5
  • ވޮއްލެ

   އެމަންޖެ ހުރީ ބިކިނީގައިތަ؟، ނޫނީ ދުނިޔއަށް އުަފަންވިއިރު އޮތް ހެދުމުގައިތަ؟

   15
   1
 24. ސައީދު

  ސަރުކާރުގެ ސްޓަންޓެއް

  16
  3
 25. މަރޭ

  މިވީޑިއޯ ދުނިޔޭގެ ސަމާލު ކަމަށް ދިއުމަކީ އުފަލެއް. އެއީ އިސްލާމުން އުޅެން ޖެހޭމިންގަޑު އެއީ ތާހިރު ގޮތެއް ކަން ދުނިޔެއަށް ހާމަ ވާނެ ފިލާވަޅެއް ދޭނެ ވީދިއޯ އެއް.ގަބޫލު އެކިމީހުން ކުރާނި އެކިގޮތަށް.

  20
  1
 26. Anonymous

  ސާބަސް ދިވެހި ފުލުހުން. ޝުކުރިއްޔާ ވާޖިބު އަދާ ކުރުމުގައި ތިދެއްކި ނަ މޫނާއަށް. ނުޖެހޭ އެފަދަ މީހަކު އެގޮތަށް ހުރެގެން މުޅިރަށުތެރޭގައި ދުވަން ދޫކޮށް ލައިގެން ތިބޭކަން . މިފުލުހުންނަށް އެވޯޑް ދޭންޖެހޭ. މީ ނަޝީދު ޒިން މާނަންގަން ޖެހޭ ކަ މެއް. މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ނެހެދިގެން ދުވެއެރުވީ ކިހިނެއް. ފަޅުރަށްތައް މަދީތަ ރާއްޖޭގައި

  22
  1
 27. Anonymous

  ލޯކަލް ޓުވަރިޒަމޭ ކިޔާފައި މިޤައުމުގެ އިސްލާމީ ވަހުދަތު ނަގާލަން ނަޝީދު ހިނގާފައިވާ މެގަ ޕޮރޮޖެކްޓެއް.

  23
  1
 28. ޢަންސާރު

  ޑީޕޯޓް ކޮށްލީމަ ނިމުނީ.ހަމީދު ނުޖެހޭ މަޢާފަށް އެދެން ...

  19
  1
 29. ާދެރަކަމެއް

  ފުލުންގެ ވާޖިބު އަދާކުރީ ވަރަށް ރަނގަޅަށް. ފުލުހުންނަށް ތަޢުރީފު ޙައްޤު 😁

  33
  1
 30. ވީޕީއެން

  ދިވެހި ފުލުހުންގެ އެއްވެސް މައްސަލައެއް ނެތް. މަނާ ކަމެއް މަނާ ނުކުރެވެންޔާ ދިވެހި ފުލުހުންގެ ބޭނުމަކީ ކޮބާ. އަމިއްލަ ގައުމުގަ ބިކިނީގަ ދުވެބަލަ..

  24
  1
 31. Anonymous

  ފުލުހުން ކަންތައް ތިކުރީ ވަރައް ރަނގަޅައް ކަމައް ދެކެން. ތިގޮތުގައި ފުލުހުން މުންކަރާތް މަނާ ކުރާ ކަމުގައި ވަނީ ނަމަ މި މުޖުތަމައު އިސްލާހް ވެދާނެ.

  25
  1
 32. މާޒީގެ ބޮޑު ބިކިނީ

  މަންޖެގެ ބިކީނީ ގެ ސަބަބުން ފުލުހުންނަށް ތައުރީފު

  18
  1
 33. ސާބަސް ޕޮލިސް

  ތިޔަ ކަހަލަ މީހުން ވަގުތުން ޑީޕޯޓް ކުރޭ. މިތާ ޤާނޫނަށް ބޯ ނުލަނބާ ކޮން މެ ގެސްޓެއް އައުޓް.

  21
  1
 34. ސީނު

  ދިވެހިރާއްޖެއަކީ މުސްލިމް ގައުމެއް. ބީޗަކީވެސް ކުދިބޮޑުއެންމެއްދާނެތަނެއް. ރަށުތެރޭގައި އުޅެވޭނެ މިންގަޏޑު ހެދުމެއްލައިގެން ބީޗްގަވެސް އުޅެވޭނީ

  21
  1
 35. ކަލޯ

  ކޮން އިރަކުތަ ވަގުތު ނޫސް MDP ވީ

  5
  13
 36. ޢަރުށް

  ނާގާބިލް ކަމިޟަނަރ ކާރީ އަހާބަލަ އިނގިރޭސި ވިލާތުގެ ފުލުހެއްގެ ގައިގަ އަތްލާފިއްޔާ ވާނެގޮތް! ޟައްކު ވާއިރަށް ޟޫޓުކޮށް މީހުން އެއޮތް މަރާލަނީ.. ސާބަސް ދިވެހި ފުލުހުން ނަށް

  28
  1
 37. ހިޔާލް

  ފުލުހުންވެސް ކަންތަކުރަންޖެހޭނީގާނޫނާއެއްގޮތަށް ޕުރޮފްސިނަލްކޮން.ނޫސްވެރިންވެސް ގަ މާރު ދިވެހިންގެ ބޮށްލައް ނުވަދެ ޒިން މާދާރުކަ މާ ގާނޫނާ އެއްގޮތަށް ލިޔު މަ އެދެން.

  6
  109
 38. އައްޔު

  ފުލުހުންނަށް ސެލިއުޓް ކުރަން މާލަސްވެސް ވެއްޖެ ކޮންނަސޭހަތެއް ފެންނައިރަށް އެއްޗެހިލާން އަންގަންވީ އެއްޗެހި ނުލައިފިނަމަ ވަގުތުންް ހައްޔަރު ކުރަންވީ ސީޕީ މާފަށް އެދެނެޖެހޭ ވަރުގެ ފުލުހުންނެތް ކޮށްފަ. ދެން ތިޔަ ވިދާޅުވީ މަސްތުގެ ހާލަތުގައޭ އެހެންތާ ވާނީ މާފުށީ ބޭރުގަ އޮތް ސަފާރީއަކީ ރާފެކްޓްރީ އެނެގޭނެ އެއްވެސް ސަރުކާރެއް އޮތްހެނެއް ހިޔެއްނުވޭ ދެން މަސްތުވެސްވާނެތާ

  25
  1
 39. ހިޔާލު

  ބަޔަކު ފޮނުވައިގެން އައިސް އުޅޭ މީހަކާ ވައްތަރީ

  21
  1
 40. އެލެކްސް ސައްތާރު

  މިއީ ހޯމްމިނިސްޓަރު ޢިމްރާން ބޭރުކުރުމަށްޓަކައި ރޭވިގެން ދޮންމީހުން ލައްވާ ކުޅުވި ޑްރާމާއެއް. “ކޮށްފަ ނުކުރާނެކަމެއް އެކަކަށްވެސް ނޭނގޭނެ”.

  20
  4
 41. ޝަބީރު

  ދިވެހިރާއްޖޭގައި އެމީހުން ބޭނުންހާ ގޮތަކަށް އުޅުމަށް ހިތްވަރު ދޭން ޓޫރިޒަމް މިނިސްޓްރީ އަކަށް ނުޖެހޭނެ. ޑޮލަރަކަށް ވިކި ހުސްވާކަށް ނުޖެހޭ. މިއީ މިނިވަން ގައުމެއް. މިގައުމަށް އަންނަން ޖެހޭނީމިގައުމުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކު. ދިވެހިން ހާދަ ބިރުގަނެއޭ ހިތަށް އަރާ ޑޮލަރު ނުލިބިދާނެތީ މީގެ ސާޅީސް އެތައް އަހަރެއް ކުރިން ވެސް ދިވެހިން ތިބީ އަމިއްލަ މަސައްކަތުން ބަނޑުފުރާނަ މުއްތި ކޮށްގެން. އޮރިޔާން ހާލު މައިންބަފައިންނާއި ޅަދަރިންގެ ތެރޭގައި ބޭނުންހާ ގޮތަކަށް އުޅެން ފަރަންޖީންނަށް މިރާއްޖެ ވިއްކައިގެނެއް ނޫން. އިސްތިއުފާ ދީފައި މިގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތާނެ ބަޔަކާ ގައުމު ހަވާލުކުރުމަށް ގޮވާލަން!

  25
  1
 42. ސަރީފު

  މިގައުމުގެ އިގްދިސާދު ބިނާވެފައި ވަނީ ބޭރު ފައިސާއަށް ބޭރުފައިސާލިބެނީ ޓޫރިޒަމުން އެކަނި..މަސްވެރިކަމުން 10ޕަސެންޓް ބޭރުފައިސާވެސް ނުވަދޭ! އެހެންކަމުން އެގެންޖެހޭ ހަގީގަތަކީ ޓޫރިސްޓުންނާއި މެދު އަމަލު ކުރަން ޖެހޭނީ އަގު ނުވެއްޓޭގޮތައް. ދީނީ ތާޖް އެޅިމީހުން މިކޮމެންޓަށް ވަރައް ނެގެޓިވްވާނެ.

  2
  31
  • ޝަރީފު

   ލާދީނީ ތާޖް އެޅިމީހުން ތިކޮމެންޓަށް ވަރައް ޕޮޒިޓިވްވާނެ.

   11
   2
 43. ހާރޫނު

  ޢަދި މިއުޅޭ އެލެކްސް އަހައްމަދު ކެމްޕޭންތެރޭ ބުނެފިއެއްނު ގޭގޭގެ ވަކި ކޮޓަރިވެސް ޓޫރިސްޓުބްނަށް ކުއްޔަށްދެވޭގޮތައް ހަމަޖައްސައިދޭނަމޭ. މިގައުމު ހަލާކުގެ ތެރެއަށް ވާއްޓާލީ ހަމައެންމެ މީހެއް. މިކަލޭގެ.

  22
  1
 44. އ. ޖ. އ

  ކޮންމެހެން މާ ހެޔޮފުޅު ވާނެ ކަމެއްނެތް

  4
  1
 45. ދިވެހި މީހާ

  މި ޖާހިލު ކޮމެންޓްތައް މި ސައިޓަކުން މަދެއް ނުވާނެ. އެނޫން އެއްޗެއް ނުޖަހާނެ ވިއްޔަ.

  3
  4
 46. ކިޔުންތެރިން

  ވަގުތު ނިއުސްޓީމުން ތިކުރާ ހިތްވަރަށް ހަމަ ސާބަސް.
  ދީނަށް ނަސްރު ދިނުމުގަ އަބަދުވެސް ސާބިތުވެ ތިބޭނެ ކަމަށް އުންމީދު ކުރަމެވެ.

  11
  2
  • މަ

   ދީނަށް ނަސްރު ދޭނެ މީހަކު ނެތިގެން ދޯ މިއުޅެނީ؟

 47. އަލަމާ

  މަވެސް ހިނިއަންނަނީ މިކަމާ، ކިޔަނީ ލޯކަލް ގެސްޓްހައުސް، އަންނަނީ ލޯކަލް ގެސްޓްހައުސްއަށް، އެކަމް އުޅެންވަނީ ބޭނުނހާ ގޮތަކަށް،، އަގުހެޔޮކޮށް ލޯކަލްް ފެންވަރުގަ އަންނަ މީހުން އުޅެންވާނީވެސް ލޯކަލް މީހުން އުޅޭގޮތައްދޯ

 48. ޟޖ

  ފުލުހުން ހައްޔަރުކުރީ ލާނެ އެއްޗެއް ނެތް ފަގީރު ކިއްޖެއް އޭނާ އޮރިޔާން ނިވާ ކޮއްލެވޭނެ ވަރެއްނެތި މަގުމަތީ އުލޭތީ އެހީ ތެރިކަން ދިނުމުގެ ގޮތުން

 49. ޏ.ސ.

  މިހާރު ހުލުމާލެ ފަތާ ސަރަހައްދުގައި ވެސް ތިގޮތަށް ތިމީހުން ތިބެނީ. މައިން ބަފައިންނާ ކުޑަކުދިން ގޮވައިގެން އެތަނައް ދެވޭވަރެއް ނޫން. ބައެއް ދުވަސް ދުވަހު

 50. ކިޔުންތެރިޔާ

  ހެދުން ލާން . ބުނީމަ ހެދުން. ލާނީ..
  ހަޑިއެއްޗިސްކިޔާފަ. ީ އިންގިލި ދިއްކުރާނީކީ .ނޫން...
  އެވެސް .ރަށުތެރޭގަ.. ހީވާކަހަލަ. ބޮއެގެންހުރީމަ .ރިސޯޓެކޭ!

 51. ތައްބެ

  ކޮންމެ ބަޔަކަށް ވިޔަސް އެތަނެއްގައި ހެދިފައިވާ ގާނޫނާއި ގަވާއިދުތަކަށް ބޯލަބަންޖެހޭނެ ނޫން ނަމަ ފުލުހުންނަށް ބާރުގެ ބޭނުން ކުރެވޭނެ ދުނިޔޭގެ ހުރިހާ ތަނެއްގައި އެކަން އޮންނަނީ އެގޮތަށް އެއީ ހަމަ ޕްރޮފެޝަނަލް ސްޓޭންޑާރޑް. ސާބަސް ދިވެހި ފުލުހުން.

 52. އިބްލީސް

  ބިކިނީ މަގުމަތި. ބިކިނީ ބީޗް. ބިކިނީ ހައުސް. ރާއްޖޭގައި އާންމުން އުޅޭ ރަށް ރަށުގައި ބިކިނީ ހައުސް އެކަނި ތިބެންވާނީ. ބީޗް އެއީ އެންމެން ގެ ތަނެއް. ރަށުގެ ރައްޔިތުން ނަށް އެތަނަށް ލޯހުޅުވާލައިގެން ދެވެން ވާނެ

 53. ކަމާލް

  އޭ މުސްލިމު ވެރިންނޭވެ. ބިކިނީލައިގެން މިރާއްޖޭގައި ޢާއްމު ރައްޔިތުންގެ ތެރެއަށް ގެސްޓުން ނުކުންނަ ދަރަޖައަށް ދިޔައީމާވެސް ވެރިންގެ ކަންބޮޑުވުން ނެތްނަމަ އެއީ ޤައުމުގެ މިހާރުގެ މިސްރާބު އަންގައިދޭ ހެއްކެވެ. ކޮންމެ ސަރުކާރެއް އޮތަސް ދީން ހިމާޔަތްކޮށް ރައްކާތެރިކުރަން އެބަޖެހެއެވެ. މީހުން އުޅޭ (ތޮއްޖެހިފައި އޮތް) ރަށްރަށަށް ލޯކަލް ޓޫރުޒަމް ގެނައުމުން ލިބޭނެ ދެރަ މިހާރު ލިބެން ފަށައިފިއެވެ. ހުރިހާކަމަކީ މާާއްދިއްޔަތުކަމުގައި ބަޔަކު ދެކެންވެސް ފަށައިފިއެވެ. މިއަދު މަސްނިމި ޑޮލަރުބޮނޑި އަތަށް އެރިޔަސް މިރޭ ނިދާހޭލެވޭނީވެސްް ކާކަށް ކަމެއް އެބަ އެނގޭހެއްޔެވެ. ދެންއޮތީ ނިމުމެއްނުވާ ޙަޔާތުގައި އެހެންޏާ ދަރުމައެވެ، އެހެންޏާ ދާއިމީ ޢަޒާބެވެ. ސައްތައިންސައްތަ މި ކުޑަ ޤައުމު އިންޑިޔާ ކަނޑުގެ ސަތަޙައިން އެންމެ ދޮޅު ފޫޓަށް އުފުލި ސަލާމަތުން މިއޮތީ އެއްވެސް ޙާލެއްގައި ޖަޕާނުން ނުވަތަ ހެޔޮއެދޭ ދައުލަތްތަކުން ލައިދީފައިވާ ބޮޑު ހިލަ ތޮށީގެ ސަބަބަކުންނޫނެވެ. އަހަރެމެންނަކީ ޒަމާނުއްސުރެ އެއްކައުވަންތަ އިލާހެއް ވާކަމަށް އީމާންވެ މުސްލިމުންކަމުގައި ސާބިތުވެ އެމާތް އިލާހަށް އަޅުކަންކޮށް ދުޢާކޮށް އުޅޭ މުސްލިމް ބަޔަކަށް ވީތީއެވެ. އެހެންކަމުން ޣާފިލް ކަމުގެ ނިދިން އަހަރެމެން ހޭލަންވެއްޖެއެވެ. ނޫނީ ދެންދިމާވާނެ މުޞީބާތް މާބޮޑުވެދާނެއެވެ. ރިސޯޓްތަކުގައި އުޅޭ ބައެއް މުވައްޒަފުންވެސް ނޭޕާލް އިންޑޮނޭޝިއާ ޕިލިޕީންސް ކުދިން ގޮވައިގެން އަތުގުޅާލައިގެން އެކަހެރިވެ ރަށްރަށްގޮސްގެން އެހެރަ އުޅޭގޮތުން އަޖާއިބުވެ އަންތަރީސްވެއެވެ. އެއީ ހަމަ އިނދެގެން އުޅޭ ޖޯޑުޖޯޑުބާއެވެ. މަށަށް ހީވި ގޮތެއްކަމަށް ވާނަމަ މާފުކުރާށެވެ.

 54. އެލް އެމް އޭ އޯ

  ޢިޓް ބީ ލައިކް ދެޓް ސަމްޓައިމްސް.

 55. ޙިޔގޖތ

  ޅިންކު

 56. ގެސްޓް

  މިކަހަލަ ކަންތައްތަކުގައި ގެސްޓްއައުސް ޖޫރިމަނާ ކުރުން ބުއްދިވެރި. އެ ގެސްޓްހައުސްއަކުން އެތަނެއްގެ ގެސްޓުންނަށް ހުއްދަކަންތަކާއި ހުއްދަނޫން ކަންތައް ރަނގަޅަށް ކިޔާދޭންޖެހޭނެ. އަދި ގަވާއިދާ ޙިލާފުވާ ފަތުރުވެރިން ބްލެކްލިސްޓް ކޮށް ރާއްޖެ ނޭދެވޭނެހެން ހަދަންވާނެ

  • މާލެ

   މީނާ ޖޫރިމަނާ ކޮށްލި ނަމަ..! ކިހައި ފައިސާއެއް ދައުލަތަށް ލިބުނީސް؟ ޖޫރިމަނާ ކުރާނެ އުޞޫލެއް ނެތް ނަމަ، އެ ގޮތަށް އުޅޭ މީހުން 1000 ޑޮލަރުން ޖޫރިމަނާކުރެވޭނެ އުޞޫލެއް އަވަހަށް ކަނޑައަޅާ!

 57. ސޮމެޮނެ

  ލޯކަލް ޓުއަރިޒަމް އަކީ ވަރަށްފަހުގެ އުފެއްދުމެއް
  އޭގެ ފޮނިމީރުކަން ހެޔޮގޮތުގަ ފެންނަންފެށީމަ ކަންބޮޑުވަނީ......

 58. ބިކުނީމަޖިލސް

  ބިކިނީ ނަޝީދަށް މި ވީޑިއޯ ފޮނުވާ

 59. ާހިޔާލީ ފޮލާ

  އެހެން ވީމަ ފުލުހުންވެސް މީ ނެއްޓެން ނޭންގޭ ބައެއް. އެމީހުން ވެއްޖެ އަމިއްލަ ކެމެރާ މަނެއް ގެންގުޅެން. އަދި ބުނަން މަޖުލިސް ރައީސް ދަށުވެއްޖެ ނަމަ ނަތީޖާ ރަނގަޅެއް ނުވާނެ.