ކ. މާފުށިގައި ޓުއަރިސްޓް ޕޮލިސް ގާއިމްކޮށްދިނުމަށް އެދި އެރަށު ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ގޮވާލައިފިއެވެ.

އޭނާ މިހެން ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މާފުށިން ނިވާކަން ކުޑަގޮތަކަށް ހެދުންއަޅައިގެން މަސްތުގެ ހާލުގައި ހުރި ފަތުރުވެރިއެއް މާފުށީ މަގުމަތިން ހައްޔަރު ކުރަން ފުލުހުން އުޅުނު ގޮތުގެ ވީޑިއޯއެއް އާންމުވެ ގިނަ ބައެއްގެ ހިތްހަމަ ނުޖެހުން ފުލުހުންނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެވެ. އަދި މިކަމާ ގުޅިގެން ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެކަމަށް މައާފަށް އެދިފަ އެވެ.

ރާއްޖޭގެ ގާނޫނުތައް ބުނާގޮތުން މީހުން ދިިރިއުޅޭ ރަށްރަށުގައި ނިވާކަންކުޑަ ހެދުން ލައިގެން މަސްތުގެ ހާލަތުގައި ނޫޅެވޭނެ އެވެ.

އަންހެން ފަތުރުވެރިޔާ ހައްޔަރު ކުރުމުގެ ކުރިން ފުލުހުން އޭނާ އަށް ތަކުރާރުކޮށް ނަސޭހަތްދިން މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އަންހެން މީހާ ނިވައިކަން ކުޑަކޮށް މަގުމަތިން ހިނގާފައި ދަނިކޮށް ފުލުހުން ވަނީ ވެހިކަލެއްގައި ގޮސް އޭނާ އާއި ވާހަކަ ދައްކާފައެވެ. އަދި އޭގެ ފަހުން މަގުމަތިން އޭނާ އާއި އޭނާއާ ފިރިމީހާ ހުއްޓުވާ ގިނަ އިރުތަކެއް ވަންދެން އެދެމީހުންނާއި ވާހަކަ ދެއްކި މަންޒަރު ދައުރުވަމުންދާ ވީޑިއޯ އިން ފެނެއެވެ.

ވަރަށް ކެއްތެރިކަމާއި އެކު ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން ފުލުހުން މަސައްކަތް ކުރިއިރު ވެސް އަންހެން މީހާ ހުރީ ފުލުހުންގެ ބަސް ގަބޫލުކުރާ ގޮތަކަށް ނޫނެވެ. އޭނާ އާއި ވާހަކަ ދައްކަމުން ގެންދިޔަ ފުލުސް މީހާގެ އައިނު ވެސް އަންހެން މީހާ އަތުލާ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޟމ

    އެރަށުގައި އަންހެން ފުލުހުން ބޭތިއްބުމަކީ ކޮންފަރާތަކުން ކުރަންޖެހޭ ކަމެއްތޯ؟ އެއަންހެން މީހާ ބިކިނީވެސް ނުލާ ހުރިނަމަ ވެސް ބަލަހައްޓައިގެން ތިބޭނީ ތޯ؟ އަންހެން ފުލުހުންނަށް ފިރިހެނުން ގައިގަ ނުވަތަ ފިރިހެން ފުލުހުންނަށް އަންހެނުން ގައިގަ އަތްލެވޭނެ އެއްވެސް ޙާލަތެއް ނެތް ނަމަ އެކަމުގެ ފައިދާ ކުރިއައް އޮތް ތަނުގައި ބައެއް ފަރާތަކުން ނަގާތަން ފެންނަ މިންވަރު ދާނީ އިތުރު ވަމުން ، އޭރުން ކޮންމެ ފަދަ ޖަރީމާއެއްވެސް ހިންގާފަ އެއ ޖަރީމާ ހިންގި މީހާއާއި އެއް ޖިންސެއްގެ ފުލުހަކު އެތަނަށް އަންނަންދެން ތިބެން ޖެހޭނީ ކުޅި ބަލަން

    10
  2. ވަޒީރެއާލާ

    "ރާއްޖޭގެ ގާނޫނުތައް ބުނާގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ނިވާކަންކުޑަ ހެދުންލައިގެން މަސްތުގެ ހާލަތުގައި ނޫޅެވޭނެ އެވެ." މާނައަކީ މަސްތުނުވެ ހަމަ ސަލާމަތް ބުއްދީގައި މީހުން ދިރިއުޅޭ ރަށްރަށުގައި ނިވާކަންކުޑަ ހެދުން ލައިގެން އުޅޭވޭނޭ. އެހެންނޫންތޯ؟ ގާނޫނު ވަރަށް ފުރިހަމަ.

    1
    1