މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާއި، އެކަންތައްތަކުގެ ތަފްސީލް ހިމެނޭ ޚަބަރުތަކެވެ.

21:19

20:50

ޖަޕާނުން އަނެއްކާވެސް އިތުރު 3 މީހަކު ވައިރަސް އަށް ޕޮސިޓިވް ވެއްޖެ. މިއާއިއެކު މިއަދު އެކަނި އެ ގައުމުން ޕޮސިޓިވް ވި މީހުންގެ އަދަދު ވަނީ 12 އަށް އިތުރުވެފަ.

18:12

17:25

16:51

15:25

ދުނިޔޭގައި ހަލުވިކަމާ އެކު، ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ފްރާންސުން މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19 ޖެހިގެން ފްރާންސުން މީހަކު މަރުވެއްޖެ

14:41

މެލޭޝިއާ އިން އެންމެ ފަހުން ކޮރޯނާ ވައިރަސް ޖެހުނު އަންހެން މީހާއަކީ އެ ގައުމުގައި ދިރިއުޅޭ ޗައިނާ މީހެއް. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ އަށް އެ ބަލި ޖެހިފައި ވަނީ ޖެނުއަރީ 22 އިން 30 ޗައިނާގައި އުޅުމަށް ފަހު، އެނބުރި މެލޭޝިއާ އަށް އައި ފަހުން.

14:40

މެލޭޝިއާގައި ކޮރޯނާ ވައިރަސް އެންމެ ފަހުން ޖެހުނު ފިރިހެން މީހަކީ ޗައިނާގެ ގުއަންޒޫ އަށް އުފަން ވިޔަފާރިވެރިއެއް. އެމީހާ ޓެސްޓް ކުރުމަށްޓަކައި ހޮސްޕިޓަލަށް ގެންދިއުމުން ކޮރޯނާ ވައިރަހަށް ވަނީ ޕޮޒިޓިވްވެފައި.

14:37

މެލޭޝިއާގައި އިތުރު ދެ މީހެއްގެ ގައިން ކޮރޯނާ ވައިރަސް ފެނިފައިވާ އެ ގައުމުގެ ދައުލަތުގެ މީޑިއާ އިން ބުނެފި. އެހެންވެ، މެލޭޝިއާ އިން ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 21 އަށް އަރާފައި. އެންމެ ފަހުން، ކޮރޯނާ ވައިރަސް ޖެހުނީ މެލޭޝިއާގައި އުޅުނު ޗައިނާ ދެ މީހެއްގެ ގައިން ކަމަށްވޭ. ކޮރޯނާ ވައިރަސް ޖެހުނީ 27 އަހަރުގެ ފިރިހެނެއް ގައިންނާއި 32 އަހަރުގެ އަންހެނެއް ގައިން.

11:55

މިހާތަނަށް ދުނިޔެއިން ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 67105 އަށް އަރާފައި. އަދި މަރުވި މީހުންގެ އަދަދު 1526 ގައި އުޅޭއިރު ބަލިން ސަލާމަތްވެފައި ވަނީ 8351 މީހުން.

11:53

މިއަދު ތައިލޭންޑުން ކޮރޯނާ ވައިރަސްގެ އިތުރު ކޭސް އެއް ފެންމަތިވެފައިވާއިރު، އެޤައުމުން މިހާތަނަށް ވައިރަސް ޖެހުނު 14 މީހަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އެޤައުމުގެ އޮފިޝަލުން ބުނޭ.

11:51

ތައިލޭންޑުން ކޮރޯނާ ވައިރަސް ޖެހިފައިވާ އިތުރު ބަޔަކު ފެނިއްޖެ. މިއާއެކު މިހާރު އެޤައުމުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 34 އަށް އަރާފައި.
އެންމެ ފަހުން ތައިލޭންޑުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވަނީ އެޤައުމުގެ އުމުރުން 35 އަހަރުގެ އަންހެނެއް. އޭނާއަކީ މެޑިކަލް ވޯކަރެއް. އޭނާއަށް ވައިރަސްގެ އަސަރު ކޮށްފައިވަނީ ވައިރަސް ޖެހިގެން ފަރުވާދެމުންދިޔަ ބަލި މީހެއްގެ ފަރާތުން.

10:25

08:42

ކެނެޑާއިން "ކޮވިޑް-19" އަށް ޕޮޒިޓިވް ވެފައިވާ އިތުރު މީހަކު ފެނިއްޖެ. އެޤައުމުން މިހާތަނަށް މި ވައިރަސް ޖެހުނު މީހުންގެ އަދަދު މިއާއި އެކު ވަނީ 8 އަށް އަރާފައި. އޭގެތެރެއިން އެކަކު ވަނީ ބަލިން ސަލާމަތްވެފައި.

08:41

މިހާރު އެންމެ ހަލުވިކަމާއެކު "ކޮވިޑް-19" ފެތުރެމުންދާ ޗައިނާގެ ހުބޭއި ޕްރޮވިންސުގެ އިތުރުން އެޤައުމުގެ އެހެން ސަރަޙައްދުތަކުން އިއްޔެ އެކަނިވެސް އިތުރު 193 މީހަކު ވަނީ މި ވައިރަސް އަށް ޕޮޒިޓިވް ވެފައި. އަދި އޭގެ ތެރެއިން ތިން މީހަކު މަރުވެފައިވާ ކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވޭ.

08:35

08:35

"ކޮވިޑް-19"ގެ ޝިކާރައަކަށްވެ ޗައިނާގެ ހުބޭއި ޕްރޮވިންސުން އިއްޔެ 139 މީހަކު މަރުވެއްޖެ. އެ ޕްރޮވިންސުން އިއްޔެ އެކަނިވެސް 2420 މީހަކު މި ވައިރަސް އަށް ޕޮޒިޓިވް ވެފައިވޭ. މި އަދަދާއެކު ހުބޭއި ޕްރޮވިންސުން މިހާތަނަށް ފެންމަތިވި "ކޮވިޑް-19" ގެ ކޭސް ތަކުގެ އަދަދު މިހާރު ވަނީ 54406 އަށް އަރާފައި. މީގެ ތެރެއިން 8276 މީހެއްގެ ހާލު ސީރިއަސް. އަދި 1876 މީހަކު ދަނީ މަރާއި ހަނގުރާމަ ކުރަމުން.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިއަދު ވަނީ 1486 އަށް އަރާފައެވެ. އަދި ވައިރަސް ފެނުނު ހުރިހާ ސަރަހައްދަކުން ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިހާރު ވަނީ 65100 ފަހަނައަޅައި ގޮސްފައެވެ.

މިއަދު މިސްރުން ވެސް ވަނީ ކޮރޯނާވައިރަސް އަށް މީހަކު ޕޮޒިޓިވް ވެފައެވެ. މިއީ ނުރައްކާތެރިކަން އިތުރު ވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އިތުރު ޚަބަރުތަކާއި ޚަބަރުތަކުގެ ތަފްސީލް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަހަ

    ޙަހަހަ

    1
    1