ދުނިޔޭގައި ހަލުވިކަމާ އެކު، ފެތުރެމުން އަންނަ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހިގެން ފްރާންސުން މީހަކު މަރުވެއްޖެއެވެ.

މިއީ ޔޫރަޕް ގައުމަކުން މި ބަލީގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

ފްރާންސްގެ ހެލްތް މިނިސްޓަރު އެގްނެސް ބުޒީން ވިދާޅުވީ ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ 80 އަހަރުގެ ޗައިނާ މީހެއް ކަމަށެވެ. އޭނާ އަކީ ޗައިނާގެ ހުބެއި ޕްރޮވިންސުން ފްރާންސަށް ދިޔަ މީހެއް ކަމަށް ވެސް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

އެގްނެސް ވިދާޅުވީ، އެ ފިރިިހެން މީހާ ފްރާނަސަށް ދިޔައީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އޭނާ މަރުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޕެރިސްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާ އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް ޗައިނާއިން ވަނީ 1523 މީހަކު މަރުވެފައެވެ. އޭގެ ތެރެއިން 139 މީހުން މަރުވެފައިވަނީ ހުބެއިން ޕްރޮވިންސުންނެެވެ. އަދި 107 މީހަކު މަރުވެފައިވަނީ ވުހާން ސިޓީންނެވެ. ޗައިނާއިން ބޭރުގައި މި ވައިރަސްގެ ސަބަބުން މަރުވެފައިވަނީ ހަތަރު މީހުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު