ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އަށް ހޫނު ބަހުގެ ހަމަލާތަކެއް މިއަދު އަމާޒުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން އަނދުން ހުސެއިން ވިދާޅުވީ، ކުރީ ސަރުކާރުގައި ތިބި ފަރާތްތަކުން ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ މައްސަލަ ބަލަން އިމްރާން އާއި ހަވާލުކުރުމުން އެކަން ނުކުރައްވާ ކަމަށެވެ.

"ކޮންބާރެއްހޭ ނުދެވެނީ ކޯޗެއްހޭ އިތުރަށް ފާސްކޮށް ދޭންވީ. ޓެރަރިޒަމްގެ ގޮތުގައި، ޓެރަރިސްޓުންގެ ގޮތުގައި 30، 40، 50 މީހުން އެބަތިއްބޭ އެބަ ވިދާޅުވޭޭ. ކާކުހޭ ހައްޔަރު ކުރީ. ކިހިނެއްހޭ ވެގެން މިއުޅެނީ. ޖެއްސުން ކުރަންތަ؟ އެކި ޕާޓީތަކުގެ މީހުން ސަރުކާރުގައި ތިބުމަކީ ސަރުކާރު ހިންގަން ދަތިކުރުމެއް ނޫނޭ. މާ އުނދަގޫ ބޮޑުވަންޏާ ގެއަށް ވަޑައިގަންނަވަންވީނު." އަނދުން ހުސެއިން ވިދާޅުވިއެވެ.

އަނދުން ހުސެއިން ވަނީ އެމްޑީޕީ ނޫން އެހެން ޕާޓީތަކަށް ނިސްބަތްވާ މީހުން ސަރުކާރު ހިންގަން ދަތިކުރާ ކަމަށް ސިފަކުރައްވާ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ސަރުކާރުން ޕްރޮޖެޓެއް ފަށާ އިރަށް އެ ޕްރޮޖެކްޓް އިނދަ ޖައްސާލަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ވެފައިވާ ޚިޔާނާތްތަކަށް ޖަވާބުދާރީ ނުކުރުވާތީ ރައްޔިތުން ސުވާލު ކުރާ ކަމަށާއި ރައްޔިތުންނަށް ދޭނެ ޖަވާބެއް ނެތް ކަމަށް ވެސް އަނދުން ހުސެއިން ވިދާޅުވިއެވެ.

"އޭ ބަލަ ހުސެއިން ކިހިނެތް ވެފަހޭ ތިހުންނަނީ. ކޮބާހޭ ތި ވައްކަން ކުރި މީހުން ހިފުން ކަލޭމެން. އަޅުގަނޑުމެން ކީކޭ ބުނާނީ. ބަލަ އިމްރާން ކިޔާ މިނިސްޓަރަކާ އަޅުގަނޑު މިހުރީ މިކަން ހަވާލުކޮށްގެން. ކީއްވެހޭ ނުކުރަނީ؟" ހުސެއިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވި މީހުންނާއި މެދު ފިޔަވަޅު އަޅަން ބޭނުންވާ ބާރުވެރިކަން ތަންފީޒީ އިދާރާތަަކަށް ދީފައިވާ ކަމަށާއި، އެފަދަ ތުހުމަތުތައް ކުރެވޭ މީހުންގެ މައްސަލަ ނުބެލޭ ސަބަބު ސާފުކުރަން އެ އިދާރާތައް މަޖިލީހަށް ހާޒިރުކޮށްް ސުވާލުކުރަން ޖެހޭ ކަމަށެވެ.

އަދި ޚިޔާނާތުގެ ތުހުމަތު ކުރެވޭ މީހުން އެކި މަޤާމްތަކަށް ވާދަކުރަމުންދާތީ އެކަމާއި މެދު ކަންބޮޑުވެލައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އެކަން ނުކޮށް ދެން އިތުރަށް ކުރާނެ ކަމެއް އަޅުގަނޑަކަށް ނޭނގޭ. ހަމަ މިހާރުން މިހާރަށް ތަންފީޒީ އިދާރާތަކުގެ ބޭފުޅުން މި އިއްޒަތްތެރި މަޖިލީހަށް ގެނެސް ސުވާލު ކުރަންވީ ނޫންތޯ. އޭ ކިހިނެތް ވެފާހޭ ތިތިބެނީ. ކޮބާހޭ ދިން ބާރު. ކޮބާހޭ ރައްޔިތުންގެ ފައިސާ ހެސްކިޔަފަ ކައިފަ، މިއަދުވެސް ކެނޑިޑޭޓުންނަށް ވެގެން ތަންތަނަށް ކުރިމަތިލަނީ. ހެސްކިޔާފަ ކެމްޕެއިން ކުރަނީ" އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފައިސާއަށް ޚިޔާނާތްތެރިވި މީހުން އެކި މަޤާމްތަކަށް ކުރިމަތިލާ ކަމަށް ފާހަގަކޮށް ފާޑުވިދާޅުވި ނަމަވެސް، އެއީ ކާކަށް ނިސްބަތްކޮށް ދެއްކި ވާހަކައެއް ކަމެއް ނޭނގެއެވެ.

އަނދުން ހުސެއިން ވަނީ ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާއި ބެހޭ ޤާނޫނޫނަށް އިޞްލާޙު ގެންނަން ޖެހުނީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން، ހުޅުމާލޭގައި އެއާޕޯޓް ތަރައްޤީކުރަން ޖީއެމްއާރާއި ހަވާލުކުރި އެއްބަސްވުން އުވާލުމުން ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ޖީއެމްއާރާއި އެއާޕޯޓް ތަރައްޤީކުރަން ހަވާލު ކުރީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއާޕޯޓް ތަރައްޤީ ކުރި އަގަށް ވުރެ ކުޑަ އަގެއްގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. ބަސްމަގު

  ހިތި ގޮތަކަށް ނިމިގެންދާނެ މީހެއް ތި އަނދުން ކަލޯ އަކީ،، މުޅިން ވަގު ފައިސާއިން ކޮޅަށް ހުންނަނީ، އެހެން މީހުންގެ ލޮލުގަ އަނދުން އަޅުވާފަ ކަން ކަން އޮޅުވާލާ ސިއްރު ކުރުން ކަމަކީ،، ހޭބަލި ވެގެން ނޫޅެ މައިތިރިވެގެން ހުރޭ،،

  110
  2
 2. ޖުލައި

  ކަމެއްނުވީމަ އެހެން މީހުންގެ ބޮލަށް ކަންކަން ޖަހަން ނޫޅޭ ،މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގަދޯ ، ދެން ކީކޭ ތި ކިޔަނީ ، ނަޝީދު އާ ގުޅިގެން މިހާރުވެސް ތިއުޅެނީ ޓީއެމްއޭ އަށް ނުއަގުގަ ސީ ޕްލޭން ޓާމިނަލް ދޭން ، އެހެން މީހުންނަށް ވަގަށް ނުގޮވާ ކަލޭމެން ވައްކަން ކުރުން ހުއްޓަބަލަ

  100
  1
 3. ކަޅު އަދުން

  މޮޔަނުގޮވާ މަޑުން ހުރޭ ތިތާ ތިތިބީ އޭގެ ބޮޑުން މިސަރުކާރުގެ މަތި ފަޑީގައިވެސް ގިނައީ ތިބުނާ މީހުން ރައްޔިތުން އަގަ ގޮއްވަން ނަހަދާ ތިންބާރު މުށުތެެރެއަށް ލައިގެން ޝަރުއީ ބޮޑުމީހާ ލައްވާ ސޮލަވާތް ފުޅުކިޔަކަސް ކަމަކު ނުދާނެ ގައުމަށް އިހްލާސްތެރި ހަމަ އެކަކުމެ ތިތާކު ނެތް

  75
  5
 4. ހުސެން

  ހުސޭނާ މާގަދަ ބަސް ނެއެއްލާތި،ތިއީ ފިނޑިޔެއް

  77
 5. އިމްރާން

  އަނދުން ހުސޭން އާއިލާ ހަތަރު މެންބަރުންގެ ގޯތި ލ.ގަމުގައި!

  4 ދުވަސް ކުރިން (ވަގުތު ނޫސް)

  75
 6. ގޭމަކޮއި

  ފަލަސްތީނު މީހާ

  63
  • ނވބ

   ބެންޖަމިން އަދުން ހުސޭނު ދައްޔޫސީ

   44
   1
 7. ޝުޖާޢު

  800 އަށް ވުރެ ގިނަ ކާރު، އަނދުންގޭ ގަރާޖުގައި ރަޖިސްޓަރީ ކުރީ ކިހާވަރެއް ދީގެންތޯ އަނދުން ހުސޭނު ކުރެން އަހާލަބަލަ

  93
 8. މުގައްދަރު

  ބަލަތިޔަ ބުނާމީހާގެ ސަރިޔައްތައް ބަލައިފިއްޔާ ތިޔަ ތާކު ނީންނާނެ މިހާރުވެސް ތިޔަމީހާގެ ކަންތައް ދަންނަ އެތައްބަޔެއް އެބައުޅޭ ތިޔަގޮވަނީ ގުދޯގުދޯ މާނަޒާ ހައްތެރިވެގަނެގެން ވާހަކަ ދެއްކީމަ ބަލައިގަންނާނެ ބަޔަކު ނޫޅޭ އެހެންނޫނަސް މިހާރު ތިޔަކިޔާލަވަ އެންމެންނައްވެސް އެނގޭ މިސަރުކާރަކީ ތިޔަޕާޓީގެ ސަރުކާރެކޭ ތިޔަޕާޓީނޫންމީހުންޖެހޭނީ މިގައުމުދޫކޮއްދާށޭ ހިތައް އަރާހާކަމެއް ކުރުމުގެ ބާރެއް އަދިޔެއް އިންސާނުންގެ ކިބަޔަކުނެއް

  63
  2
 9. މޯޑު

  މީ ދެން ކާކު؟

  53
 10. އިލްޔާސް

  އިމްރާނު ގެޔަށްދާންޖެހޭ، އެކަމަކު އަހާލަން ބޭނުން މި އަނދުންއަޅާ ހުސޭނު ގެ އިސްކޮޅަކީ ކިހާވަރެއްތޯ،

  63
  • Anonymous

   އަމީނއ

 11. މުނާފިގު

  މި ކަލޭގެ ހިތި ގޮތަކަށް ނިމޭނެ... އިންޝާ ﷲ

  59
 12. މަރީ

  އިމްރާނު އަށް ދިމާ ކުރަން މީނަ އަށް ކުފޫ ހަމަވޭބާ؟ މަގު އޮޅިގެން މީހުން ގެ ލޮލުގައި އަދުން އަޅުވަން ނޫޅޭތި. ގަރާޖުގެ ތެރެަިން ތަނަވަސް ކަމެއް ލިބުނީމާ ތި އޮތީ މަޖުލިހުން ގޮނޑި އެއް ލިބިފައި.

  50
 13. ގުދޯގުދޯ

  މި އަނދުންގަނޑު އެބުނީ ތެދެއް މިޢިމްރާން ބޭރުކުރަންއެބަޖެހޭ އެކަމަކު ކަންވާގޮތަކީހުރިހާބާރެއް ތިމާމެންއަތުއޮވެ އެއްވެސްކަމެއްކުރަންނުކެރިގެން ގުދޯގުދޯ ގޮވެނީ އޭގެވެސް ސަބަބުތަކެއްއެބހުރި މީންއެއްވެސްކަމަކާއުޅެފިއްޔާ އެންމެފުރަތަމަވެސް މިކަންމިއަމާޒުވަނީ މިމީހުންނައް މިސަބަބާހެދިގުދޯގުދޯގޮވުންނޫންކަމެއްކުރެވެންނެތީ

  32
  3
 14. މައިނާ

  އަނދުނޭގެ ކަންތައް ނިމޭނީ ކިހިނެއްބާއޭ ހިތައްރައާ. މިކަލޭގެކުރިވަރަށް ވައްކަންކުރި މީހެއް ހިއެއްނުވޭ ހުންނާނެހެންނެއްވެސް. ކިތައްކާރު ވަގަށް ރަޖިސްޓްރީކުރީ ގަރާޖްގަ. މިކަލޭގެކަންތައް ތަކަށް އަވަސްނިމުމެއް މިންވަރުކުރައްވާށި. އާމީން

  27
 15. ޒާ

  ބޮޑު ދެގަމާރުން.

  18
 16. ދިވެހިމީހާ

  ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލައިފައި އޮތަސް ތެދެއް ނުވާނެއެވެ.
  (މުސްކުޅިބަހެއް) ނުބައި އާދަތައްހިފި އަޚުލާގު ނުބައިވެފައި ހުރިމީހަކަށް ނަޞޭހަތެއް ދިނަސް، ކިތައްމެ ނަމޫނާއެއް ދެއްކިއަސް އެއާދަތަކަކާ ވަތްކެއް ނުވެވޭނެއޭ ބުނުމަށް ބުނެއުޅޭ ބަހެއް.

  26
 17. ާައަހުމަދު

  މިނިސްޓރ އެކަންޏެއްނޫ ކޮބާތޯ ސީޕީ އޭނައަށް ވެސް ނުވައްޏާ ގޭގަ މަޑުކުރަންއަންގާ. ޕޮލިސްތެރެ ސާފުކޮއްގެން ތިކަންވާނީ.

  23
 18. ލޮލްލް

  ހާދަ ބޮޑާ ކައުޅެކޭ ދޯ މީ

  20
 19. Anonymous

  އިމުރާނުނުުުުނުނުނުނުނު

 20. ހުސޭނުބޭ

  އަދުންދަޅު ތިބުނީ ވަރަށް މޮޅު ވާހަކައެއް! ކަލޭ އެންމެ ފުރަތަމަ ކަލެއަށް ލިބިފައި ތިހުރި ގެތަކުން ގެއެއް އިމްރާނަށް ދީފައި ތިހެން ބުނަންވީނު!

  25
 21. މީގެއަހަރުތަކެށްގެކުރި

  ކަސްޓަމައްއެތެރެކުރި ވަރައްއަގުބޮޑު ވެހިކަލްތަކެއް ކަސްޓަމައް އޮޅުވާލާ ކޮންމެސްކުންފުންޏަކުން ބޭރުކޮށް ތިލަފުއްޓަށް ގެންގޮސްގެން ފޮރުވައިގެން އުޅެނިކޮށް ފަޅާއެރިވާހަކަ އެހިން. އެއީކޮންކުންފުންޏަކުންބާ. ވެދާނެމީހުނައްވަރަށްގިނައިން ވަގައްގޮވާ މީހެއްގެ ޙިއްސާ އޮންނަކުންފުންޏެކަށްވެސް. ވަގުންނައްހީވާނީ ތިމާނޫނީ ހައްތާވެސްތިބޭނީ ވަގުންނޭ.

  12
 22. މިއަދު

  ކުރީގެ ސަރުކާރުނުކިޔާ އިހުލާސްތެރިކަމެއް ހުރެ ރަޢިއްޔަތުންނަށް ހެޔޮވެރިކަމެއް ކޮށްދޭންބޭނުންވާނަމަ ބަދަލުގެގޮތުގައި ތިދެވޭފައިސާ ތިދެނީ ކޮރަޕްޝަނަށް ނުވާނެ ކޮންހަމަޔަކުންތޯ ބައްލަވާ އެކަމުގައި ފިޔަވަޅު އަޅާބަލަ 2019 ވަނައަހަރުގެ 32 ބިލިއަންރުޔާއަށް ވީނުވީއެއް ސާފްކޮށްދީބަލަ އަދިވެސް ކެވޭވަރުހަމަމަދީ

 23. މުފައްކިރު.

  ލޯކަލް ކައުންސިލް އިންތިޚާބު އެމް ޑީ ޕީ އަށް ލިބިއްޖެ ނަމަ ކަންތައްތައް ވާނެގޮތުގެ ސުރުޚީ އަޅާތަން މިފެންނަނީ .

 24. އިމްރާން ބެ---

  އަދުން ކަލޯ ކަލޭ އާދޭ މިތަނާއި ހަވާލުވާން

 25. އިސްރާއީލު މީހާ

  ކަލޭ ތިޔަ އުޅެނީ، މުއިއްޒު އާއި، ދެންވެސް ކައުންސިލް އިންތިހާބަށް ވާދަކުރައްވަން ތިބި ކަމުވޮށިގެންވާ މީހުން ނަޓްއަޅުވާންކަން އެނގެޔޭ!

 26. ހުސޭޏު

  ކަލޭ ކޮސް ނުގޮވާ ކަލޭ އާންމުކޮށް ތި ކުރާ ކަންތަކަުގަ ދެމިހުންނަންވީނުން. ތިމާއާ އަރަފޮދިގެންވާކަމެއް ނޫން ދައުލަތުގެ މަގާމުތައް ފުރުމަކީ. އެއީ އެކަމުގެ އިލްމާ ހިލްމު ނެތަތީ. ދެން މިއޮއް އޮްތްހާދުވަހުވެސް ކަލޭ އުޅުނު ގޮތަކަށް އުޅެވޭނެނުން.

  13
 27. ފުތާ

  ދެން ތިމާގެ އާއިލާއިން ލ ގައި ނަގާފައިވާ ގޯތިތަކުގައި އިންޓަނޭޝަނަލް އަނދުން އެއަރޕޯޓް އަޅަން ޖީ.އެމް.އާރ އާއި ހަވާލް ކޮއްލާ،

 28. ޢަހުމަދު

  މިނިސްޓަރުންނަށް ސަރުކާރުން ގެނައިހާ ކާރުތަކާއި އެހެނިހެން ބިޑް ކަލޭ ކާމިޔާބު ކުާގޮތް ކިޔާބަލަ .. ހޭބަލިނުވެ.

 29. Juhaa

  ތިޔަ އަނދުން ކަލޭގެއަކީ ހާދަ ފެންމައްޗަށް އަރައިގެން އުޅޭ ބީތާއެކޭދޯ؟

 30. ބަކުރުއަލި

  އަނދުންކިތައްމެ ވަރަކަށްއެޅިއަސް ބަލާނެބައަކު އެބަތިބިތަ؟ޢިމްރާނަކީ ތިބޭފުޅާއާ އަރަފޯދޭވަރުގެ ބެއިފުޅެއްނޫން. މިއޮތްސަރުކާރަށްވެސް ޢިމްރާނު ގެ ފައިދާ މާބޮޑު. ވާގޮތަކީ ބޭރުކޮއްލަންވީމަ ރޭ- ވުމަކުން ބުނަނީކަން އެއީއެގޭޙަޤީޤަތެއް.މިހާރު ތި-އުޅެނީ އެމް.ޑީ.ޕީ އެކަނިވެރިކަމަށްހަދަން ކެތއމަ- ދުވެފަ. އެއްބަސްވުންތަކަށް އިޙްތިރާމު ކުރަން ދަސްކުރޭ!

 31. ޣޯސް

  ވާގޮތަކީހިފާހައްޔަރުުކުރަންދާެިރުހުންނަނީރީންދޫކުަލާގެލަ

 32. ބިސް

  އެމްޑީޕީ ހިތިގޮތަކަނިމޭތޯ ދުޢާކުރަން..