ދިވެހި ރާއްޖޭގެ ސިޔަސީ ކަންކަމަށް ބެލިޔަސް އިޖުތިމާއި ކަންކަމަށް ބެލިޔަސް ސިފަވަނީ އޮޅިފައި އޮތް ބަރަންޏެއްގެ ގޮތުގައި ކަމަށް ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެެއެވެ.
ޝަމީމް މިގޮތަށް ވިދާޅުވީ، ގައުމު ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ ކެމްޕޭނާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޝަމީމް ވިދާޅުވީ، ރާއްޖޭގެ ކަންކަން އޮތީ އޮޅިފައި އޮތް ބަރަންޏެއްހެން ކަމަށާއި، އިލެކްޝަން ކޮމިޝަނުން މި ބަރަނީގެ ކޮޅު ހޯދާ ބަރަނި ނުކެނޑި ދިގުދެމިގެން ދާންވީގޮތް ރައްޔިތުންއަށް ދައްކުވާދޭންޖެހިފައިވާކަމަށެވެ.
"މިހާރު ރާއްޖޭގެ އޮއިވަރު ދެމެމުންދާގޮތަށާއި ކަންކަން ހިނގާ ބީދައަށް ބަލާލާއިރު ކުރުގޮތަކަށް ދަންނަވާނަމަ ދެންނެވޭނީ ސިޔާސީ ކަންކަމަށް ބެލިޔަސް އިޖުތިމާއި ކަންކަމަށް ބެލިޔަސް މިހާރު މިއޮތީ އޮޅިފަ އޮތް ބަރަންޏެއްހެން ކަންކަން، ފިކުރުތަކާއި ކަންކަމަށް ވިސްނާއިރު މި ބަރަނީގެ ކޮޅު އޮތް ދިމާލެއްވެސް ނޭނގޭ" ކަމަށް ޝަމީމް ވިދާޅުވިއެވެ.
އަދި "މަސަލަސް ރާއްޖެ" ނަމުގައި ކުރިއަށް ގެންދާ މިހަރަކާތުން ސިޔާސީ އަދަބުތަކާއި އިޖުތިމާއި ކަންކަމުގެ މިންގަނޑުތަކާއި ދިވެހިންގެ ކުރީގެ ހުރި ރީތި އަދަބުތަކުގެ އިތުރުން އުޅުންވެރި ސިފަތައް ކިިޔާދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ޒިންމާދާރު ދިވެހިން ބިނާކުރުމާއި ގައުމީ މަސްލަހަތު އިސްކުރާ، މަޝްވަރާކުރުން އިސްކުރާ މީހުން ބިނާ ކުރުމުގެ ސަބަބުން ގައުމު ހަމައަކަށް އެޅިގެންދާނެ ކަމަށް ވެސް ޑރ. ޝަމީމް ވަނީ ވިދާޅުވެފައެވެ.
އަޅެ އެހެންނު ވާނީ! އަހަރެމެންގެ ރައީސަކީ ބޮލުރޮދި ކެނޑިފައި ހުންނަ މީހެއް! ދެން ރައްޔިތުން ވަކި ސަހަލުވާނެތަ؟
ކަންކަން ކުރަން ނޭގޭ ނާބިލް މީހުން ކަންކަން ކުރަން ހަވާލުވީމަ ވާނެ ހުރިހާ އެއްޗެއް ވެނިމެނީ ،،، ފެންވަރަކީ ތަނެއްގަ ކަމަކާބެހޭގޮތުން ވާހަކައެއް ދައްކާ ނަމަ 01މަސްކުރިން ފެށިގެން ހިތުދަސް ކުރަންޖެހޭ މިހެންވީމާ ބަރަނިނޫން ކަންވާރައްވެސް ވާނެ ކުރިއައް އޮތީ އަދި ބޮޑަށް އޮޅެން މިހާރުވެސް ބައެއްމީހުންއަ އޮޅިގެން އުޅޭ އަޑު އިވޭ
ރާއްޖޭގެ އިޖްތިމާޢީ ފޭރާން ގަސްތުގައި ހަލާކުކުރީ ކެނެރީގޭ ނަޝީދެވެ. އޭނާ ނުހިންގާ ނުބައިކަމެއް ނެތެވެ.
މިހާރުދޯ ކަލެއައްތިހެން ތިބުނެވުނީ މިހާރުވަނީ ކަލޭ މެންބަރުކަމުން ވަކިކުރަން މަޖިލީހު ކޮމިޓީން ފާސްކޮށްފައެވެ. ސިވިލްސާވިސް މުވައްޒަފުންގެ ހަގުގަ ކަލޭކުރީ ކޮންކަމެއް؟
ވަޒީފާގަޑު ގެއްލެނީކަން އެގުނިމާ ސަރުކާރު ގޯސްވީ ދޯ ؟ކަލޭގެ ވަޒީފާގައި ހުރެގެން ގޮތްގޮތް ހެދިއިރު ތިބުނާ އޮޅިފާއޮތް ބަރަނި ކޮބައިތަ ؟
ދެންއަލަކުން ދައްކާނެ ވަކިންމޮޅު އެއްވެސް ވާހަކައެއްނެތް.
ކެމެ ރާއްށް ބަލާފަ ހީލަތްތެ ރި ގޮތަކަށް ރ ޔާމީން އަށް ދޯކާދިނީ ވަ ރަށް މޮޅުތަކެއްވާނެކަމައް. ފޭލިވެވީމަ ދެންކޮންވާހަކައެއް؟