ރާއްޖޭގެ ފަޅަކީ ބިމުގެ ގޮތުގައި ބަލައިގަނެ، އެ ތަނުގައި ދިރިއުޅެވޭނެ ގޮތް ހެދެން އެބައޮތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ކުރެއްވި ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ރާއްޖޭގެ ބިމަކީ ހަމައެކަނި ފެނުން އެއް މީޓަރު މަތީގައި އޮތް ބިމެއް ނޫން ކަމަށެވެ. އަދި އެއް މީޓަރު އަޑީގައި އޮތް ބިމަކީ ވެސް ބިމެއްގައި ގޮތުގައި ދިވެހިން ބަލައިގަންނަން އެބަޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުން ރަނގަޅަށް ގެންގޮސް، މިކަން ތަރުތީބުކޮށްފި ނަމަ، ބައެއް ރަށްރަށުގައި، އެގޮތަށް އުފެދިފައި އޮންނަ ރަށްރަށުގެ ފަޅުމަތީގައި ދިރިއުޅެވޭނެ ގޮތް ހެދޭނެ. އެއީ ބިން ކަމުގައި ބަލައިގަނެ އެތަނުގައި ދިރިއުޅެން ވިސްނުމެއް ގެންގުޅުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑުގެ ސިކުނޑިއަށް މިހާރު ފެންނާތީ އެ ވާހަކަ ފްލޯޓްކޮށްލަން އަޅުގަނޑު ބޭނުންވޭ،" އަސްލަމް ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓަރު އަސްލަމް މިއަދު މަޖިލިހުގައި. --- ފޮޓޯ: މަޖިލިސް

 

އަސްލަމް ވިދާޅުވި ގޮތުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ޔޫރަޕްގެ ގިނަ މީހުން އުޅެން ބޭނުން ވަނީ އެކަހަލަ ތަންތަނުގައެވެ.

އަސްލަމް އެ އިޝާރާތް ކުރެއްވި ކަހަލަ ތަނަކީ ރާއްޖޭގެ ރިސޯޓުތަކުގައި ހުންނަ ވޯޓަ ބަންގަލޯ ނުވަތަ ވިލާތަކަށެވެ. ގިނަ ރިސޯޓުތަކުގައި ވޯޓާ ވިލާތައް ހަދާފައި ހުންނަ އިރު، އެ ތަން ތަން ގުޅުވާލަ ދޭނީ ވަރަށް ދިގު ލަކުޑިން ހަދާފައި ހުންނަ ފާލަމަކުންނެވެ.

"އިންފްރާންސްޓްރަކްޗާ ސަރުކާރުން ބިލްޑް ކުރާނީ ފަޅު މަތީގައި. އެއީ ނުހިއްކާ ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތަކަށް. އެއީ މި ރާއްޖޭގައި ޔޫރަޕު މީހުން އުޅެނީ ހަމަ ގައިމުވެސް އެކަހަލަ ތަންތަނުގައި. އެމީހުން އުޅެން ބޭނުންވަނީވެސް އެކަހަލަ ތަންތަނުގައި." އަސްލަމް ވިދާޅުވިއެވެ.

މަޖިލިހުގެ ރައީސް ނަޝީދު މިއަދު ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް

އަސްލަމް ވިދާޅުވި ގޮތުގައި އެއީ އަގު ކުރަން ޖެހޭ ބޮޑު ކަމަކަށްވިޔަސް، އެއީ ގެންގުޅެން ޖެހޭ ހިޔާލެކެވެ. އަދި މިއީ، ކޮންމެ، ރަށެއްގައި ކުރެވޭނެ ކަމަކަށް ނުވިޔަސް، ދެކުނުގެ އަތޮޅުތަކުގައި ކުރެވިދާނެ ކަމެއްގެ ގޮތުގައި އަސްލަމް ވިދާޅުވިއެވެ. އެގޮތުން އެއް ފަޅެއްގައި ގިނަ ރަށްތަކެއް އޮތް ބޮޑެތި ފަޅުތައް ހުރި ތަންތަން އެގޮތަށް ބަަދަލުކުރެވިދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެ ފަޅުތަކުގައި އަޅުގަނޑުމެންނަށް ޕްލޭނެއްގެ ދަށުން ގޯތި ކަނޑާފައި، ގޯތި ދޫކުރެވޭނެ. ސަރުކާރުން އިންފްރާންސްޓްރަކްޗާގެ ގޮތުގައި ބިނާކޮށްދޭން ޖެހޭނީ މަގުތަކޭ. ފެނާ ނަރުދަމާއެ އަޅާދޭން ޖެހޭނީ. ދެން ހުންނާނީ އެކަން ކުރުމުގައި ހުންނަ ޑިވެލޮޕްމެންޓް ކޮންޓްރޯލް ތަކެކޭ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި މި ވާހަކަތައް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ވިސްނެވުމަށް ދޫކޮށްލުމަކީ ރަނގަޅު ކަމެކެވެ. މިއީ މެމްބަރުން ބަލައިގަންނަ ކަމަކަށްވާ ނަމަ، އިތުރު މަޝްވަރާތައް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމްގެ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ހުރިހާ މެމްބަރުން "އޯވާ ވޯޓާ ދިރިއުޅުމަށް" ތައްޔާރުވެވަޑައި ގަތުމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މިއަދު

    އަސްލަމަށް އެކަންވެދާނެ 3 އަހަރުދުވަހުން 750 މިލިއަން ނުހައްގުންހޯނުމީހަކަށް އެއަށްވުރެ ބޮޑެތިކޮއވެސް ވިސްނިދާނެ

    26
  2. މަނިކ

    ގަލުގެ ރޭގައުޅެން ދޫނިސޫފާސޫފި

    16
  3. ގަރުދިޔަ

    މިފަހަރު ފޯނުބިލަށް ކިތައް ލަށްކަރުފިޔާ އަރުވާލާނެބާ؟

    22
  4. އަބް

    މޮޅު ވާހަކަ ދައްކާނެ ކަމެއް ނެތް.. މާރސްކަވެސް ދިރިއުޅެވިދާނެޔޭ ބުނާ ސައިންސްވެރިންވެސް އެބައުޅޭ...

    18
  5. ސަމްސިއްޔާ

    އަސްލަމް މެންނަށް ވިސްނޭބާ މޫދުގައި ގެއެޅީމަ ދެންކުރަންޖެހޭ މެންޓެނަންސް ޚަރަދު ބޮޑުކަން. ގޭގައި ގެންގުސާމާނު ޚާއްސަކޮށް އިލެކްޓްރޯކް ސާމާނު ލޮނުގެ އަސަރުން އަވަހަށް ހަލާކުވާނެކަން؟؟ އެއްދުވަހަަކު ނިދިންހޭލެވޭތަނުން ޔޫރަޕްމީހުން އުޅެންބޭނުވަނީ އެހެންނޭ މިހެންނޭ ކިޔާނެ ކަމެއްނެތް. ޔޫރަޕްމީހުން ޔޫރަޕްގައި ދިރިއުޅެނީ އެގޮތަށް އޯވަރ ވޯޓަރ ގަތަ؟؟ ހޮލިޑޭއަށް އައިސް 3 ދުވަހު ހުރުމާ ދިރިއުޅުމާ ހާސްބައި ތަފާތު.

  6. ދުންމާރި

    މޮޔަވެފަހުރިމީހެއް