ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ދިވެހި މުވައްޒަފުން "އަޅުންގެ ގޮތުގައި" ގެންގުޅޭތީ އެކަން ސަމާލުކަމަށް ގެނެސް، މުވައްޒަފުންނަށް ޙައްޤުތައް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވަން ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ނިންމަވައިފިއެވެ.

ޖާބިރު މިރޭ "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާ ދާދިފަހުން ގިނަ ރިސޯޓްތަކަށް ގޮސް މުވައްޒަފުންނާއި ބައްދަލުކޮށް، މުވައްޒަފުންގެ ކަންބޮޑުވުންތައް އޮޅުންފިލުވާފައިވާ ކަމަށެވެ. ބައެއް ރިސޯޓްތަކުގައި މުވައްޒަފުންނާއި މެދު އަމަލު ކުރަމުން ގެންދަނީ ވަރަށް އިހާނެތިކޮށް ކަމަށާއި އެހެންކަމުން އެމައްސަލަތައް ހައްލު ކުރުމަށް ރައްޔިތުންގެ މަޖިލިސް ތެރެއިން ހާއްސަ މަސައްކަތްތަކެއް ފައްޓަވަން ނިންމަވާފައިވާ ކަމަށް ޑީއާރްޕީގެ ލީޑަރު ކަން ވެސް ކުރައްވަމުން ގެންދަވާ ޖާބިރު ވިދާޅުވިއެވެ.

"ގިނަ ރިސޯޓްތަކުގެ އިސް މަގާމުތަކުގައި ވެސް މިތިބެނީ ބޭރު މީހުން. ހާއްސަކޮށް ޖެނެރަލް މެނޭޖަރުންގެ ގޮތުގައި މިތިބެނީ ބޭރު މީހުން. އެމީހުން ދިވެހިންނަށް ހަދަނީ ހަދާނެ ގޮތެއް. އެކަން ހައްލު ކުރަން އެބަޖެހޭ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ވެސް މިހުންނެވީ ދިވެއްސެއް. ހިންނަވަރު ބޭފުޅެއް. ވަޒީރުންގެ ގޮތުގައި މިތިއްބެވީ ވެސް ދިވެހިން. އެހެންވީމަ ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުންގެ ގޮތުގައި ވެސް ތިބެން ޖެހޭނީ ދިވެހިން." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ފާހަގަ ކުރެވެނީ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅޭ ގިނަ މައްސަލަތަކެއް ހުށަހަޅުއްވާ މެންބަރެއްގެ ގޮތުގައެވެ. އެގޮތުން މިޔަރު ގިނަ ވަމުން އަންނަ މައްސަލައާއި، މާލޭގެ ކުލީގެ މައްސަލަ ފަދަ މުހިއްމު މައްސަލަތަކުގައި ޖާބިރު މީގެ ކުރިން ވެސް ވަނީ މަޖިލީހަށް ޤަރާރުތައް ހުށަހަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ބަނަސް

  ވިޔަފާރި ވެރިން މަޖިލީހުން ނެރެލަންވީ (އެކަމު ޖާބެ ނޫން)

  24
  1
 2. އަސީ

  މާހެޔޮފުޅުމީހަކައް ނުހެދި މީހުނައް މުސާރަދީ ތަންތަނައް ކުލިދެއްކޭތޯބަލާބަލަ

  11
  1
 3. ގެރި މޯދީ

  ކަލޯ ކަލޭ ރިސޯޓްތަކުގެ ސްޓާފުން ގެންގުޅެނީ ވަރަށް އުފަލުގަތަ!!!!!

 4. ކަނަމަނަ

  ތިވާނީ ޖާބިރުގެ ރިޒޯޓްގައިކަމައް އެއްމެނިކަމެތި ދިވެހިމީހާވެސްގަބޫލުނުކުރާނެ މީހެއްގެ ނުވަތަ ބައެއްގެ އަޅުވެތިކަމަގައުޅެން

 5. ދޮންއަލީ

  ވިލާގެ ސަންއައިލެންޑު ބަލާ ބަލަ،

 6. ކަފަބުރު

  ޖާބިރޫ އެންމެފަހުން ކުޑަރައް ވިއްކާލި އިރު އެތާތިބި މުވައްޒަފުން ނައް މުސާރަ ނުދޭތާ ދެ އަހަރާ ކައިރިވެފަ އިތީ ކުޑަރައް އެއީ ޖާބިރުގެ ޒުލެއްތަ؟؟؟

  10
 7. ސުއްލަމް މިޔާ ބާއި

  ލޮލީ ރަނަގަޅު! އެއީ މީނަ ގޯތީ ގައި ވެސް މުސާރަ ނުދީ އަޅުންގެ ގޮތުގައި ގެން ގުޅެނީ ބޭރު މީހުން

 8. ޟަރް

  ސާބަހޭ ޖާބިރުއަށް ތީތިވަރަށް ސަޅި

  3
  5
 9. Anonymous

  ރ.އަތޮޅު މީދޫ ކާރީގަ އޮންނަ މާމުނަގާ ރިސޯޓުގަވެސް ތިމީހުންގެ ނުފޮރޮއްޕީން ޖެހިފަ އޮތީ. އެޗް އާރު ޑައިރެކްޓަރ އަކަށް ހުރީ ބުދު ދީނުގެ ނޭޕާލް އަށް ނިސްބަތްވާ ބުރާންޗެއް. އޭނަ ބުނީ ވަޒީފާއަށޭ އިސްކަން ދޭން ޖެހޭނީ. ކަލޭ ނަމާދު ކުރާށޭ ރޭގަނޑު ގޮސް ހުރިހާ ނަމާދެއް އެކީ. އޭގެ ފަހުން ފެންނަ ކޮންމެ ތަނަކުން ނޭޕާލް މީހުން އެ ދިވެހި މީހާއާ ދިމާކޮށް ޖެއްސުން ކުރަމުން ދިޔަ، ފެންނަ ކޮންމެ ތަނަކުން " ގޯ ޓު މޮސްކް އެންޑް ޕްރޭ ގޯޑް" ކިޔަނީ. އެ މީހާ އެކަންކަމާ ހުރެ ނަމާދު ނުކުރެވޭތީ ވަޒީފާ ދޫކޮށް ރަށައް ގޮސް ނިކަމެތި ޙާލުގަ އެއުޅެނީ. ދިވެހިންގެ ދީނާ މިނިވަންކަމޭ ކިޔާ ގޮވާނެ ކޮންމެ އިންތިޚާބެއްގަ.

 10. ބޮޑު ހަސަންބެ

  ޖާބެ ވަރުގެ މީީހެއް މަޖިލީހަކު ނެތް. ވަރަށް އުފާވޭ ރިސޯޓް ބޯއީޒް ގެ ދިފާއުގައި ޖާބެ ވާހަކަ ދައްކާތީވެ.

 11. ކާށިދޫ ރައްޔިތެއް

  ހިޔާލީ ވާހަކަ ނުދައްކާ ކާށިދުގެ ތަންތަނުގެ ކުލި ދައްކަބަލަ. ގަަތް ގޯތޮތަކުގެ ފައިސާ ކޮބާ؟ އެކަންތައްވެސް ނިންމަބަލަ