ރާއްޖޭގެ އަތޮޅުތަކުގައި ބޭނުންކުރަމުން އަންނަ ދިވެހި ބަހުގެ އެކި ބަހުރުވަތައް ދިރިއުޅުމުގެ އެންމެހާކަމެއްގައި ބޭނުންކުރުމަށް ތަރުހީބު ދިނުމަކީ ދިވެހި ބަސް މުއްސަނދިވެ އިތުރަށް ދިރުން ލިބޭނެ ކަމެެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެެއެވެ.

ރައީސް ސާލިހު މިގޮތަށް ވިދާޅުވީ، ‏ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހިންނަށް ފޮނުވަމުން ކުރެއްވި ޓްވީޓެއްގައެވެ.

މިއަދަކީ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަސް މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ދުނިޔޭގައި ފާހަގަ ކުރާތާ މިއަދަށް 20 އަހަރު ފުރޭނެއެވެ.

ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ، ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް ވަނީ، ފެންވަރުމޮޅު ތަޢުލީމެއް ދިނުމަށް ޓަކައި ކުރެވޭ ޢިލްމީ މަސައްކަތްތަކުގައި މާދަރީބަހުގެ މުހިންމުކަމަށް ޓަކައި ދިދަ އުފުލައިލުމުގެ ހިނދުކޮޅެއް ކަމުގައެވެ.

މި އަހަރުގެ މާދަރީބަހުގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅުއްވައިފައިވާ ޝިޢާރުގެ ދިވެހި ތަރުޖަމާއަކީ "ސަރަހައްދީ އިމެއް ނެތި ބަސްބަސް". އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކައުންސެލަރު

  ކޮންތާކު! އައްޑޫ ހުވަދޫ ފޯއްމުލަކު ބަހުންވާހަކަ ދައްކާ މީހުންގެ ވާހަކަ އަދި ބަހުރުވައިގެ ސަބަބުން ރީތި ދިވެހިބަސް މުޅިން ހަލާކުވެ އަވަދިވެއްޖެ

  1
  7
 2. Anonymous

  އަލީ ވަހީދު ބޭނުންކުރި ގޮތައް ދެއްތޯ؟

 3. ކިއެއްވެތޭ

  ޓެސްޓުތައް ހަދަން ޔާމީން އަދިވެސް އެޑްމިޓްކޮށްފައިވާނަމަ އެކަމަކީ އެއީ މަމެން ރޮއި ކަރުނަ އަޅާނެ ކަމެކޭ

 4. ހުސޭނުބޭ

  މަންޖެމެން ގަޑަގަޑަނާ ބަޖެޓް ކައިލައިގެން އަހުންނާ ދިމާލަށް ވައިލަނީނު ތި! އަނެއްކައިވެސް މަންޖެމެން ގަޑަގަޑަނާ މިފަހަރުވެސް ބަޖެޓް ކައިލަނީނުތީ!