ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް ޖައްސަން އުޅުމުގެ ތެރޭގައި އެކްސިޑެންޓްވެއްޖެެއެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ޅ. އަތޮޅުގެ ކުރެއްދޫ ރިސޯޓު ކައިރިންނެވެ.
މައުލޫމާތު ލިބޭގޮތުގައި، މި އެކްސިޑެންޓްގައި ބޯޓުގައި ފަތުރުވެރިންވެސް ތިއްބެެވެ. އެއީ ކުރެއްދޫއަށް ދިޔަ ފަތުރުވެރިން ކަަމަށް ވެއެވެ.
އެ މީހުންނަށް ކުދިކުދި އަނިޔާތަކެއް ވި ކަމަށް މައުލޫމާތު ލިބެއެވެ.
ޓީއެމްއޭގެ ޑެޕިޔުޓީ މެނޭޖަރ، ބިޒްސަން ޑެވެލޮޕްމެންޓް ޝާހިދު އިބްރާހިމް "ވަގުތު" އަށް ވިދާޅުވީ، އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ.
އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް އޭނާ ދީފައެއް ނުވެއެވެ.
މި އެކްސިޑެންޓުގައި އެ ސީޕްލޭނަށްވެސް ވަނީ ގެއްލުންތަކެއް ވެފައެވެ.
އަދި މިކަމާއި ގުޅޭގޮތުން ސަރުކާރުންވެސް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ބަދަލު ދޭކަށް ނުޖެހޭނެބާ...؟؟؟
ދޭން ޖެހޭނެ އިންޝުއަރެންސް ގެ ދަށުން
ހައްގަށް ރުޖޫއަވޭ. ދޮގާ މަކަރާ ހީލަތުން ފައިސާ ހޯދޭނީ ވަކިވަރެއްވަންދެން. ﷲ ތައާލާ އެބަޔަކަށް ދުނިޔެއާ އާޚިރަތުގައި އަޒާބު ދެއްވާނެ.
އަދި ތިޔަކަހަލަ ކަންކަން ހިނގުން އާމުވުން އޮތީ...
ސްގެ އިންޒާރުގެ ފަހުން ކޮންމެ ފަދަ ކަމެއް ވެސް ހިނގާފާނެ
ތި ކަމަށް ބަދަލު ނުދީފިއްޔާ ރާއްޖޭގެ އިޤްތިސޯދު ފުން ވަޅުގަނޑަކަށް ވެއްޓޭނެ