މާއުނގޫދޫ ސްކޫލުން 2005 ވަނަ އަހަރު އޯލެވެލް ހެދި ދަރިވަރުންނާއި އެ ދަރިވަރުންނާއެކު ކުރިން އެ ކުލާހުގައި ކިޔެވި ދަރިވަރުން ހިމެނޭ ގޮތަށް މާއުނގޫދޫ ސްކޫލަށް ބެންޗްތަކެއް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

އެ ސްކޫލްގައި ކިޔެވި ދުވަސްވީ ދަރިވަރުން ވަނީ އެ ސްކޫލަށް ހަތް ބެންޗު ހަދިޔާ ކުރުމަށް ނިންމާފައެވެ. އެ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތް ފާަހަގަކުރަމުންދާއިރު، މާއުނގޫދޫ ސުކޫލުން ފުރަތަމަ އޯލެވެލް ހެދި ދަރިވަރުން މި ވަނީ ނަމޫނާ އެހެން ދަރިވަރުންނަށް ނަމޫނާ ދައްކާދީފައެެވެ.

މިއަދު މާއުނގޫދޫ ސްކޫލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ބެންޗުތައް ހެދުމަށް ބޭނުންވާނެ ސާމާނުވަނީ ސްކޫލާއި ހަވާލުކޮށްފައެވެ. އަދި އެ ތަކެއްޗާއި ސްކޫލުން ހަވާލުވެފައިވަނީ ސްކޫލުގެ ޕުރިންސިޕަލް އިބްރާހީމް ޞަލާހެވެ.

މާއުނގޫދޫ ސްކޫލުގެ އިސްދަރިވަރުންގެ ފަރާތުން މުޙައްމަދު ނަދީމް ބުނިގޮތުގައި، އެ ބެންޗުތައް ހެދުމަށް ހަމަޖެހިފައިވަނީވެސް އެ ދަރިވަރުންގެ ޚަރަދުގައި އެދަރިވަރުންގެ ބެލުމުގެ ދަށުންނެވެ. އަދި ސްކޫލުގެ 50 ވަނަ އަހަރީ ދުވަހަށް އެމަސައްކަތް ނިންމާލުމަށް، މިހާރުވެސް ބެންޗުތައް ހެދުމުގެ މަސައްކަތް ބާރަށް ކުރަމުންދާކަމަށް މަޢުލޫމަތު ދީފައިވެއެވެ.

ސުކޫލު ތެރޭގައި ބެންޗުތައް ބެހެއްޓުމަށް ސުކޫލުގެ ފަރާތުން ސަރަހައްދެއް ހަމަޖައްސައިދީފައިވާތީ އެ ސަރަހައްދު ދަރިވަރުންނަށް ހިތްފަސޭހަ ސަރަހައްދަކަށް ހެދުމަށް، ހިޔާކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިއީ އިސްދަރިވަރުން ސުކޫލަށް އޮތް ލޯބި ހާމަކޮށްދީ، ސުކޫލަކީ ދަރިންގެ ދަރިންނަށް އެންމެ އެކަށޭނަ މާހައުލަކަށް ހެދުމަށް ކުރެވެމުންދާ މަސައްކަތެއްކަމަށް މާއުނގޫދޫ ސްކޫލުގެ އިސްދަރިވަރުން ހާމަކުރައްވައެވެ.

މާއުނގޫދޫ ސްކޫލުގެ އަހަރީ ދުވަހަކީ މާރޗް މަހުގެ 23 ވަނަ ދުވަހެވެ.

މާއުނގޫދޫ ސްކޫލުގެ ގޯލްޑަން ޖުބުލީ ފާގަހަ ކުރުމަށް ވަރަށް ގިނަ ޚަރަކާތްތަކެއް ރޭވި ކުރިއަށް ހިނގަމުންދާކަމަށް އެ ސްކޫލުން މަޢުލޫމާތު ދެއެވެ. އަދި ގޯލްޑަން ޖުބުލީ ހަރަކާތައް އިސްދަރިވަރުންނާއި ބެލެނިވެރިންގެ ވަރަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާކަންވެސް ސުކޫލުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު