ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ސްކޫލުތަކުގެ އިތުރު ހަރަކާތްތައް މެދުކަނޑާލަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވާ ސްކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ވަނީ ނުރައްކާތެރި ކޮވިޑް-19 ރާއްޖެއަށް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުން ބަލިތަކުން ދަރިވަރުން ރައްކާތެރި ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް އެޑިއުކޭޝަނުން ނިންމާފައިވާ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކަރިކިޔުލަމުން ބޭރުން ދަރިވަރުންނަށް ހިންގާ އިތުރު ހަރަކާތްތައް މިވަގުތަށް މަޑުޖައްސާލަން ނިންމާފައިވާ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ. އިތުރު ހަރަކާތްތައް މެދުކަނޑާލަން ނިންމި އަނެއް ސަބަބު ކަމަށް ސާކިއުލާގައި ބުނެފައިވަނީ މިހާރު ރާއްޖޭގައި ފެތުރެމުން އަންނަ ހިމަބިހި ކޮންޓްރޯލް ކުރުމެވެ. އެގޮތުން ސާކިއުލާގައި ވަނީ ބައެއް ދަރިވަރުންނަށް ވެސް ހިމަބިހި ޖެހިފައިވާކަން ފާހަގަކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރުން އެކުލަވާލާފައިވާ ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ލަފާގެ މަތިން ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ކުރިޔަށް ގެންދާނެ ގޮތްތައް ސްކޫލުތަކަށް އަންގަމުން ގެންދާނެ ކަމަށެވެ. އަދި ބުނެފައިވަނީ ސްކޫލުތައް ބަންދު ކުރަން ޖެހިއްޖެ ހާލެއްތައި އެކަންވެސް ކުރާނެ ކަމަށެވެ.
އިތުރު ހަރަކާތްތައް މެދުކަނޑާލަން ސްކޫލުތަކަށް އަންގާފައިވަނީ މިއަދުން ފެށިގެން އަންނަ މެއި މަހުގެ 20ވަނަ ދުވަހާއި ހަމައަށެވެ. މެދުކަނޑާލަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި އަމަލީ ދަތުރުތަކާއި ސްކޫލުތަކުގައި ބާއްވާ ކުޅިވަރު މުބާރާތްތަކާއި ތަފާތު އެކި ހަރަކާތްތަކުގެ ޕްރެކްޓިސްތަކާއި ގިނަ ދަރިވަރުން ބައިވެރިވެގެން ހިންގާ އިޖުތިމާއީ ހަރަކާތްތަކާއި ސްކޫލުން ބޭރުން ކުރިއަށް ގެންދާ ޔުނީފޯމު ހަރަކާތްތައް އަދި އޯވާނައިޓު ހޭދަކުރާގޮތަށް ކުރިއަށްގެންދާ ކޭމްޕުތަކާއި ކޮންސެޓުތަކެވެ.
މީގެއިތުރުން ސްކޫލުތަކުގައި ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވާ ފެއާތަކާއި އަދި އެކްޓިވިޓީ ކަލެންޑަރުގައި ހިމަނާފައިވާ ހަރަކާތްތައްވެސް މެދުކަނޑާލުމަށް އެޑިއުކޭޝަނުން ވަނީ އަންގާފައެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ދިވެހި ސަރުކާރުން ވަނީ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު ޗައިނާ ފަތުރުވެރިން ރާއްޖެއައުން ވެސް މަނާ ކޮށްފައެވެ. އަދި ޗައިނާގެ މެއިން ލޭންޑުން ރާއްޖެ އަންނަ އެއްވެސް މީހަކު އެއާޕޯޓުން އެތެރެވުމުގެ ހުއްދައެއް ނުދެއެވެ. އެއީ ދިވެއްސެއް ނަމަވެސް އެމީހާ ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްފަހު އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ 14 ދުވަހުގެ މުއްދަތުގައި ކަރަންޓީނު ކުރުމަށްފަހު ނޫނީ އެމީހާ ދޫކޮށެއް ނުލެއެވެ.
ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 2976 އަށް އަރައިފިއެވެ. ޗައިނާ އިން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޗައިނާ އިން އިއްޔެ 35 މީހަކު މަރުވިއެވެ. އަދި އިތުރު 573 މީހަކު ބައްޔަށް ޕޮޒިޓިވް ވިއެވެ. މިހާތަނަށް ޗައިނާ އިން ވަނީ 2870 މީހުން ކޮވިޑް-19 ގައި މަރުވެފައެވެ. އަދި ދުނިޔޭގެ އެހެން ސަރަހައްދުތަކުން 106 މީހުން ވަނީ މަރުވެފައެވެ.
ޗައިނާ އިން ބަލި ޖެހުނު މީހުންގެ އަދަދު 79824 އަށް އަރައެވެ. ޗައިނާ ފިޔަވައި އެހެން ސަރަހައްދުތަކުން 6672 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އެހެންކަމުން ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު ވަނީ 86500 އަށް އަރާފައެވެ.
މިވަގުތުގއިވެސް އައްޑޫ ސްޓޭޑިއަމްގައި ސުކޫލް ދަރިވަރުން އެބަ ފަރިތަކުރޭ.
އިތުރު ހަރަކާތުން އެކަނި ފެތުރޭ ބަލިތަކެއްތަ. ކާކުތަ މިޒާތުގެ ދޯހަޅި ނިންމުންތައް ނިންމަނީ
މިރޯގާ ތާއްޖޭގައި އުޅެ ސަރުކާރުން މިކަން ސިއްރުކުރާކަށް ގަބޫލުކުރެވޭ
ސްކޫލް ތެރޭގައި ބާއްވާ ހަރަކާތްތަށް ނުބާއްވަން ތިޔަނިންމެވީ އެނުރަށްކަލާހެދި،ސްކޫލަށް ކިޔަވަން ދިއުމަކީ ނުރަށްކަލެއް ނެތްކަމެއްތޯ ތިޔަ ދެކިވަޑައި ގަންނަވަނީ.ހާދަހާވާ ދެކޮޅު ނުޖެހޭ ދޯހަޅި ސިޔާސަތެކޭދޯ ތިޔަ ގެންގުޅުއްވަނީ.ދެކޮޅުޖެހޭ ނުވަތަ ހަމަޖެހޭ ވާހަކައެއް ދަށްކާއަޑު މިސަރުކާރުން އިވޭނެ ދުވަހެއް އަންނާނެތޯ؟
ބަޖެޓްގަ ފައިސާނެތިގެން ހުއްޓާލިވާހަކަ ބުނެލިނަމަދޯ
ހާދަ ކަމެއް ސިން ރުކު ރާހެއް ހީވެޔޭ މިސަ ރުކާ ރުއް.
މިޤައުމުގަ ކޮވިޑް 19 ފެތުރެންޏާ ލަސްނުކޮށް އަހަރުމެންނަށް އަންގާލާނެކަމަށް އުއްމީދު ކުރަން ،