ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ އަށް ދާދިފަހުން ކުރެއްވި ދަތުރުފުޅަކީ، ލޯކަލް ކައުންސިލް އިންތިޚާބަށް ފައިސާ ހޯއްދަވަން ކުރެއްވި ދަތުރުފުޅެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ތުހުމަތުކުރައްވައިފިއެވެ.

މީގެ ތިން ދުވަސް ކުރިން ރައީސް ނަޝީދު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއްކަން މަޖިލީހުގެ އިދާރާއިން ހާމަކުރި ނަމަވެސް މި ދަތުރުފުޅާ ބެހޭ ގޮތުން އެ އިދާރާ އިން އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ.

ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި ޝިޔާމް ވިދާޅުވީ ބައެއް މަޖިލިހުގެ މެމްބަރުންގެ ފަރާތުން އެނގިވަޑައިގެންނެވި ގޮތުގައި ނަޝީދު އިންޑިއާ އަށް ވަޑައިގަތީ ކައުންސިލް އިންތިޚާބަށް ފަންޑު ހޯއްދަވަން ކަމަށެވެ. ނަމަވެސް އެ ފަންޑު ހޯއްދަވަނީ ކޮން ބޭނުމަކު ކަމެއް ޝިޔާމް ވިދާޅެއް ނުވެއެވެ.

މީގެއިތުރުން މުވާސަލާތީ ދާއިރާ އަށް ވާދަވެރިކަން ގެނައުމަށް ކަމަށް ބުނެ އިންޑިއާގެ ކޮމިއުނިކޭޝަން އަށް ރިލައަންސް ކޮމްޕެނީ ރާއްޖެ ގެންނަން އުޅޭ ކަމުގެ އަޑުތަށް ފެތުރިފައިވާ ކަމަށާއި އެކަމަކީ ބިރުވެރިކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. މުވާސަލާތީ ދާއިރާ ހަރުދަނާ ކުރަން ބޭނުން ނަމަ، ހުރިހާ ގައުމުތަކުގެ ކުންފުނިތަކަށް ހުޅުވާލުމުގެ ބަދަލުގައި ވަކި ބަޔަކަށް ފުރުސަތު ދޭތީ ޝިޔާމް ވަނީ ސުވާލު އުފައްދަވައިފައެވެ.

ޝިޔާމް ވިދާޅުވީ ރާއްޖޭގެ ކަންކަން ކުރިއަރުވަން ބޭރު ގައުމުތަކުގެ އެހީތެރިކަމަށް އެދޭއިރު ރާއްޖެ އަށް ހަގީގީ ފައިދާ ވާނެ ގޮތަށް ކަންތައްތައް ކުރަން މި ސަރުކާރަށް ނޭނގޭ ކަމަށެވެ. އިންޑިއާއިން ރާއްޖޭގައި އިންވެސްޓް ކުރާނެ ކަމުގެ އުއްމީދު ސަރުކާރަށް އޮތް ނަމަވެސް ހަގީގަތުގައި އެ ފަރާތްތަކުގެ ލޯ ހުއްޓިފައި ވަނީ ރާއްޖޭގެ މިނިވަންކަމާ ދިމާލަށް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

"އަވަށްޓެރި ގައުމެއް ކައިރީގައި އޮތީތީ އެ ގައުމުގެ ފައި ބުޑަށް ގޮސް އަޅުގަނޑުމެންގެ ހުރިހާ ވެރިން ވެއްޓޭ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ. އެ ގައުމުން އަޅުގަނޑުމެންނަށް ކޮށްދިނީ ކޮންކަމެއްތޯ އަޅުގަނޑުމެންނަކަށް ނޭނގެ." ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ބޭރު ގައުމުތަކުންނާއި އެހެނިހެން ގޮތް ގޮތުން ރާއްޖެއަށް ލިބޭ ފަންޑުތަކަށް ޖަމާވާ ފައިސާ އަށް ވާނުވާ ގޮތް ނޭނގޭ މައްސަލައަކީ މިއަދު ދިވެހި ރައްޔިތުން ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

އަދި އެއާޕޯޓް ތަރައްގީ ކުރަން ސޮވަރިން ޑިވެލޮޕްމެންޓް ފަންޑުގެ ނަމުގައި މިދިޔަ ސަރުކާރުން އުފެއްދި ފަންޑަށް، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 1.1 ބިލިއަން ރުފިޔާ ޖަމާކޮށްފައި ހުރި ނަމަވެސް، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ނިލަށް ޖަމާވީ 700 މިލިއަން ރުފިޔާ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

"ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 2018 އަށް ވުރެ 2019 ގިނަ ރައީސް. ފަންޑުތަކަށް ވާ ގޮތް އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. " ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އެމްޑީޕީ ސަރުކާރަކީ ވާހަކަ ގިނަ، އަމަލު މަދު ސަރުކާރެއް ކަމަށާއި ތިމާވެށީގެ ކަންކަމުގައި ވެސް ޖައްސަނީ ސްޓަންޓް ކަމަށެވެ.

"އިއާދަކުރުވަނިވި ހަކަތަ ގާއިމު ކުރުމަށްޓަކައި ފުރާޅުތައް މައްޗަށް އަރާ އުޅޭ ތަން ވެސް އަޅުގަނޑުމެންނަށް ފެނޭ. ނަމަވެސް އަޅުގަނޑުމެން މިއަދު ހިސާބު ޖަހާ ބަލާ އިރުގައި، ފުރާޅަށް އެރުން ނޫން ކަމެއް، އަމަލީ ގޮތުން ކޮށްފައި ނެތް ކަން އަޅުގަނޑުމެންނަށް އެނގެނީ." ޝިޔާމް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އ. ޖ. އ

    އަދިވެސް އެންމެ މެންބަރުން ގިނަ ޕާޓީ

    1
    19
  2. ޙާލަތު

    ސާބަހޭ ޝިޔާމް.... ތި މަޖިލީހުގެ ރައީސް އަބަދުވެސް އުޅުއްވާނީ ފުރާޅުގަ ނޫނީ ގަހުގަ... ހަމަ ބިމުގަ ހުންނައިރެއް ވ މަދުވާނެ... ލާދީނީ ކަންކަން ނިކަން ހަމައިން ގެންދަން ދަންނާނެ.

    37
    2
  3. ސައްޕޭ

    އިންޑިއާ ސަރުކާރުގެ މިއަނިޔާއަށް ތާއީދުކުރާ އެމްޑީޕީއަށް ވޯޓުނުދޭތި، މުސްލިމުންނާއި ދެކޮޅު އަނިޔާވެރިންނަށް ތާއިދުކޮށް ވޯޓުނުދޭތި!

    40
  4. 19 ނަވާރަ

    ދިޔައީ މުސްލިމުން އުޅެ ހާލު ބަލާލަން މަލާމަތް ކުރަން. އެނޫން ކަމަކު ނޫން ﷲ ވޮޑިގެންވާކަން ގަބޫލު ކުރޭބަ

    31
    1
  5. ޔާމިން

    މިދުވަސްކޮޅު ޕޕމ ގެ ޖަލްސާ ފެނިފަ މޑޕ ލާދީނީ ބޮޑަތިން ރައްޔިތުން ބޮލަށް ފާޑު ފާޑުގެ ޗިޕު ޖަހާނެ. ޖަހާ ޗިޕަކަށް އެއްވެސް ދިވެހި ރައްޔިތަކު ހެޔޮވަ ރުނުވާތި. މޑޕ އައް ވޯޓު ނުދޭތި. ވޯޓުދީފަ ފަހުންއެކަމާ ހިތާމަކުރެނެކަމެންނެއް ރުފިޔާ ބަހާނެ ހެސްކިޔާފަ .

    29
  6. މޫސަ

    ޢެކަން ހަމަ ޔަޤީން

    14
  7. ވަގު ޔާނު

    ސިޔާމް ކަލެއައްމާބޮޑައްއެގެނީ ތީވިސް ވަގެއްދޯ

    2
    20
  8. ބޯކިބާ

    ރިލަޔަންސް އަންބާނީ އާއިލާއިން އެތިބީ ޗައިނާގެ ބޭންކަކުން 650 މިލިއަން ޑޮލަރުގެ ދަރަނި ނަގައިގެން، ދަރަނި ނުދައްކައިގެން ކޯޓަށްދިޔައިމަ ބުނަނީ އެންމެ ލާރިއެއްވެސްނެތޭ. އެވަރު ބަޔަކު މިތަނަށް ގެންނަން ތިއުޅެނީ.

  9. ޑާންސް

    ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އެއްޗެއް ނޫންނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ތަމެންގެ ވެރިކަމަކީ ކަން ނުވެ ނަންވާން އުޅޭ ވެރިކަމެކޭ މާލެ ސަރަަހައްދުން ހިއްކުނު ފަޅެއް ވެސް ނެތޭ ތަމެންގެ ސޯލިހު ވެރިކަމުގައި ކުރާ ކަމަކީ ދައުލަތުގެ ޚަޒާނާއިން ފައިސާ ނަގާފައި ބަދަލު ދިނުމޭ އެއީ ކަޓް ކާން ވެގެން ކުރާ ކަންކަމޭ އިފް ޔޫ ވޯންޓް ޓު ލިވް އަ ހެޕީ ލައިފް ޓައި އިޓް ޓު އަ ގޯލް ނޮޓް ޓު ޕީޕަލް އޯރ ތިންގްސް. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް. ސްޕިންގް ސްޕިންގް ސްޕިންގް ޑާންސް ޑާންސް ޑާންސް

  10. އިޓްސްއިޓް

    ތިޔާ އޮތީ ލާރޖްކޮށް ތަމެން މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ އޮޅުވާލަން ވެގެން ބޮޑެތި މަކަރާއި ހީލަތް ހަދާފައޭ މަމެން ބުނަން ނެތީމޭ ޑޯންޓް ކްރައި ބިކޮޒް އިޓްސް އޯވަރ ސްމައިލް ބިކޮޒް އިޓްސް ހެޕެންޑް....

  11. ނުދަންނަބޭ

    ތިޔަ ވާހަކަ އިވުނީމާ ހަދާންވަނީ ސިޔަރަތުގެ އަންނަ މަދީނާގެ މުއްސަދި ވިޔަފާރި ވެރިއާގެ މަތިން އެހެންވީމަތާ އިންޑިޔާ މިހުން ރުއްސަން އެބުނީ ޖަރުމަނުން ޔަހޫދީން ހުސްކުރަން އުޅުނުހެން ހިންދޫއިން މުސްލިމުން ހުސްކުރާކައް ނޫޅެޔޭ އިންޑިޔާއަކު ގާއްގަޑަކައް މިބުނެވެނީ މިހެން ނުންތޯ

  12. ޢާއިޝާ

    ނަތަންޔާހޫ، ނަޝީދު މިއީ މުސްލިމުންނަށް ޖެހިފައިވާ ބަލާވެރިކަން