ކްލައިމެޓް ފައިނޭންސް މޮބަލިޒޭޝަން އެންޑް އެކްސެސް ސްޓްރެޓެޖީ ވޯކްޝޮޕް ފޯރ ދަ އައިލެންޑް ސްޓޭޓްސް އިން ދަ އިންޑިއަން އޯޝަންގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީއިން އިން ފަށައިފިއެވެ.

މި މަހު 4 އިން 5 އަށް ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުން ފައްޓަވާދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދެވެ. އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މާލީގޮތުންނާއި ޓެކްނޮލޮޖީގެ ދާއިރާއާއި އިންސާނީ އަދި އެހެނިހެން ވަސީލާތްތައް ބޭނުންވާނެ މިންވަރ ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރުމަށް މިނިސްޓްރީ އޮފް އެންވަރަންމަންޓާއި އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާ ޔުނައިޑެޓް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮފް ކުލަިމަޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) ސެކެޓޭރިއެޓް އާއި ގުޅިގެން މަޝްރޫއުއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މޫސުމަށް އަން ބަދަލު ތަކާއި ގުޅޭގޮތުން އެންވާރމެންޓް މިނިސްޓްރީ އިން ބޭއްވި މަސަތްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު -ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މި މަސައްކަތު ބައްދަލުވުމަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާ، ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމްޓް ޗޭންޖް އާއި ރާއްޖެ އާއި ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ މިހާރު ތައްޔާރުވެފައިވާ "އިންޑިއަން އޯޝަންސް ކްލައިމެޓް ފައިނޭންސް މޮބިލައިޒޭޝަން އެންޑް އެކްސެސް ސްޓްރެޓެޖީ" ގެ ދެލި ކޮޕީ ފާސްކޮށް، ތަންފީޒުކުރާނެ ޕްލޭނެއް އެކުލަވާލުމެވެ. އަދި މި ބައްދަލުވުމުގައި އިންޑިއާގެ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ، މޮރިޝަސް، ސްރޯލަންކާ، ސްރީލަންކާ އަދި ކޮމިރަސް ހިމެނެއެވެ.

މި މަސައްކަތު ބައްދަލުވުމަކީ މިނިސްޓްރީ އޮފް އެންވަރަންމަންޓާއި ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންފަރެންސް އޮން ކްލައިމަޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގުޅިގެން ބޭއްވޭ މަސައްކަތު ބައްދަލުމެކެވެ.