ނިރުބަވެރި ހަމަލާއެއް ރާއްޖޭގެ ރިސޯޓަކަށް ކުރިމަތިވެއްޖެނަމަ، ސިފައިންގެ ޚާއްސަ ޓީމަކާއެކު އެރަށަކަށް ގޮސް އެރޭނެ ޚާއްސަ އުޅަނދެއް ދިވެހި ސިފައިން ބަންނަމުންދާކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ސިފައިންގެ 126 ވަނަ އަހަރީ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ދިވެހި ސިފައިން ތައްޔާރު ކުރާ އެ އުޅަނދުގެ ޑިޒައިންގެ މަސައްކަތުން ފެށިގެން ކިއްސަރު ތައްޔާރުކޮށް ޑިޒައިން ކުރުމުގެ މަސައްކަތް ވެސް ކުރާނީ ދިވެހި އަސްކަރިއްޔާއިން ކަމަށެވެ. އަދި މި އުޅަދު ތަައްޔާރު ކުރަނީ ރާއްޖޭގެ ކަނޑަށް ފެތޭގޮތަށް ކަމަށެވެ. މިނިސްޓަރުގެ އިންޓަވިއުގައި އެ އުޅަނދު ލޯންޗު ކުރެވޭނެ ދުވަހެއް އަދި އެ އުޅަނދުގެ ޚާއްސަ ކަމެއް ވިދާޅުވެފައެއް ނުވެއެވެ.

"މި މަސައްކަތަކީ މުޅި ސިފައިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ. އެއީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު ވެސް ހުރި ރިސޯޓްތަކަށް ދިމާވެދާނެ ޓެރަރިޒަމްގެ ހަމަލާއަކުން ރައްކާތެރިކުރުމަށްޓަކައި ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ މިކަމަކީ ދިވެހި އަސްކަރިއްޔާގެ ގާބިލްކަމާއި ޚިދުމަތް ދިނުމުގައި ކުރިއެރުން ދިވެހި އަސްކަރިއްޔާއަށް ލިބިގެންދާނެ ކަމެއް ކަމަށެވެ.

"މި އުޅަދު ލޯންޗު ކުރެވޭ ހިސާބުން ރާއްޖޭގެ އަސްކަރިއްޔާގެ ފަރާތުން ބޭރުގެ ދުނިޔެއަށް ވެސް ވިއްކޭނެ ޕްރޮޑަކްޓެއް ނުވަތަ އެއްޗެއް ތައްޔާރުކުރުމުގެ ޝަރަފް ލިބިގެންދާނެ،" މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް އަހުމަދު ޝިޔާމްގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އެ މަސައްކަތުގެ ދަށުން އުޅަނދު ބަނުމުގެ މަސައްކަތް ވެސް ކުރާނީ ސިފައިންގެ މަރުކަޒެއްގައި ކަމަށެވެ.

"މި އުޅަނދަކީ ދިވެހި ސިފައިންގެ އެފަދަ ފުރަތަމަ މަސައްކަތް ކަމުން އެކި ފަރާތްތަކާ ވާހަކަދައްކައިގެން ފައިސާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ,އަންނަ ހަފްތާ ތެރޭގައި އެ ފައިސާ ލިބުމާއެކު ރާއްޖޭން ބޭރުން ހޯދަންޖެހޭ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ފަށާނެ " މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރުވެސް އެ މަސައްކަތަށް ފަތުރުވެރިކަމުގެ ދާއިރާއިން 2.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޥަގު

    ދެން ތި ލާރި ކޮޅު ކާލާ.

  2. ޑެެެދި

    ނަމުގަ ވޯޓުފަައިސަަ

  3. މުހައްމަދުސުލައިމާނު

    އެހާގިނަފައިސާޚަރަދުކޮށްގެން ރާއްޖޭގެކަނޑަށްފެތޭގޮތަށް އުޅަނދެއްބަނުމަށްވުރެ އެންމެމީހަކާއެކު އެފައިސާތައް ކަނޑަށްފެއްތުމުން އުޅަދަކާއެކު ގިނަބަޔަކު ކަނޑަށްފެތޭގޮތަށްވުރެ ހިތަށްކުރާއަސަރު މާކުޑަވާނެ.

    • ކޮވެލި

      އެހެންނޫނަސް މަސްދޯންޏަކަށްވުރެފަސޭހައުޅަނދެއްބަނދިވިއްޖެއްޔާ އެމެރިކާމީހުން ހަދަށްވެސްހިގައިދާނެނޫންތޯ އެދޯނިކުއްޔަށްހިފައިގެން ؟

  4. ހަކީމު

    كانوا ينحتون من الجبال بيوتا آمنين
    ޘަމޫދު ބާގައިގެ މީހުން ވެސް ނިރުބަވެރި ހަމަލާތަކުން ދިފާއުވާން ފަރުބަދަ ކަޑައިގެން ހޮހޮޅުތެރޭ ވަރަށް ރައްކާތެރި ގެތައް ހަދައިގެން އުޅުނެވެ. ވީކަމެއްނެތެވެ.

  5. ކައުންސެލަރު

    " އަދި މި އުޅަދު ތަައްޔާރު ކުރަނީ ރާއްޖޭގެ ކަނޑަށް ފެތޭގޮތަށް ކަމަށެވެ."
    ފެތުނީމާ ވާގޮތް ބުރޯ ކައެއަށް ނޭނގޭދޯ! "ފެތުން" އެބަސް އެތާ ބޭނުންކުރީމާ މިފެންނަނީ ކައެމެންގެ ފެންވަރު. ލިޔެބަލަ "ކަނޑަށްގަދަ" "ކަނޑަށް އެކަށީގެންވާ"....
    ދިވެހިބަސް ދަސްކޮށްބަލަ ފުރަތަމަ،.