އެމްއެންޑީއެފަށް އަލަށް ލިބިފައިވާ ބިމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ހުޅުލޭ ޕޯސްޓުގެ ބިންގާ ހޮނިހިރު ދުވަހު އަޅައިފިއެވެ.

ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމްއެންޑީއެފް ހުޅުލޭ ޕޯސްޓުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އަޅާ މި ޕޯސްޓްގެ ބިންގާ އެޅުމުގެ މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުއާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން ޔުނިޓްތަކުގެ ކޮމާންޑަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބްރާ

    އާއްމުރައްޔިތުން ގެދޮރުނެތިފާ ތިއްބަސް ފުލުހުންނާއި ސިފައިންނަށް ޕޯސްޓްތައް ހަމަޖައްސާދެވުނީމަ ވެރިކަން ދެމެހެއްޓޭނެ ކަމަށް ހީވަނީ އުތަ ؟

  2. ނާރެސް

    ބަލަ ޔުނިފޯރމް އެޅި އެހެން އޮފީސްތައްލޮބައި؟؟ ހަމަ ޕޮލިސް ސިފައިން މަގާމުވެސް ދެން ކޮންމެމަހަކު މގާމުގެ ކުރިއެރުން ދެންތިބިއޮފީސްތައްވަނީ މިކަމުން މަހުރޫމުވެފައި ދެންވެރިކަންކުރާބަޔަކު ޖަލްސާބާވަންވީމާ އަނެއްކާފެނޭ ދެން 2018ވޯޓްލާންވީމާފެނޭ؟/ ސަރުކާރުން ބައެއް މުއައްސިސާމެދުކަންތައްކުރާގޮތް ގެދޮރުވެރިކުރުމުގާވެސް ބާރުގަދަ މީހުންނައް ހުޅުމާލެއިން ބިންހިލޭ ހެންއޮފީސްތަކައް އަޅާމީހުންވަނީ ބިންގަނެ ސަރުކާރުގެވައުދުފުއްދަން އެކަމަކުގެރެންޓީނުލިބޭ؟؟