ރާއްޖެ އިން ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ފަތުރުވެރިން އެންމެ ގިނަ އިން އަންނަ ގައުމުތަކުން ފަތުރުވެރިން އައުން ކުއްލިއަކަށް މަނާ ކުރުމަކީ މި ސިނާއަތަށް ބިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތިބި ވިޔަފާރިވެރިންގެ ވިޔަފާރިތައް ފނުޑުފުނޑުވެގެން ދާނެ ކަމެއް ކަމަށެވެ.

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އެންމެ ގިނަ ވަޒީފާގެ ފުރުސަތާއި ރަނގަޅު އާމްދަނީއެއް ލިބޭ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ ކޮންމެ ގެއްލުމަކީ ދިވެހި އެތައް ރައްޔިތުންނަށް ލިބިގެންދާ ގެއްލުމެއް ކަމަށް ވެސް ޖާބިރުގެ ކުއްލި މައްސަލައިގައިވެއެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅި ކަމަށް ކުއްލި މައްސަލައިގައިވެއެވެ.

އެކަމަކު، ރާއްޖެ އަށް އެންމެ ގިނަ އިން ފަތުރުވެރިން އަންނަ ޗައިނާ އާއި އިޓަލީ އިން މީހުން އައުން މުޅިން ހުއްޓައި މުޅި ގައުމު ކުއްލި ހާލަތަކަށް ގެނައުމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިންތިހާ އަށް ބިރުވެރިކަން އުފެދިފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ރާއްޖެއާ ހަމައަށް ކޮރޯނާ ވައިރަސް ފޯރައި ޔެލޯ އެލާޓް ނެރެން ޖެހޭ ހާލަތަށް ގޮސް، ރައްޔިތުން ބިރުވެރިކަމުގެ ތެރެއަށް ގޮސްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރަނގަޅަށް ސްކްރީން ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެހެންވެ، އެކަން ބަލައި މަސްއޫލިއްޔަތު ނަގަންޖެހޭ ފަރާތްތަަކަށް ފިޔަވަޅު އަޅަން ޖާބިރު ގޮވާލެއްވިއެވެ. އަދި މި ބަލިން ސަލާމަތްވުމަށް ރާއްޖެ އިން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ ގޮތުން މިކަން ހައްލު ކުރަން ދިވެހި ސިފައިންނާ ހަވާލު ކުރަން ޖާބިރު ގޮވާލެއްވިއެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރައިފައެވެ.

ކޮވިޑް-19 ޖެހުމުން އާއްމުގޮތެއްގައި ފެންނާނީ ހުން އައުމާއި، ރޯގާ ޖެހުމާއި ކެއްސުން ފަދަ އަލާމާތްތަކެވެ. ނަމަވެސް އެއިން އެއްވެސް އަލާމާތެއް ނުފެނިވެސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ބަލި ފެތުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. މާރިޔާ

  ރ.ޔާމިން ދޫކޮއްލާ އަވަސްހައްލެއްލިބޭނެއިންޝާﷲ

 2. ޖާއްބެ

  ފައިސާއަށް ބޫތު ކެޔަސް ތީދެން ބޮޑުވަރު، މިކަހަލަ ނުބައި މަހުޖަނުންގެ ދުއްތުރާލުން މުޅި ގައުމު މިދަނީ އަޑިއަށް!

 3. މާރިޔާ

  ރ.ޔާމިން މިނިވަންކުރޭ އަވަސްކައްލުފެންނަނެ

 4. މޯޑު

  މަޖިލީހަށް ޤަ ރާރ ރެއް ލައިިގެން އެކަކުއަނެކަކާދިމާއަަށް ހުތު ރު އެއްޗެހިި ގޮވީމާ ރަށްޔިތުންނަށް ތިކޮދެވުނީ ވަ ރައްބޮޑުކަމެއް. މީ އެއްވެސް އިޚްލާސް ތެ ރިކަމެއްނެތް މީޑިއާއަށް ދެއްކެން އުޅޭބަޔެއް.

 5. Sifainge Meeha

  Hoon Hurihaa kameh vx sifainge bolah jahaa kaley

 6. ލަކޮމްބެ

  މިހިރަ މޯލާ. އެޖެންޑާ19 ޖެހިފަ ހުންނަ މީހާ ދުރުން ދެނެގަންނަން އެނގުނަސް އަދި މިހާތަނަށް ކޮވިޑް19 ޖެހިފަ ހުންނަ މީހަކު ދުރުން ދެނެގަނެވޭނެ ގޮތެއްނެތް. ދިވެހި ސިފައިން ބޭތިއްބިކަމުގައި ވިޔަސް ކެމެރާއަށް ދައްކާ އެއްޗަކަށް ތަބާވާންޖެހޭނީ ކަލޭ ގަރާރުތަށް ފަށްޗަކަށް އަމުނައިގެން މަޖިލީހުގަ ނުނިދާ ހުއްޓަސް. އަދި ބުނަން. ގަދަޔަށް ރާބޯމީހުން މި ބަލި ޖެހުމުން އަވަހަށް މަރުވޭ. ކަލޭ ބިރުގަތަސް.

 7. މުސްތާގް

  ރައްޔިތުންނޭ ކިޔައިގެން މިއޮށް ހުރިހާ ދުވަހު ޖާބިރު އަނގަތެޅުވީ ރައްޔިތުންނަށް ހެޔޮއެދިގެން ނޫންކަން މިހާރު މި އެނގެނީ. ޖާބިރުއަށްވެސް ތި މުހިއްމުވި ރައްޔިތުންގެ ރައްކާތެރިކަމަށްވުރެ އަމިއްލަ ރިސޯޓުތައް... މަޝްހޫރުވާން އުޅޭ މީހުން މޮޅެތި ކަންކަން ކޮއްގެން ރައްޔިތުންނަށް ހެޔޮއެދިގެންނެއް ނޫން

 8. ނޯ ޓޮލަރެންސް

  ކާށިދޫ ދާއިރާގެ ތިޔަ މެމްބަރަކީ ބުރާންޗެއް

 9. އޭ.އެމް.އެފް.3

  ދިވެހި ރަށްޔިތުންނަށް ހެޔޮއެދޭނަމަ ކޮންމެތާކުހުއްޓަސް ޚިޔާލެއްދެވިދާނެނޫންތޯ.
  ދީނުގައި އަދި ގާނޫނުގައިވެސް ކުށްކުރާމީހުންނަށް އަދަބު އޮވޭ ދެއްތޯ! ވެރިންނަކީ ވ.ހިތްވަރުގަދަބަޔަކަށް ވާންޖެހޭ ކެތްތެރިބައެއް ނޫންތަ؟ ދުނިޔޭގެ މަޝްރަޙަށް އަންނަ ބަދަލުތަކަކީވެސް ޙިކުމަތުންފުރިގެންވާ އެކަމާމެދު އިންސާނުން ވަރަށްބޮޑަށް ފިކުރުހިންގަންޖެހޭކަންކަން،، ވީމާ ވަމުންދާގޮތާމެދު ވިސްނާ