ފެތެރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ބަންގްލަދޭޝް އިން އަންނަ މީހުން ރާއްޖެއަށް އެތެރެވުން ވަގުތީ ގޮތުން މަނާ ކޮށްފި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ދެންމެ ނެރުނު ސާކިޔުލާއެއްގައި ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ފާއިތުވި 14 ދުވަހުގެ ތެރޭގައި ބަންގްލަދޭޝަށް ދަތުރު ކޮށްފައިވާ މީހަކު ރާއްޖެއަށް އެތެރެވުމާއި ޓްރާންސިޓްވުން ވެސް މާދަމާ އިން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް މަނާ ކޮށްފައިވާ ކަމަށެވެ.

ބަންގްލަދޭޝް އިން އިއްޔެ ވަނީ ކޮވިޑް-19 ފެނިފައެވެ.

ރާއްޖެ އިން މީގެ ކުރިން ވަނީ ޗައިނާ މީހުންނާއި އިޓަލީ މީހުން ރާއްޖެ އައުން މަނާކޮށްފައެވެ. އަދި ދެކުނު ކޮރެއާގެ ބައެއް ސަރަހައްދުތަކުން ރާއްޖެ އަށް މީހުން އައުން ވެސް ވަނީ މަނާކޮށްފައެވެ.

ބަންގްލަދޭޝް އިން ރާއްޖެ އަށް މީހުން އައުން ބަންގްލަދޭޝް އިން ކޮވިޑް-19 ފެނުނުތާ އެންމެ ދުވަހެއް ފަހުން ރާއްޖެ އިން މަނާކުރިއިރު އިޓަލީގައި ވަރަށް ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން ދިޔައިރުވެސް ރާއްޖެ އަށް އިޓަލީ ފަތުރުވެރިން އައުން މަނާނުކޮށް ލަސްކުރި މައްސަލައިގައި ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިޓަލީވިލާތުގެ ދެފަތުރުވެރިންނާއި، އިޓަލީވިލާތުގެ ފަތުރުވެރިޔަކާއި ބައްދަލުވި ދެމުވައްޒަފެކެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ާޢައްޔަ

  ބަންގްލަދޭޝް އިން އިއްޔެ ފެނުނީ މިއަދު މީހުން އައުން މަނާ، އިޓަލީގަ ފެތުރި އެތަނުން ރާއްޖެ އައި އިރުވެސް މަނައެއް ނުކުރެވުނު. ކިހާ މޮޅު

  86
 2. ކިޔުންތެރިޔާ

  ކީއްވެބާ އިންޑިއާ އިން މީހުން އައުން މަނާ ނު ކު ރަނީ. ބަނގުލަދޭޝް އަށްވު ރެ އިންޑިއާގަ ބަލި ގިނަ. މިހާ ރުވެސް ޗުއްޓީ އަަށް ގިނަ ޓީޗަ ރުނ ގޮސް ވީ

  70
  1
 3. ނީޝް

  ނަސީބުތާ... ތިވަރުވެސް ވީކަން.. ވެދާނެ ތީ ބަގްލަދޭޝް މީހުންގެ ފަރާތުން ބޮޑެތި ލާރި ބޮންޑި ބޮންޑި ނުލިބޭތީ ކަމައްވެސް.. ތިހާ އަވަހައް ތި އެތަނުން މީހުން ނާދެވޭ ގޮތް ހެދީ..

  66
 4. ނުވާނެ

  ތިޔަކަމެއް ނުވާނެ! ރަސްރަށްވެހިން އެމީހުންގެ ޤައުމަށް އައުން މަނާކުރާނި ކިހިނެތް!

  40
 5. ބީވާ

  Why not from india.
  Bangladesh ah vure Gina meehun jehifa thibee india ga.

  38
 6. ބީވާ

  އިންޑިޔާ އިން މީހުން އައުން މަނާ ކުރޭ. ނޫނީ މަގުމައްޗައް ނިިކުންނަން ޖެހިދާނެ.

  59
  • ކަނީރު

   ނުކުންނަންވީނު. ކަހެރުވަކެކޭވެސް ހިތައްނާރާނެ

 7. ޏަރޫރު

  ‎އަޑު އިވޭ އާތިފާ އަށްވުރެ ވަރުގަދަ މީހެއް ހައުސިންގް މިނިސްޓްރީއަށް އާއި ވާހަކަ. އިވޭ މިީނައަކީ ޕެންޝަން އޮފީހަށް ބޮޑު އުނދަގުލަކަށް ވެގެން ބޭރުކޮށްލަން ތަޔްޔާރުކުރި މީހެކޯ. އަވަހަށް ދުވެ ރައްކާވީ ހައުސިންގް އަށް. މީނައަކީ މަކަރުވެރިގޮތަކަށް އުސޫލުތައް ހަދާ މީނަ އާއި އެއްބަސްނުވާ އިމިގްރޭޝަނުގެ މުވައްޒަފުން ކަނޑާލި މީހާ.
  ‎ހީވޭ ކިހާވަރަކުން ހައުސިންގް މިނިސްޓްރީ ދާނެ ބާއޭ. ދުވަސްކޮޅަކުން އިވޭނެ މުވައްޒަފުން ގެއަށް ދާއިމީ ގޮތެއްގަ ފޮނުވާލި ވާހަކަ. ސަލާމް!

  16
  1
 8. ސޯނަމް

  ރަނގަޅު، މީހުން އައުން މަނާކުރުމުގައި ގެންގުޅެންވީ މިންގަނޑު ތަފާތުވާނެ. އިޓަލީ ފަދަ ތަހުޒީބީ ގައުމެއްގައި އުޅޭ މީހުންނާއި ބަނގުލަދޭޝް ފަދަ ގައުމުތަކުގެ މީހުންގެ ހޭލުންތެރި ކަމާއި ވިސްނުން ހާސްބައި ތަފާތު ވާނެ، އަދި އެދެ ގައުމުގެ ފެސިލިޓީސް ޔަކާއި މިފަދަ ކަންކަމުގައި ގެންގުޅޭނެ އުސޫލުތައްވެސް ތަފާތުވާނެ. އެހެންވީމަ މީހުން އައުން މަނާކުރުމުގައި މިކަންކަމަށް ބެލެވޭނެ.

  23
 9. އަދާލަތު

  ތިޔަކަމެއް ނުކުރެވޭނެ. 2ވަނަ ފަހަރަށް ހުއްޓާލިކަމަށް ތިޔަބުނަނީ. އެކަމަކު ދަންވަރު ފްލައިޓްން، 6،7މީހުންގެ ޕްކޭޖެއް މ. ފަރީދީ މިސްކިތު 4 އަނގޮޅިޔަށް ބާލައި، ކާރނޭޝަންމަގު ބަންގާޅު ޓްރެއިނިންގ ސެންޓަރަށާއި، ޝަމީމީގޯޅި ސެންޓަރަށް ނުވަންނަރެއެއްނުދޭ. އެތަނުން ޓްރެއިނިންގ ނިންމުމަށްފަހު، ޕެކޭޖް ޕެކޭޖަށް ފޮނުވައިލަނީ ރާއްޖެތެރެއަށް. ރާއްޖޭގެ ކޮންމެ ރަށެއްގައި ބަންގާޅު އެޖެންޓެއް.

  3
  1
 10. ވާލުސޮރު

  އިންޑިޔާމީހުންއެއީވަރަށްހޭލުންތެރިބައެް

  2
  7
 11. ޙސހސހ

  އިންޑިޔަ އިން މިބައްޔަ ޕޮސިޓިވް ވި މިހުން މަަގިނަ ބަންގުލަދެސް އައްވުރެ

  17
 12. ބްރޯ

  ބަންގަލާދޭސް ގަ 3 މީހުނަސްޖެހުމައެކުރާއްޖެ އައުންމަނާ . އިޓަލީގަ ޖެހި އެތައް ބަޔަކު މަރުވެ މުޅިއިތަލީ އެލާތްވެގންގޮސް 26 ގައުމަށް އިޓަލީންގޮސް ބަލިފެތުރުނު އިރު ރާއްޖެއަށް އިޓަލީން މީހުން އައުން ނުހުއްޓުވި ސަބަބު ތަހުގީގު ކުރަންޖެހޭނެ. ސަރުކަރަ އިޓަލި ފަތުރުވެރިކަމަ އޮތް ހާއްސަ ގުޅުން ތަހުގީގު ކުރެވެން ޖެހޭނެ

  14
  • އަންނި

   އަލިމަތަ، ދިއްގިރި، މާޔާފުށި މިއީ އެމްޑީޕީގެ ބޮޑުންގެ ރިސޯޓުތައް. މި ތަންތަނުގެ 90 ޕަސެންޓް ގެސްޓުން އަންނަނީ އިޓަލީން. ހުއްޓުވޭނީ ކިހިނެއް

 13. ސަރާ

  އަންޑިއާ މީހުން އައުން މަނާ ނުކުރީ ކީއްވެ؟ ބަންގްލަދޭސް އައް ވުރެ އިންޑިއާ މާ ގިނަ...ކަލޭ މެން ފުރިހަ މަ ގޮތައް ކަންތައް ކޮއްބަލަ...އަހަރެން މުސްލި މް ޤައު މު އަދި ނަސީާބުން އެވަރެއް ނުވޭ...އެކަ މަކު ވެސް ބަންގްލަދޭސް މީހުން އައުން މަނާާ ކުރީ...ތިވަރުން ދިވެހިންވީނު

 14. ޝަނީޒް

  އިންޑިޔާއިން ރާއްޖެއައް މީހުން އައުން ހަމަ މިހާރު ހުއްޓުވާލުމައް ސަރުކާރައް ގޮވާލަން.

  11
 15. ޙ

  އިންޑިއާ އޯ؟؟؟؟ ... އިންޑިއާ ކޮބާ؟؟؟!! ... ބަންގަލަދޭޝް އިން މީހުން އައުން ހުއްޓުވުން ރަގަޅު... އިންޑިއާ އިން އައުން ހުއްޓުވާ...

 16. ސާބަހޭ

  އިންޑިޔާއިން މީހުން އައުން މަނާކުރަނީ ކޮންއިރަކު؟ ގައިމު އެގަމުގައި ތިޔަ ބަލި ޖެހިފައި ތިބި މީހުން މާގިނަ.

 17. ﷲއަށް ބިރުވެތިވޭ އަނިޔާވެރިންނާދުރަށްދޭ

  ބަގުލަދޭސްއިން މީހުންއައުން މަނާ ދެންއިންޑިއާއިން މިބަލިޖެހިފަތިބޭ މީހުން އަޔަސްއޯކޭ ކިހެނެއް މިވަނީ

 18. ﷲއަށް ބިރުވެތިވޭ އަނިޔާވެރިންނާދުރަށްދޭ

  ބަގުލަދޭސްއިން މީހުންއައުން މަނާ ދެންއިންޑިއާއިން މިބަލިޖެހިފަތިބޭ މީހުން އަޔަސްއޯކޭ ކިހެނެއް މިވަނީ ޔާﷲއަޅަ މެންގެގައު މުގެ އެން މެހާއަހުންނާއުހުތު އެން މެހާ މުސްލި މުއަހުންނާ އުހުތުން ދުނިޔޭގައިފެތުރެ މުންދާނުރައްކާތެރި ހުރިހާ ބަލިތަކުން އަޅަ މެންރައްކާތެރި ކުރައްވަވާދޭ އާ މީން