ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް އެކި ގައުމުތަކުގައި ޖެހޭ މީހުން ކަރަންޓީން ކުރުމަށް ތަންތަން ތައްޔާރު ކޮށްފައިވާއިރު، ރާއްޖޭގައި އެފަދަ މީހުން ބަހައްޓަން ތައްޔާރު ކޮށްފައިވާ ވިލިވަރަކީ ދުނިޔޭގައި ހެދި އެންމެ ރީތި ތަން ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

އުގެއިލް މިފަދައިން ވިދާޅުވެފައިވަނީ، ސަރުކާރުން އެންމެ 10 ދުވަހުގެ ތެރޭގައި ތައްޔާރު ކޮށްފައިވާ ކަރަންޓިން ފެސިލިޓީ ކަމަށްވާ ކ. ވިލިވަރު ގެ މަތިން ނަގާފައިވާ ފޮޓޯއެއް ޓްވިޓް ކުރައްވައެވެ.

އެ ޓްވިޓުގައި އުގެއިލް ވިދާޅުވީ، ދުނިޔޭގައި ކޮވިޑް-19 ޖެހޭ މީހުން ކަރަންޓީން ކުރަން މުޅި ދުނިޔެއިން ވެސް އެންމެ ރީތި ތަނެއް ހަދާފައިވަނީ ރާއްޖެއިން ކަމަށެވެ.

30 ކޮޓަރި ހިމެނޭގޮތަށް ހަދާފައިވާ މި ކަރަންޓިން ފެސިލިޓީ ހެދެމަށް ސަރުކާރުން ވަނީ 2.1 މިލިއަން ރުފިޔާ ހޭދަ ކޮށްފައެވެ. މި ރަށް ކަރަންޓީން ފެސިލިޓީއަކަށް ތައްޔާރު ކުރުމުގެ ކުރިން، ސަރުކާރުން ބޭނުން ކުރަމުން އައީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ކަމަށްވާ ފަރުކޮޅުފުއްޓެވެ.

ސަރުކާރުން ހަދާފައިވާ ވިލިވަރު ކަރަންޓީން ފެސިލިޓީގައި ބަލި ޖެހިގެން ކަރަންޓީން ކުރާ މީހުންނަށް ގޯސް ތަޖުރިބާއެއް ނުކުރެވޭނެއެވެ. ޓީވީ ފަދަ ތަކެތި ހިމަނައި ތައްޔާރު ކޮށްފައިވާ މިތަނުގައި ކަރަންޓީން ކުރާ މީހުންނަށް ހިތްހަމަޖެހިގެން ތިބެވޭނެއެވެ.

ރާއްޖޭގައިި އެންމެ 10 ދުވަސް ތެރޭގައި، 30 ކޮޓަރީގެ ކަރަންޓީން ވަސީލަތެއް ޤާއިމްކޮށްފި

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ވަނީ 4 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިޓަލީގެ 2 ފަތުރުވެރިއަކާއި، ތުރުކީ އަށް ނިސްބަތްވާ އަންހެނެއްގެ އިތުރުން ދެކުނު އެފްރިކާއަށް ނިސްބަތްވާ ފިރިހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ޢަލީ

  މީގެކުރިންވެސް އެރަށަކީ ބަލިމީހުން ބޭތިއްބިރަށެއް އޭރުވެސް އޭރަށް އެންމެ ފެންވަރުގަ

  50
  1
 2. Anonymous

  މަތިން ނަގާފައިވާ ފޮޓޯއިން ފެންނަނީ ގުދުރަތީ ރީތިކަމުން ފުރިގެންވާ ﷲގެކުޅަދުންވަންތަކަމުން އުފައްދަވާފައިވާ ރަށެއް!އެއީ ރާއްޖެއިން ހަދާފައިވާ ރަށެއްނޫން!ރާއްދޭ ސަރުކާރުން ހެދީ ކަރަންޓީނުކުރުމަށްޓަކާ ކޮޓަރިތަކެއް!އުގައިލޫ އެކްޒެޖެރޭޓް ކުރިއަސް ބޮޑުވަރުތީ!އަމިއްލަ އުފަން ބިމުގަހަދާ އިންޑިއާ ބޭސް ނުފެނެނީތަ!

  114
  3
  • ލޮލް

   ވަރަށް އުފަލުން މި ކޮމެންޓް ކިޔާލީ! އެކަމު ނިމުމާ ހަމަޔަށް އައިސް ހަމަ ހިނި އައީ. ވެފި ތިޔަ ތިބޭ ގޮތެއްދޯ

   8
   64
   • Anonymous

    ހިނި އަންނާނެބާ އަޅުވެތިވީމަވެސް!އޭރުން ވެފަހުރިގޮތް ރަނގަޅަށް ފެންނާނެ!އެކަމަކު އޭރު އޮންނާނީ ވަގުތުފާއިތުވެފަ!ކޮންމެހެން އެހާ އުފަލުން ހުރެ ކޮމެންޓްކިޔާނެކަމެއްނެތް ހަޖަމުކުރަން ނޭގެންޏާ

    10
   • Anonymous

    ލޮލް ގެ ކޮމެންޓް ކިޔާފަ ވަރަށް ލޮލް ވެއްޖެ!ލޮލް ވިސްނަނީ ފޫކޮޅުންދޯ ނޫނޭ ނޫނޭ

    24
    4
  • Anonymous

   ބަލަ ތިޔަބުނާ ބޭހެއް އެޅިއަސް އޭނައަށް ކީއް؟ އޭނަ އުފަންރަށަކަސް އޭނައަކީ ސީދާ ބޭރުގެ ޕްރޮޑަކްޓެއް!ހެވެއް ނޭދޭނެ ފައިދާއެއްވެސް ނުކުރާނެ

   28
 3. Anonymous

  ކަރަންޓީނު ފެސިލިޓީތޯ ރީތީ ނޫނީ ވިލިވަރު އައިލަންޑްތޯ ރީތީ!؟ ވިލިވަރު އަދި މާލެފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްވެސް ރީތި!އެކަމަކު އެއީ ބައެއްގެ މޮޅުކަމަކުން ނޫނޭ އިނގޭތޯ އެއީ ހެއްދެވިފަރާތުގެ މޮޅުކަމުން

  91
  2
 4. ޢަލިބެ

  މާލެއަތޮޅުގައި "ވިލިވަރު" މިނަންކިޔާ އެއްވެސް ފަޅުރަށެއް ނޯންނާނެ. ތިޔަކިޔާރަށުގެ އަޞްލު ނަމަކީ ވިލިނގިލިވަރު.

  22
  1
 5. މުހައްމަދު

  މިގަމާރަށް އަދިވެސް ރީތިމިވީ، އެއީ ސަރުކާރުގެ މޮޅުކަމެއްނޫނޭ ާ ﷲގެ ކުޅަދުންވަންތަކަން. މިއީބަޔަކަށް ތަބާވިޔަސް ބޮޑުވަރު.

  33
  3
 6. އަހުން ނޫޅެން

  ދެން ތިކަ މާ އުފާކުރަންތަވީ....ކަރަންޓީނުކުރަން 10 މިލިޔަން ރުފިޔާ ޙަރަދުނުކޮށް އެހެންކަ މެ ކުރެވުނުނަ މަތާ.. މިވެސް ރޯނުއެދުރު ޕްރޮފިސަރެ.އެއްދުވަސްވަރެއްގަ ހީވީ މީނަނޫން މީހެއްނެތޭ މީޑިޔާތަކުން މަޝްހޫރުކުރިވަރުން... މިވެސް އެ މެރިކާ އިގިރޭސިންގެ އުފެއްދު މެ..ނަޝީދު ނަގާފަ ދެންހުރީ މީނަ އިގިރޭސީން އެ މެރިކާގެ ވައިރަހަކަށް..

  29
 7. ށަރީ

  ބަލަ ވިލިގިވަރަކީ މިދާކައްދުވަހާ ޖެހެންދެން ހިންގަ
  ހިންގާ އޮތްރިސޯޓެކޭ ކޮންބަޔަކު އޮޅުވާލަންތޯ ތި
  އުޅުއްވަނީ، ދެންކޮން 10ދުވަހެކޭތަ މިކިޔަނީ

 8. ސަމަންދަރު

  ޕްރޮފިސަރ އުގައިލު! ސަރުކާރަށް ވައިޖައްސަވަން އުޅުއްވިޔަސް ތިޔައީ މާބޮޑުވަރު. މުހިއްމުވެގެން އުޅެނީ ރީތިތަނެއްނޫން! ބޭނުންވެގެން މިއުޅެނީ ރައްކާތެރިތަނެއް. ތިޔަބޭފުޅާ ޔަގީންކޮށްދެއްވަފާނަންތޯ އެއީ ދުނިޔޭގައި ހުރި އެންމެ ރައްކާތެރިތަންކަމަށް؟

  10
 9. އ. ޖ. އ

  ??

  7
  1
 10. ވަށަފަރު މީހާ

  މިތަން ހެދީ މާލޭ ބޭފުޅުންނަކަޢްނު. ރާއްޖެތެރޭ މީހާ އިންނަން މިޖެހެނީ ވަސީކަތެއްނެއް ރަށުގެ ަސިއްހީ މަރުކަޒްގަ. ރަށުގެ ނިކަނެތި ރައްޔިތުންގެ މެދުަގައު

 11. ޚަބަރު

  ބަލަ ތީ މިގައުމުގެ ވެރިންގެ ރައްކާތެރި ކަމަށް ހަދާފަ ހުރި ތަނެއް
  ޜަށްފުށުގެ މީހަކު ވިއްޔާ ދާންޖެހޭނީ ސިއްޙީ މަރުކަޒައް
  ޢެތަނުގަ ވީ އެއްޗެއްވީ

 12. ހުންބޭބޭ

  އުގައިލަށް ވިލިވަރަކީ ދުނިޔޭގައި ހެދި އެންމެ ރީތި ކަރަންޓީން ފެސިލިޓީއަށްވީ ކޮޓަރިތަކަށް ވަންނަ އެންޓްރާންސްގެ މަތީގައި ފާހާނާ އޮޅި އަޅާއޮތީމަތޯއެވެ. ތަނެއްގެ ހަގީގީރީތިކަމަކީ އެތަނުން ލިބޭ ހިދުމަތް ފުރިހަމަވުމެވެ. ވިލިވަރުގެ ކަރަންޓް ފެސިލިޓީސްއިން ރަގަޅު ޚިދުމަތް ލިބޭނަމަ އެތަނަކީ ފުރިހަމަ ރީތިތަނެއްގެ ގޮތުގައި އެތަނުގެ ހިދުމަތް ލިބިގަންނަ ފަރާތުން ގަބޫލުކުރާނެއެވެ. އުގައިލަށް އެތަނުން އެޚިދުމަތް ލިބުނީކަމަށްވެސް ވެދާނެއެވެ. އުގައިލުއަށް ވަރަށް ގިނައިން ވެދުން ސަލާމް

 13. 2023ޔާން

  credit findingސ

 14. މިއަދު

  ތިމާމެނަށް ކުރެވިފައިހުރި މޮޅުކަންތައްތައް މީޑިޔާމެދުވެރިކޮށްދައްކާލުމުގެ ފުރުސަތުހޯދަންތޯ އިޓަލީން ފަތުރުވެރިން އައުންމަނާނުކޮށްތިހިފެހެއްޓީ

 15. ބްރޯ

  މިކަލެގެ ވެސް ކޮންމެތަނަކަސް އަނގަބަނާނެ ރާއްޖޭގެ ވެރިކަން ލިބެތޯ އުޅޭނެކަމެއްނެތް އެގަބިލް ކަމެއްނެތް .މިހާރު ހުރި ރޮނގުގަ ހުރެވޭތޮ ބަލާބަލަ ފައިދާހުރީ އެގޮތުގާ.

  9
  1
 16. ކަދުފަތީ

  މާލެއަތޮޅު ވިލިގިލިވަރަކީ ޖުޒާމުބަލީގެ ފިރިހެނުން އައިސޮލޭޓް ކުރިރަށް، އޭރުވެސް ހަމަފެންވަރުގައި!އެޢީ 1960 ގެ އަހަރުތަކުގައި!ކައިރީގައި އޮތްބިޔާދޫގައި ތިބެނީ އަންހެނުން! ޕްރޮފެސަރ އަށް ފޮތްކިއުއްވޭލެއް މަދީ ދެއްތޯ؟

 17. މޯދި

  އުގައިލިވެސް ކޮސްނުގޮވާތި ދުދިޔޭގަ އެކިގައުމު ތަކުގަ ހަދާފަހުރި މިފަދަ ފެސެލިޓީސްތައް ދެކުނިންތަ! މިސޮރު މިކޮސްގޮވަނީ ސަރުކާރައް ވަަައި ޖަހަންވެގެން ނެއެވެ މިސޮރުވެސް ބޭނުން ވެގެން އުޅޭ މުހުތާދެއް ފުއްދާއި ދޭތޯ.

 18. ލުޠުފީ

  ކަލޯ އުގައިލޫ އެއީ ޤުދުރަތީ ރީތިކަން އެކަން ނޭނގެނީތަ. ދެން ތިބުނާ ތައްޔާރަކީ ކޮބާ. އެރަށަކީ ރިސޯޓެއް ހިންގާފަ އޮތް ރަށެއް. ހަމަ އެކަނި ކުރި ކަމަކީ ރޫމްތައް ސާފުކޮށްލުން. ދެން ބައެއް ރޫމްތަކުގައި ދޮރުފަތް ހަރުކޮށްލުން. އެކަމަކު މިކަމަށްވެސް މިލިޔަނުން ކަޓުނަގާފަހުންނާނީ.

 19. ޑައެލޯގް

  ތިޔަ އުގެއިލްއަކީ މަގޭ ކްލާސްމޭޓެއް، އެއިރު އުގެއިލް އެހާ ފޮންޏެއްނޫން ނަމަވެސް ޕްރޮފެސަރުކަން ލިބުމުން އުގެއިލްއަށް ހީވީ އޭނާގެ މޮޅު ސިކުޑި އުފެއްދީ އޭނަޔޭ އެހެންވެ ބޮޑާވެ، އޭނަގެ ސިކުޑި ﷲ މަތިން ހަދާންނެތިފަ ހުންނަގޮތަށް ފަހުން ޢަމަލުތައް ފެނުނު

  7
  1
 20. ކިނބޫ

  ތިއީ 10 ދުވަހަކުން ހެދި ތަނެއްނޫން، ކިތަންމެ އަހަރު ތަކެއްވެއްޖެ ތިޔަ ތަން ހަދާފަ ހުންނަތާ، ކޮންމެ ކަމަކުންވެސް މަކަރާއި ހީލަތް ސާބަސް

  10
  1
 21. އަލީ

  ދުނިޔޭގެ އެތަން މިތަނުން މީހުން މަރުވަމުން ގޮސް އެންމެ ފަހުން މިތަނަށްވެސް މި ވައިރަސްއެއް އައިސް ބަޔަކު މަރުގެ ތުންފަތްމައްޗަށް އެރީމަވެސް އަދިވެސް ބައެއް މީހުން އުޅެނީ ކޮން ބަެއްތޯ އެއްމެ ރީތި ކަރަންޓީން ފެސިލީއެއް ހެދީ ބަލަން. ސަހަރޯއެވެ.. ރީތި ކަމުން ބައެއްގެ ފުރާނެ ސަލާމަތްވޭ ހެއްޔެވެ.

 22. ހެހެ

  އަދިވެސް މީނަ މިދުވަނީ ރީތި ކަރަންޓީން ފެސިލިޓީ އަކީ ކޮބާތޯ ބަލަމުން