ސަރުކާރާއެކު މަޝްވަރާ ކުރަން ތައްޔާރު ކަމަށް ގުޅިފައިވާ ސިޔާސީ އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.
މިކަން ހާމަކުރައްވާ، އިދިކޮޅު ފަރާތްތަކުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިހް (އިބޫ) ވިދާޅުވީ، ކަންކަން ޙައްލު ކުރުމުގެ އެންމެ ރަނގަޅު ގޮތަކީ މަޝްވަރާކުރުން ކަމަށެވެ.
އިބޫ ވިދާޅުވީ، ސަރުކާރާ ވާހަކަދެއްކުމުގެ މީޑިއޭޓާއެއްގެ ރޯލު އަދާކުރުމަށް ޔޫއެންގައި އެދިފައިވާނެ ކަމަށާއި، ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށްފަހު ޔޫއެން އިން މީޑިއޭޓާއެއްގެ ރޯލު އަދާކުރާނަމަ ސަރުކާރާއެކު މަޝްވަރާ ކުރުމަށް އިދިކޮޅު ފަރާތްތަކުން ތައްޔާރަށް ތިބި ކަމަށެވެ.
"ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށްފަހު ޔޫއެން އިން މީޑިއޭޓާއެއްގެ ރޯލު އަދާކުރާނަމަ ސަރުކާރާއެކު ވާހަކަ ދައްކަން މިތިބީ ތައްޔާރަށް،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ، ގުޅިފައިވާ އިދިކޮޅު ހަތަރު ޕާޓީންވެސް، މަޝްވަރާ ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކޭ ކަމަށެވެ.
ނަމަވެސް ފަހުން އިބޫ ވަނީ، މަޝްވަރާ ކުރުމުގެ ކުރިން 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒުކޮށް ފަނޑިޔާރުން ދޫކޮށްލުމާއި އެކު، މިހާރު ރާއްޖޭގައި އިއްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ޝަރުތުކޮށްފައެވެ.
އިބޫ ވިދާޅުވީ، ވައްކަމާއި ހިޔާނާތާއި ކަރަޕްޝަންއަކީ ތަބީޢީ ކަމެއްގެ ގޮތުގައި ދެކޭ މޭހަކާއި ސީދާ ގޮތެއްގައި ވާހަކަ ނުދައްކާނެ ކަމަށާއި، އަދި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެއް ތަންފީޒު ކުރުމާއި ދޭތެރޭ ސިޔާސީ މީހުން ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.
ފާއިތުވެދިޔަ ދުވަސްތަކުގައި "މަގުމަތިން ވެރިކަން ވައްޓާލުމަށް ރާވައި" ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކުން ކުރަން އުޅުނު ނާކާމިޔާބު ބަޣާވާތަކަށް ފަހު، އިދިކޮޅު ކޯލިޝަންގެ އެންމެ މައި އެއް ޕާޓީ ކަމުގައިވާ އެމްޑީޕީން އިން ދާދިފަހުން ވަނީ، ސަރުކާރާއިއެކު މަޝްވަރާ ކުރުމަށް ގުޅިފައިވާ ޕާޓީތަކުގެ ޚިޔާލު ހޯދުމަށް ތައްޔާރުވަމުންދިޔަކަން ހާމަކޮށްފައެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކޮށްގެން އިދިކޮޅު ފަރާތްތައް މާލޭގެ އަމާންކަން ނަގާލައި މަގުތަކުގައި ހަމަނުޖެހުން ހިންގަމުންދިޔައިރު، އެ އަމުރުގައި ވަނީ ކުށް ސާބިތުވެ ޖަލަށްލާފައިވާ ނުރައްކާތެރި ގައިދީންތަކެއް ވަގުތުން މިނިވަން ކުރުމަށެވެ.
ދެން ހަތަރު އުދަރެސް ފެނުޖެހި ބޮން އަތަށް ގޮވީމަތަ
ނިގުލަށް ފިތުނީ ގޮތް ހުސްވީ އަދިވެސް ފުއްޕާފަ އުޅޭ ބަލަ ސަރުކާރު އޮތީ ޤާނޫނީ އިމުގެ ތެރޭގައި ދެން ކޮންފަދަ އުނދަގުލެއް...
ތިޔަގޮތަށް މަޝްވަރާ ކުރާކަށްނުޖެހޭ.. ސަރުކާރުން އެއްވެސް ކުއްވެރިއެއްދޫކޮއްގެން މަޝްވަރާ ކުރަން އެއްބަސްވެގެންނުވާނެ.. ތިޔަގޮތަކަށް ޕޕމ ރުހިގެންނުތިބޭނަން.. ސޮރީ... ރޔާމީން އެއްވެސް ކުއްވެރިއެއް ދޫނުކުރާތި
ވެރިކަން ހަވާލުކޮށްފަ މަޝްވަރާ ކުރަން ކީއްވެބާ ނުބުނީ. ހުރިހާ ނުބައެއް ހަދާފަ ކޮން މަޝްވަރާއެއް
އެކޮއިމެން ގޮތް ހުސްވާން އުޅޭހެން ހީވާން ފަށައިފި. ބަލަގަ މޮޔަފުޅު ވީ ތޯ. ހައްޔަރުކޮށްފައި ތިބި މީހުން ދޫކުރަންޏާ މީހުން މަރައިގެން ޖަލަށްލީ މީހުންވެސް ދޫކޮށްލަން ޖެހޭނެ. ބޮން ގޮއްވި މީހުންވެސް ދޫކޮށްލަން ޖެހޭނެ. މީހުން ޖަލަށް ކޮއްޕުމުގައި އެންމެ އިސްދައުރެއް އަބަދުވެސް އަދާކުރާ ޕާޓީއަކި ކެރަފާ ރީނދޫ. ކޮބާ ވީޓީވީ ފުނޑަން ފޮނުވި ކުދިންތައް؟
ޙެހެހ އަތައްގޮވީތަ. ބަލަތިޔަގޮތް އޮއްވައެއްނޫންތަ މަގުމަތީގަ ހަމަނުޖެހުންހިންގާ ދިފާއީބާރުތަކާ ކުރިމަތިލާން ގަދަހަދާފަ މަވެގަނެގެން ތެޅެނީ. ޝަރުތު ކުރަނީ ކުށްކޮށް ގޮތްނިންމާފަވާ ކުށްވެރިންދޫކޮށްލުން ކަމައްވާނަމަ އެކުށްވެރިން ދޫނުކުރުމައް ގޮވާލަން.
ޢަބޫޖަހުލު ދައްކާ ކަހަލަ ވާހަކަ ކަލޭގެފާނު ތިމަންމެންގެ ކަލާނގެއަށް 1މަސް ދުވަހު އަޅުކަންކުރާށޭ ތިމަންމެންގެ 11 މަސް ދުވަހު ކަލޭގެފާނުގެ ކަލާނގެއަށް އަޅުކަން ކުރާނަމޭ ނުކުރާނެ ކަން އެނގޭނެ ކަންތައް ކުރުމުގެ ޝަރުޠު
ހަނދާންނައްތާލާ .... ދުކޮށްލާށޭ މޮޔަނުވޭ ....
ރީތިގޮތް އޮތްނަމަވެސް މިއަދުގައުމު ގެއަބުރާޝަރަފް ބޭރުދުނިޔޭގަ ކަތިލާފަ އަދިނުވީތަނަކައް ގޮތްނި ންމާފަވާ ކުށްވެރިންދޫކުރުމައްޝަރުތުކަނޑައަޅާ އެގޮތުގާމޝްވަރާ ކުރަންޖެހޭނެމުގަ ގަބޫލެއްނުކުރެވޭ.
އަންނި ދޮންބެ ދެން ލަލަލާ
އިދިކޮޅުފަރާތްތަކާއެކު މަޝްވަރާ ކުރުމަށް އެއްވެސް ސަރުތެއް ހުށަނޭޅޭނެއެވެ ސަރުތުތަކެއް ކުރިމަތި ކުރަނީ އިޚްލާސްތެރިކަމެއް އިދިކޮޅުގައި
ނެތީމައެވެ
ހެހޭ:ގުނބޯ ހައްދާ ހައްދާ ކުރިއެރުމެތް ނުލިބި އުނބަށް ޖަހަން ތައްޔާރުވީދޯ.
ކިހިނެއް ވާނީ އަންޑީޕި އާބެރިކަް ހަވަލުކޮއްފަ ޖީއެމްރާއާ އެއރޕޯޓު ހަވާލުކޮއއފަ އިގިރެސިން ބެނުން ވާ މިނިވަން ކަން ދީފަ ވާހަދައްކަްް ފެށިއްޔާ
ބުރޯ ވީޓީވީ ގެ މައްސަަޅާގަ ހުރިހާ ކުދިން ވެސް ދޫކޮއްޅާފަ
ކަލޯ ދެމަފިރިންގެ ދޭތެރޭހިނގާ ހަމަނުޖެހުން ތައް ހައްލުކުރުވަން މެދުވެރިއަކައް ދުރު ހިލޭމީހުން ނުހަދާ ގާއްތިމާގެ އެއްބަނޑު މީހުން މެުވެރިއަކައް ހަދަން ދަސްކޮއްބަލަ