ގއ.ވިލިނގިލީގައި ކުއްލި ގޮތަކަށް ޒުވާނަކު ނިޔާވި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި ޒުވާނާ ނިޔާވީ ހުކުރު ވިލޭރޭއެވެ. މި މައްސަލާގައި ހަ މީހަކު ފުލުހުން ހައްޔަރުކުރިއެވެ. ހައްޔަރު ކޮށްފައިވަނީ އުމުރުން 24 އަހަރުގެ ދެ މީހަކާއި، އުމުރުން 18 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 20 އަހަރުގެ ދިވެހިން ފިރިހެނުންނެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުތި 24 އަހަރުގެ 2 މީހުނާއި 20 އަހަރުގެ މީހާއަށް 12 ދުވަސް ޖަހައިފާވާ ކަމަށެވެ. އަދި 21 އަހަރުގެ މީހާއަށް 10 ދުވަސް ޖަހައި، 18 އަހަރުގެ މީހާއަށް ފަސް ދުވަސް ޖަހައިފައިވާ ކަމަށާއި 23 އަހަރުގެ މީހާ ޝަރިއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ގއ. އަތޮޅު ހޮސްޕިޓަލަށް އެމީހާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނެކެވެ. ނަމަވެސް އޭނާ މަރުވާން ދިމާވި ސަބަބެއް އަދި މިހާތަަނަކަށް ސާފެއް ނުވެއެވެ. އަދި ހައްޔަރުކުރި މީހުންނަށް ފުލުހުން ކުރަނީ ކޮން ތުހުމަތުތަކެއް ކަމެއްވެސް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު