މިހިނގާ 2020 ވަނަ އަހަރު ޓޫރިޒަމް އިނދަޖެހި ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އާމްދަނީ ބޮޑުތަނުން ދަށްވެ، 450 މިލިއަން ޑޮލަރު މަދުވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިހާރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްނަންގަވައިގެން މިއަދު ބޭއްވި ސާކްސް ސަރަހައްދުގެ ލީޑަރުންގެ ޓެލެ-ކޮންފަރެންސް ބައްދަލުވުމުގައެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމަކީ ރާއްޖެއަށް ވަންނަ ފައިސާގެ ހަތަރުބައިކުޅަ އެއްބައި ކަމަށައި، ޓޫރިޒަމަށް އަންނަ ކޮންމެ ލޮޅުމަކުން ރާއްޖޭގެ އިގުތިސާދަށް އަސަރު ކުރާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެއިން ކޮރޯނާވައިރަހުގެ ފުރަތަމަ ކޭސް ފެނުމުގެ ކުރިންވެސް ރާއްޖެއަށް ޓޫރިސްޓުން އަންނަވަރު ދިޔައީ ދަށްވަމުން ކަމަށެވެ. ފެބްރުއަރީ މަހު އެރަައިވަލްސް 14.3 ޕަސެންޓު ދަށްވި ކަމަށާއި، މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނި އެ އަދަދު 22.8 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ.

"ޓޫރިސްޓުން އަންނަ އަދަދު މިހާރު ދަށަށް ދަނީ ވަރަށް ބާރަށް، މިހާރު މިދާ ގޮތަށް ދަންޏާ މި އަހަރު ނިމޭ އިރު 35 ޕަސެންޓްގެ ދަށްވުމެއް އަޅުގަނޑުމެންނާ ކުރިމަތިވާނެ،" ރައީސްް ވިދާޅުވިއެވެ.

މިދިޔަ އަހަރު ނިމުނުު އިރު ރާއްޖެއަށް ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ، 653.34 މިލިއަން ޑޮލަރެވެ. އަދި މި އަހަރަށް ފާސް ކުރި ދައުލަތުގެ ބަޖެޓުގައި ލަފާކޮށްފައި ވަނީ ދައުލަތަށް އާންމުދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ވަކަރު

  ގެއްލުންވާނެ ބޯކޯށްދިރުވާލީމަ ދެންކެވޭނެ ވަރު ހިތަށް އަރަނީ........،

  17
 2. ހުސޭނުބޭ

  ތި ބުނާ ފައިސާއެއް ބައިތުލްމާލަށް ވަނަސް ރައްޔިތުންނަށް ކުރާ ފައިދާއެއް ނެތް! މަދުވެއްޖިއްޔާ ފަހަރުގައި ކަލޭގެ އައުވާނުންގެ ޖީބަށް ވަންނަ އެތިކޮޅު މަދުވެދާނެ ތޯއްޗެއް!

  19
 3. ބުއްޅަކޮސް

  މިއަހަަރު ދައުލަތއް 450 ޑޮލަރު ގެއްލުން ވާނެޔޭ ކިޔައިގެން އެއުޅެނީ އެލާރިގަނޑު ކާލަން..

  22
 4. ސިކަންދަރު

  ބަޔަކު ޙިޔާލް ކުރާހާ ގޮތަކައް ނުވާނެ އެއްވެސް ކަމެއް ކިތައްމެ ވަރަކައް ތަދްބީރު ކުރިޔަސް ތަގްދީރްގަ ނެއްކަމެއް ކިހިނެއްތޯވާނީ މިހާރުވެސް ބައްލަވާ ރިކޯޑިންގް ތައް ހުންނާނެ ބޮޑާކަމާ ކިބުރުވެރިކަމުގެ ބަސްތައް އިއްވާ ރައްޔަތުން ބިރުގަންނަވާލާ މިވެނިކަމެއް ކޮއްދެވޭނީ މިވެނި ބަޔަކު ހޮވާދިނީމަޔޭ ހޮވާ ނިމޭއިރައް ކޯލީޝަން ރޫޅާލާނަމޭ މިހީވަނީ އަމިއްލަ ބާރެއްގެ މަތީގައި އުޅޭބަޔެހެން

  14
 5. .......

  ތިޔަށްވުރެ ކަންބޮޑުވާންވީ އެކަކަށްވޮޔަސް މި ބަލި ޖެހިދާނެ ކަމަށެވެ...ގެއްލުމުން އަރައި ގަނެވިދާނެ އެވެ...ފުރާނަ އަނބުރާ ނުލިބޭނެއެވެ...450 މިލިއަން ޑޮލަރަށްވުރެ އެންމެ ފުރާނައެއްގެ އަގުވެސް ބޮޑުކަމުގައި ދެކޭށެވެ...އެހާރުން ތިގެއްލުމުން އަރައިގަންނަށް ފަސޭހަވެގެން ދާނެއެވެ...އިންޝާﷲ

 6. ނައީމް

  ބަލަގަ އިބޫބޭ ކުރިން ބޮއެކަޓުކުރަން ގޮވާލާފަ ވެރިކަން ލިބުނީމާ ތިޔަގޮވަނީ ކީޔެކޭ ތަޅޭ ބަލަގަ ވިސްނުން ތެރި ޔާމީން ރައީސްގެ ހިޔާލެއް ނިކަން އަހާލަބަލަ

  12
 7. ވިސްނާލުމަށް އެދެމޭ

  ކިހިނެ ރއިބޫ ދައްކާވާހަކަ ގަބޫލުކުރާނީ..ޓުއަ ރި،ަމްމިނިސްޓް ރީން ނެ ރެމުންދިޔަ ރިޕޯޓުތަކުން ފެންނަމުންދިޔައީ ކޮއްމެ މަހަކު ފަތު ރުވެ ރިން އަންނަ އަދަދު އިތު ރުވެ ރިކޯޑް ހަދަމުންދިޔަ ވާހަކަ..ދޮގުހަދަނީ ކާކުކަމެނޭގޭ ރައީސްކަމެ މިނިސްޓަ ރުކަމެ..ކޮ ރޯނާ ރާއްޖެއިން ފެނުނުތާ ދެހަފްތާނުވޭ..ކޮ ރޯނާއަށް ފޫޅުކަޑަން..

 8. ވަކަރު

  ބަލަ ހަމަޔާ ޢަދުލުވެރިކަމާ އިންސާފާގެއްލުނީމަ އެބަޔެއްގެތެރެއައް ބަލިމަޑުކަމާ ކޯފާޔާ ފޮނުއްވާނެ އެކިގޮތްގޮތައް

 9. ޑައެލޯގް

  ބަލަ ކަލޯމެން ބޭނުންވެގެން އުޅުއެތިދޯ ތިލިބުނީ ކަލޭމެނަށް، މީގެ ކުރިން ޔާމީނުގެ ވެރިކަމުގަ މިވެރިންގޮވީ ޓުވަރިސްޓުން ނައުމަށްކަމެއް މިހާރަކު ހަދާނެއްނެތްދޯ