ތިލަފުށިން މިހާރު ލިބެން ނެތް ގިނަ ހިދުމަތްތަކެއް އެއްތަނަކުން ލިބޭނެ ގޮތް ހެދުމަށް ތިލަފުށީގައި މަލްޓިޕާޕޯސް އިމާރާތެއް އަޅަން ނިންމާފައިވާކަމަށް މިހާރު ތިލަފުށީގެ ކަންކަން ބަލަހައްޓާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ބުނެފިއެވެ.

ކުރިން ތިލަފުށި ކޯޕަރޭޝަންގެ ނަމުގައި ހިންގަމުން އައި އެ ކުންފުނިން ބުނީ، އެ އިމާރާތް އެޅުމަށް މިހާރު ކުރިއަށް ދަނީ އީއައިއޭ ހެދުމުގެ މަސައްކަތް ކަމަށެވެ.

މި އިމާރާތް އެޅުމަށް ނިންމާފައި ވަނީ ބާ ތިލަފުށި ސަރަހައްދުގައެވެ.

އެ ކުންފުނިން ތިލަފުށީގައި މިހާރު ހިންގާ ޕްރޮޖެކްޓަތަކާއި ގުޅޭގޮތުން "ވަގުތު" އަށް މައުލޫމާތު ދެެއްވަމުން ކުންފުނިގެ ޕްރޮޖެކްޓް ޑިޕާޓްމެންޓްގެ ހެޑް މުހައްމަދު ވަސީމް ވިދާޅުވީ، ބާތިލަފުށި ސަރަހައްދުގައި މަލްޓިޕާޕާސް އިމާރާތެއް އެޅުމަށްޓަކައި ބިޑަށް ހުޅުވާލައިގެން އޭގެ އާކިޓެކްޓަރަލް ޑީޓެއިލް ޑްރޯވިންގއެއް ތައްޔާރުކުރަމުންދާ ކަމަށެވެ. އެމަސައްކަތް ނިމުނުހާ އަވަހަކަށް އަމަލީ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރަކާއި ހަވާލުކުރާނެކަމަށް ވަސީމް ފާހަގަކުރެއްވިއެވެ.

"އެ ނިމުނުހާ އަވަހަަކަށް އަޅުގަނޑުމެން މި އަހަރު ތެރޭ މަސައްކަތް ފަށައިގަތުމަށް އޮތީ". ވަސީމް ވިދާޅުވިއެވެ.

ވަސީމް ވިދާޅުވީ، ތިލަފުށި އެކެއްގައި މި އިމާރާތް އެޅުމާއެކު، އެ ރަށަށް ވަރަށް ބައިވަރު އާ ޙިދުމަތްތަކެއް ލިބިގެންދާނެ ކަމަށެެވެ.

"އެ އިމާރާތުގެ ތެރޭގައި ބޭންކިންގ ސާވިސް އާއި، މަނީ ޓްރާންސްފާ ސާވިސް އާއި. އަދި އޭގެ އިތުރަށް ސުޕާމާކެޓާއި އަދި ކުދި ކުދި އޮފީސްތައް ދޫކުރުމާއި އަދި ކޮންމެވެސް ވަރެއްގެ ލޮޖިސްޓިކް ހިދުމަތްތަކެއްވެސް ދެވޭނެ". ވަސީމް ވިދާޅުވިއެވެ.

އެ ކުންފުނިން ގަބޫލުކުރާގޮތުގައި އެ އިމާރާތް ވެގެންދާނީ ތިލަފުށީގެ މަލަމަތި ބަދަލުކޮށްލާނެފަދަ އިމާރާތަކަށެވެ. އެތާގައި އަޅަނީ ހަތަރުބުރީގެ އިމާރާތެކެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ތިލަފުށި ތަރައްޤީ ކުރުމަށް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މަގުތައް ހެދުމާއި ތިލަފުށިން ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އާލު

  ތިލަފުށި މިހާރު ވަރަށް ބެސްޓް. ދެން ބޭނުންވަނީ ގުޅީފަޅުން ދޭ ހިދުމަތްތަށް ރަނގަޅުވާން.. މިވެރިކަމުގައި ގުޅީފަޅު ހިންގުމަށް ކުރިން ތިބި ވެރިންގެ އިހުމާލު އެތަނަށް އަރާލީމަ ފެނޭ..މުޅިރަށް ހީވަނީ ބޮޑު ގޮނޑެއް ހެން..ނަމާދުކޮށްލެވެނީ ވެސް ހެޑްއޮފީހުން ހުއްދަލިބިގެން.
  ހީކުރަން މިފަހުން ރައީސް ގެންނެވި ބަދަލުން ގުޅީފަޅަށް ހެޔޮބަދަލެއް އަންނާނެކަމަށް.

 2. ފެނޭދޯ

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ކާޅު ހެދުންލައޭ ދަ ފެގް ކާ ދަ ތެޔޮބިޑިބޯ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕއިންޓް. ގުޑް ގުޑް.

 3. ޖައްސާތި

  ތިލަފުށީ ބިން ހިއްކަން ހަފުތާއެއްގެ ތެރޭގައި ފަށަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ މިފަހަރު ތިލަފުށީ ފަޅު އެއްކޮށް ހިއްކާލާ ތިލަފުށި އިރުން އޮތް ބޮޑު ފަޅު ހިއްކާލާ އަދި ގުޅިފަޅު ހިއްކާލާ މިތަން ތަނުން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނި ތަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކޮންމެ ކުންފުންކަށް 5000 އަކަފޫޓްގެ ބިން 100 އަހަރަށް ކުއްޔަށް ދޭނެ ކަމަށް. މިހެން ވެއްޖެނަމަ މާލެ ސަރަހައްދުގެ އިންފްލޭޝަން ޑްރޮޕް ވާނެ އަދި މާލޭގައި ކުއްޔަށް ހިފާފައި ހުރި ގުދަން ތައް ވެސް މަދުވާން ފަށާނެއޭ. މާލޭގެ ހުޅަނގު ފަރާތް އެއީ މާލެ ސަރަަހައްދުގެ އިންޑަސްޓްރިއަލް ޕާރކް ކަމަށް ހަދާ މާލެ އާއި ވިލިގިލި އާއި ގުޅިފަޅާއި ތިލަފުއްޓާއި ދެމެދު ބްރިޖް އަޅާ މާލޭގެ ހުރިހާ ޕްރައިވެޓް ވެހިކަލްސް ތައް ޕާރކް ކުރަން ވެސް މިތަނަށް ފޮނުވާލަންވީއޭ. އެއިރުން ދެން މާލެ ލިޓިލް ޓޯކިޔޯ އަށް ބަދަލުވެގެން ދާނީ.