މީގެ އެއް އަހަރުކުރިން ބަޔަކު ތޫނު ހަތިޔާރުން ހަމަލާދީ މަރާލި ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހިނގާލުމެއް މާލޭގައި ބާއްވައިފިއެވެ.

މިއަދު ހަވީރު ބޭއްވި މި ހިނގާލުމުގައި ޔާމީންގެ ބައްޕަ އާއި އާއިލާގެ ބައެއް މެމްބަރުންނާއި ބައެއް ރައްޓެހިން ބައިވެރިވިއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެމްޑީޕީގެ ބައެއް އިސްވެރިން ވެސް މި ހިނގާލުގައި ބައިވެރިވިއެވެ.

މި ހިނގާލުމުގައި ވަނީ ޔާމީންގެ މަރުގެ މައްސަލައިގައި ކުރިޔަށް ގެންދާ ޝަރީއަތް ސިއްރު ނުކުރުމަށާއި އެ ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ގޮވާލާފައެވެ.

މި ހިނގާލުމުގެ ވަކި ހިސާބަކުން އާއްމުންނާއި ފުލުހުންނާއި ދެމެދު ވަނީ ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ވެސް ހިނގާފައެވެ. އެގޮތުން ފުލުހުން ވަނީ ހިނގާލުމުގައި ބައިވެރިވި ދެ މީހަކު ހައްޔަރުވެސް ކޮށްފައެވެ. ނަމަވެސް އެ ދެ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހިނގާލުމުގައި ވާހަކަދައްކަމުން ޔާމީންގެ ބައްޕަ، ހުސެއިން ރަޝީދު ބުނީ ޔާމީންގެ މަރަށް އިންސާފު ބޭނުންވާ ކަމަށާއި މި މަސައްކަތަށް ވީހާވެސް ގިނަ ބައެއްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ޔާމީން މަރާލީ، އޭނާ މަސައްކަތް ކުރި އޮފީހުން ގެއަށް ދާން ނުކުތުމުން، މަގުމަތިން ބަޔަކު ފާރަލަމުން ގޮސް، އޭނާ ގެ އަށް ވަން ވަގުތު އެވެ. ޔާމީން މަރައިލި މައްސަލައިގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ. މި މީހުން ޔާމީން މަރާލީ "ދީނީ ހިޔާލުތަފާތުވުންތަކާ" ހެދި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޔާމީން މަރައިލި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ހަތް މީހުންނަކީ ހ. އަންނާރުމާގޭ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާން ނ. ކުދެހިގޭ، ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްސަލަ އެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އޭނާގެ ގާތިލުން ނޫން ކަމަށް ޔާމީންގެ އާއިލާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަހަށްދޭބަލަ

    ތަމެން ދެއްކުން ތެރިކަން ދެއްކުމަށް ޓަކައި ތިޔާ ކަން ކުރި ނަމަވެސް ޔާމީން ރަޝީދުގެ މައިން ބަފައިން ގާތު ބުނޭ އެމެން ގެ ފަރުވާ ކުޑަ ކަމުންނޭ އެމެންގެ ދަރިފުޅު މަރާލީ. ދެން ތަމެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ. ރަންރީނދޫ ޓްވިޓަރޭ މެން ދެން މަަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ.

  2. އެލޫ

    ލާދީނީ ބޮށްތައް . ކޮބާ އިންސާފަކީ ؟

    މަރަށް މަރު ހިފަން ދެކޮޅު ބަޔަކަށް ދެން ކޮން އިންސާފެއް ލިބޭނީ ލޮލް

  3. ވަރައް ދެރަ!

    ޔާމީނުއަކީ ފަސާދަކޮށް މާތް ﷲ އަށް ފުރައްސާރަކުރި އިންސާނެއް. ޑިމަކުރަސީގައިވެސް ދީންތަކަށް ފުރައްސާރަ ކުރުން މަނާއިރު ކީއްވެބާ ފުއްޕާހަމުގެ މީހުން މީނައަށް ސަނާ މިކިޔަނީ؟ ހާއްސަކޮށް ޑިމަކުރަސީއަށް ތާއިދުކޮށް އަޑުއިފުލާމީހުން މި ފުރައްސާރަކުރާ މީހާގެ އަމަލުތައް ރަނގަޅުކުރަނީ؟

  4. ސީލާސީލާ

    މީ ހަމަ މީޑިއާ އިން ފަލަ ސުރުޚީ އެއް ހޯދަން ވެގެން ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމް ކޯރޭ ދަ ބަނޑު ދޮންނައޭ މެން ޖައްސާ ފޭކް ގޭމްސް ތަކޭ ތަމެން މަހަށް ދޭބަލަ ދެން. ވެރިކަން ވެއްޓިއްޖެތޭ ނޫން ނުވެއްޓުނުދޯ. ދެން ސީލަ ބަލަ ތަމެން ދެފައި ދަނޑި އަށް. ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ ދޯ.

  5. ބޮލިހިލާ

    ތިޔާއީ ތަމެން ޔާމީން ރަޝީދު މަރުވެގެން އޭނާ އަށް އިންސާފު ހޯދަން ކުރާ ކަމެއް ނޫނޭ ތިޔާއީ ތަމެން ލޯ ބޮޑު ކަޅު އައިނު އަޅައިގެން ތިބެ ތިއްތި ކޮޅު އިޝްތިހާރު ކުރަން ކުރާ ކަމެކޭ ރަންރީނދޫ ޓްވިޓަރޭ ގަމާރު ބީތާއިން ތަކާއޭ މަަމެން ބުނަން ނެތީމު ދޯ. ތަމެން ދެން ދަގަ ހުޅުދޫ ދިގު ފަރަށް ބޮލި ހިލަން. ދަގަ ދަގަ ބޮލިހިލަން. ބޮލިހިލާދޯ.

  6. އަބްދުއްލާ

    މީހަކު މަރުވުމަށްފަހު އިންސާފު ލިބޭނީ ގިޔާމަތް ދުވަހު

  7. އާބިދާ

    ކޮންމެކަމެއް ސިޔާސީކޮއްގެން އުޅުމަކުން ކުރާނެ ފައިދާއެއް އޮންނާނެކަމަކަށް ނުދެކެން، ތިމައްސަލަ އިންސާފު ވެރިކަމާއެކު ތަޙުޤީޤު ކުރަމުންދަނިކޮށް ތަހުޤީޤު ކުރާފަރާތްތަކަށް ތުހުމަތުގެ އިގިލިދިއްކޮށް އެފަރާތުގެ މައްސަލަވާކަމާށް ދޭހަވާގޮތަށް ކަންތިކުރަނީ ސިޔާސީ ބޭނުމަށް ފޮޓޯ ނެގުމަށް، ސިޔާސީ ޕާޓިއަކުން ބޭނުންވެގެން ކުރާކަމެއްތީ