ކޮވިޑް-19 އާ ގުޅިގެން ހދ. ކުޅުދުއްފުށީގައި އިމާރާތްކޮށްފައި ހުރި ލޯކަލް މާރުކޭޓު، ފްލޫ ކްލިނިކަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިސް ނަގައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި ރަށުގެ ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށް ހޮސްޕިޓަލް އިން ބުނެއެވެ.

އެ ހޮސްޕިޓަލްއިން ބުނީ އެ މަސަަަތްކަތުގައި އެ ރަށުގެ ގިނަ މުއައްސަސާތަކުގެ މުއްޒަފުންގެ އެއްބާރުލުން ލިބޭ ކަމަށާއި ވީ އެންމެ އަވަހަކަށް ކްލިނިކް ހުޅުވި އާންމުންނާއި ހަމައަށް ޙިދުމަތް ފޯރުކޮށް ދިނުމުގެ މަސަތްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުޅުދުއްފުށީގެ ލޯކަލް މާރުކޭޓު، ފްލޫ ކްލިނިކަކަށް ބަދަލު ކުރަނީ

އެގޮތުން ކްލިނިކް ތައްޔާރުކޮށް، ވާން ޖެހޭ އެހެނިހެން ތައްޔާރީތައް ވަރަށް ހަލުވި ސްޕީޑެއްގައި ކުރަމުން އަންނަ ކަމުގައި ހޮސްޕިޓަލުން ބުންޏެވެ.

ކުޅުދުއްފުށީގެ ލޯކަލް މާރުކޭޓު، ފްލޫ ކްލިނިކަކަށް ބަދަލު ކުރަނީ

ކުޅުދުއްފުއްޓަކީ އުތުރުގެ ވެރިކަން ކުރާ ރަށުގެ އިތުރުން ސަރުކާރުން ދާދި ފަހުން ސިޓީއެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ރަށެކެވެ. އެ އަތޮޅުގެ ގިނަ ބަޔަކު އެރަށަށް ޑޮކްޓަރަށް ދެއްކުމާއި، އަދި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ވަރަށް ގިނައިން ގޮސް ހަދައެވެ.

ޒަމާނީ ހޮސްޕިޓަލާއި އަދި އެހެނިހެން ވަސީލަތްތައް ލިބެން ހުރި މި ރަށުގައި ފުލޫ ކްލިނިކެއް ހުޅުވުން އެއީ އާންމުންނަށް މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިދާނެ ކަމެއް ކަމުގައި އެ ރަށު ހޮސްޕިޓަލުން ބުންޏެވެ.