ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން ރާއްޖެއަށް 9،000 މާސްކް ޖަޕާނުން ހަދިޔާކޮށްފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ބޭރުގެ ގައުމުތަކުން ރާއްޖެއަށް އެތައް ގޮތަކުން އެހީތެރިވަމުންދާ ކަމަށެވެ. އެގޮތުން އިންޑިއާއިން ދާދި ފަހުން ވަނީ ރާއްޖެއަށް 53 ވައްތަރެއް ބޭސް ފޮނުވައި ދީފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންޑިއާއިން އެ ބައްޔަށް ފަރުވާ ދިނުމަށް ހާއްސަ ޑޮކްޓަރުންގެ ޓީމެއް ފޮނުވައިފައިވާ ކަަމަށާއި، ޗައިނާގެ ވޫހާން ގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް އެހީތެރިވެފައިވާ ކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

"ޖަޕާނުގެ ފަރާތުން ސާޖިކަލް މާސްކު ރާއްޖެއަށް ފޮނުވައިދީފައި ވޭ. އެގޮތުން 9000 މާސްކު ޖަޕާނުން ވަނީ ރާއްޖެއަށް ފޯރުކޮށްދީފައި." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ އެމެރިކާގެ ފަރާތުން 470 ބޫޓާއި 485 ކަވަރޯލާއި 400 އަންގި ރާއްޖެއަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެތަކެއްޗަކީ ކޮވިޑް-19 އާއި ގުޅިގެން ފްރޮންޓުލައިނުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ބޭނުންކުރުމަށް ދީފައިވާ ތަކެތި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެކުރިންވެސް ޖަޕާނުން ވަނީ ސާޖިކަލް މާސްކް ރާއްޖެ އަށް ހަދިޔާކޮށްފައެވެ. އެގޮތުން މިދިޔަ މަހުގެ ދެވަނަ ދުވަހު ޖަޕާނުން ވަނީ 9،000 މާސްކް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  މާސްކު އަޅަންވާނީ ބަލިޖެހިފައިވާ މީހުން އެކަނި ކަމަށް ސަރުކާރުން ބުނީ.

 2. ވާނުވާ

  ރައްކާތެރި ވުމުގެ ގޮތުން އަޅަން ހުރި ފިޔަވަޅުތައް އަދިވެސް އަޅަންވާ ވަރަށް އެޅުމުގައި ފަރުވާތެރިވާން ޖެހޭ. މިއަދުވެސް ބެންކޮކުން އައި މީހުނާވެސް ސުވާލެއްވެސް ކޮށް ނުލާ ދޫކޮށްލީމާ އެމީހުން އަތޮޅުތެރެއަށާއި އެކި ތަންތަނަށް ހަމަ އެ ފެތުރި ގަންނަނީ. ކައުންސިލް ތަކުން ވެސް ބެލިޔަ ނުދޭން މަސައްކަތް ކުރުމުގެ ބަދަލުގައި އެމީހުން ބަލާ ބެލުންތަކަށް ތަރުހީބު ދީ އެމީހުންގެ މަސައްކަތް ބަލައިގަތުން މުހިންމު

 3. ޙޭހެ

  ޖަޕަން ޗައިނަ މި ވަރަށް ދިލަތި އެހި ތަކައެއް އެހެންގަގުމުތަކަށްވެސް މިދަޅިވަޅުގައި ދެމުން އަންނަ ދެގައުމުކަން ފަހަގަ ކޮށްލަން

 4. ތިމަންނަ

  ތިޔައީ ޚިޔާލީ އެއްޗެތި ތޯ … އެއްވެސް ބޭސް ނަންބަރަކުން ސެނިޓައިޒަރެއް މާސްކެއް ނުލިބޭ …..