އެއްޖިންސުން ގުޅުން ހިންގުމަށް ދޭހަވާފަދަ ގޮތަކަށް ފިރިހެނަކާއި ވާހަކަ ދައްކައި އޭނާ އާއި ބައްދަލުކުރަން އުޅުނު ފުލުހެއްގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން މިހާރު މި މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް، ފުލުހުންގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ހަވާލާދީ "ވަން އޮންލައިން" ގައި ވަނީ ބުނެފައެވެ.

ފުލުހުންގެ ތަރުޖަމާނާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވާ ގޮތުގައި، "އެއްޖިންސުގެ ފިރިހެނަކާ ބޭއަދަބީ ބަހުން ބަދުއަހުލާގީ އަމަލު ހިންގަން ދޭހަވާ ގޮތަށް ވާހަކަދައްކައި، އޭނާއާ ބައްދަލުކުރަން މަސައްކަތްކޮށްފައިވާ މައްސަލައެއް" ފުލުހުންގެ އިދާރާ އިން ދަނީ ބަލަމުންނެވެ. އަދި އެ މައްސަލަ ހުށަހަޅާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ 2:21 ހާއިރު ކަމަށް ތަރުޖަމާނާއި ހަވާލާދީ އެ ނޫހުގައި ބުނެފައި ވެއެވެ.

ފުލުހުން މިހާރު މި މައްސަލަ ބަލަމުންދާއިރު، މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މައްސަލަ އާއި ގުޅުންހުރި ފުލުސް މީހާއާއި ބެހޭ މަޢުލޫމާތެއްވެސް އެނގިފައެއް ނުވެއެވެ.

މި މައްސަލަ އާއި ގުޅިގެން މައްސަލަ އާއި ގުޅުންހުރި ފުލުސް މީހާ އާއި މެދު އަދި ފިޔަވަޅެއް އަޅާފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހުސޭނުބޭ

    އިޒްމިޔާ އެ ޕޮލިސް މީހާހަށް ހަދާންކޮށްދީބަލަ ދުނިޔެއިން އަދި އަންހެނުން ހުސްނުވާކަމަށް!

    115
    9
  2. ޝައިހާ

    އައްޗީޑި...

    82
    8
  3. ފަހަރި

    ނަން ހާމަ ކުރަން ވާނީ ރިހާކުރު ފުޅި ވަގުގެ އެކަނި

    106
    6
  4. ޙަސަން އަޙުމަދު

    ތިޔަވާނީ ކޮވިޑް 19 ގެ ފުލުހަކަށް

    54
    8
  5. ބުުއްޅަ އެކުސް

    އޭނަ އަށް ހެޔޮނަސޭހަތް ދީ ވިސްނައިދީ ޝައިހުންގެ ޓީމެއް އޭނައަށް ނަސޭހަތް ދޭއް ފޮނުވަން ފެންނަނީ

    79
    12
  6. ކާފޫރު ތޮޅި އަލިބޭ

    މި ޚަބަރު ކިޔަން ޖެހެނީ 18 އަހަރުން މަތީ މީހުން

    62
    9
  7. އާދިލް

    ތިކަހަލަ ހުރިހާ ކަމެއްގަވެސް ތިމީހުން އުޅޭނެ. ފުލުހުންނޯ ..ލަދު

    69
    22
    • ާިަ

      ފުލުހުންގެ ތެރޭގަވެސް އުޅެނީ ދިވެހިން. ދިވެހި މުޖުތަމައު ގޯސްވެއްޖެނަމަ ފުލުހުން އެކަންޏެއްނޫން. ކޮންމެ މުއައްސަސާއަކުން ވެސް ފެންނާނެ. ތި ވިސްނުން އަދި ކަމަކު ނުދޭ.

      95
      9
  8. ސިނާން

    ކީއްވެ ޙަބަރު ވަންއޮންލައިން އަށް އެކަނި ދެނީ

    33
    4
  9. ހހހ

    މި މައްސަލަ ބަލަންވީ އެކަމަކު ވީޑިއޯ އާންމު ކުރުމުން އެމީހާގެ ދަރިންނަށް (ތިބިނަމަ) ވަރަށް ނޭދެވޭ އަސަރު ކުރާނެ. މި ދެންނެވީ އެކުދިން ބޮޑު ވެގެން އަންނައިރު ބުލީ ކުރުން ފަދަ ކަންކަން ދިމާވާނެ. ބައްޕަ ކުރި ކުށެއްގެ ސަޒާ ދަރިންނަށް ނުދެއްވާ. ކުރިމަގަށް ވިސްނަވާލައްވާ

    84
    1
    • ބޮޑު ހަސަންބެ

      ވީޑިއޯ އާންމުވެއްޖޭ ބުރޯ.

      27
      3
  10. ހައްވާދީއެ

    ފުލުހުންނަށް ޖެހޭ ބައްޔެއްތަތީ
    ބޭކާރު ގޮތުގަ މަގުމަތީ އުޅޭ މީހުން މިހިރަ ފަޅާއަރަނީ. ފުލުހުން މަގުތައް އަމާންވީމަ އުޅޭގޮތް ރައްޔިތުންނާ ނަހަމަ ގުޅުން އިތުރުކުރަނީދޯ. މިއީ އަދި އެކަކު. ބާކީ މީހުން ހާލަކީ ކޮބާތޯ

    19
    6
  11. ީއިންސާފު

    ތި ދެމީހުންވެސް ކުށްވެރިކުރަން ޖެހޭ .

    18
    2
  12. ވަށޯ

    ތިކުޅިވަރު އެތާ ތެރޭ ވަރަށް ގަދަ އަށް ހިންގާ.
    ޓު ޕޮރޮޓެކްޓް އެން ސާރވް...

    21
    1
  13. އައިޝް

    ކޮބާ މިނިސްޓަރުންގެ ކައްތައްތައް . މަސްއަލަ ބަލާ ވާހަކަ ކުރިން ބުނި.

    1
    1