އޭޑީކޭ ހޮސްޕިޓަލުގައި ހުރި ސެނަޓައިޒާ ފުޅިތަކެއް ވަގަށް ނަގައިފިއެވެ.

އެ ހޮސްޕިޓަލުން ވަނީ ފިރިހެނަކު ހޮސްޕިޓަލުގައި ހުރި ސެނަިޓައިޒާތައް ވަގަށް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ.

އޭޑީކޭ އިން ބުނީ އެ ސެނަޓައިޒާ ފުޅިތައް ބެހެއްޓީ އެ ހޮސްޕިޓަލުން ހިދުމަތް ހޯދަން އަންނަ މީހުން ބޭނުން ކުރުމަށް ކަމަށެވެ.

ނަމަވެސް ފަހަކަސް އައިސް އެ ސެނަޓައިޒާތައް ބަހައްޓާފައި ހުންނަ ތަންތަން ހަލާކުކޮށްލައިގެން ވެސް އެ ފުޅިތައް ނަގާ މައްސަލަ ދިމާވާކަން އެ ހޮސްޕިޓަލުން ބުންޏެވެ. މިފަދަ ކަންކަން ކުރުން ހުއްޓާލުމަށް ވެސް އޭޑީކޭ އިން ކުރި ޓުވީޓުގައި ގޮވާލާފައިވެއެވެ.

އޭޑީކޭ އިން ކުރި އިތުރު ޓްވީޓެއްގައި ބުނީ މިދަނޑިވަޅުގައި އެންމެންވެސް ޒިންމާދާރުވުން މުހިއްމު ކަމަށެވެ.

"މި ދަނޑިވަޅުގައި އެންމެވެސް ކަންބޮޑުވެ، ސެނަިޓައިޒާ ބޭނުންވެގެން އުޅޭ ކަން އެނގޭ. އެކަމަކު، މިފަދަ ދަށު ދަރަޖައިގެ ކަންކަން ކުރުމާއި ހޮސްޕިޓަލްގައި ހުރި ވަސީލަތްތަކުން ވައްކަން ކުރުން ހުއްޓާލައި، އެންމެން ވެސް ޒިންމާދާރުވާން ޖެހޭ،" އޭޑީކޭގެ ޓުވީޓުގައިވެއެވެ.

ސެނަޓައިޒަތައް މިހާރު ވަރަށް ބޮޑު ތަނުން އަގުބޮޑުވެފައިވާ އިރު، ސެނަޓައިޒާ ގަންނަން ގިނަ ފިހާރަތަކުން ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގައުމުގެދަރިން

    މީ ރައްޔިތުންނަށް ސެނަޓައިޒަރ ފަދަ ތަކެތި މި ފަދަ ހާލަތެއްގައި ލިބޭނެ ގޮތް ހަދައި ނުދީ ހުރީމަ ވާގޮތް. ރައްޔިތުން ތިބީ ކަންބޮޑުވުމެެއްގެ ތެރޭގައި. ޓީވީ ތަކުންވެސް ބޭރު ހަބަރުތަކުންވެސް ގޮވަނީ އަތް ދޮވެ ސެނަޓައިޒާ ބޭނުންކުރަން. އެކަމަކު އެއްވެސް ތާކުން ލިބޭކަށް ނުހުރޭ. މާސްކެއްހާ ހިސާބުވެސް. ސާކް ފަންޑަށް 3 މިލިއަން ސަރުކާރުން ލީގޮތަށް މިތަކެތި އޯޑަރު ކުރަން ފައިސާ ހުއްނާނެ. އަދިވެސް އަތުން ހަރަދެއް ނުކޮށް ގައުމުތަކުން އެހީ ލިބޭތޯ މަޑުކޮށްގެން ތިބުން މީ ރަނގަޅު ކަމެއްނޫން. މިދާވަރުން ދަންޏާ އަނގަމަތީ އޮތް މާސްކްވެސް އަދި ޖަހައި ގަންނާނެ. އޭރުންވެސް ގޯސްވާނީ މާސްކް ޖަހައި ގަންމީހާ.

    40
    54
    • ނާ

      އެއީ ޖާހިލްކަން މިކުރެވެނީ ފާފައެއްކަން ނޭގޭވަރު ކުދީންތަ އެއީި

  2. ޖިހާދު

    ނެގުން ލަސްވެސްވެއްޖެ އޭޑީކޭ އާއި އެސްޓީއޯގެ ފާރމަސީތަކުން ސެނެޓައިޒަރ އަދި މާސްކް ނުވިއްކާ ފޮރުވައިގެންއުޅޭތީވާގޮި ތިފެންނަންފެށީއަދި މުޅިގައުމުގެ ހުރިހާ ޓީވީ ރޭޑިއޯ ނޫސްތައް ފޯނަކަށް ގުޅިޔަސް މިކިޔަނީ ގިނަގިނައިން އަތްދޮވެ ސެނެޓައިޒަރ ބޭނުންކޮށް މާސްކް އަޅާޝޭ! ޢެކަމަކު ގަންނާކައްނުލިބޭ އެއްވެސްތާކުން ބޭރުގައުމުތަކުން ހިލޭ އެހީގެގޮތުގަވެސް ސަރުކާރައް އެބަލިބޭ އެކަމަކުވެސްފޮރުވާފަ؟! ކޮންބަޔަކައް ދޭންބާ ތިފޮރުވަނީ!!!!!؟؟؟؟؟؟؟

  3. Anonymous

    ރާއްޖޭގެ މުއްސަދިން އެސޮރުމެންނަށް ސެނެޓައިޒާ ހަދިޔާ ކޮށްބަލަ

  4. ާއަހުމަދު

    ފުޅި ވަގައްނެގިމީހާ ދޭޒާރު ކޮއްލެވިއްޖެ އަހަރެންގެ ފޯނު އޭޑީކޭ ކޮޓރިން ވަގަށް ނެގިމީހާ މޭނޭޖުމެންޓަށް ވެސް ނުހޯދުނު

    1
    1
  5. ނައީމް

    އަހަރެންގެ ބިލަށް 35000އެރީމާ ލުޔެއް ނުދެވުނު ތީވާ ހަރަދުބޮ