ރާއްޖޭގައި ކޯވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އައިސޮލޭޝަންގައާއި ކަރަންޓިން ފެސިލިޓީސްތަކުގައި ތިބި އެންމެގެންގެ ހާލު ރަނގަޅުކަމަށް، ޑރ.މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ކޮވިޑް 19އިގެ އެންމެފަހުގެ އަދާހަމަތައް ހިއްސާކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑ.މުރާދު ވިދާޅުވީ ކޯވިޑް-19އަށް ފައްސިވި މީހުންގެ ހާލު ރަނގަޅު ނަމަވެސް، އެ ބަލިން ރަނގަޅުވިކަމަށް ނިންމޭ ހިސާބަށް އެއިން އެއްވެސް ފަރާތެއްގެ ހާލަތު އަދި ނުދާކަމަށެވެ.

"ކޮވިޑް 19 ގެ ޕޮޒިޓިވް ކޭސެސް ގޮތުގައި އާއި އަދި އއ.ވެލިދޫ އައިސޮލޭޝަން ފެސލިޓީގައި ބަލަމުން ގެންދާ މީހުންގެ ހާލު މިވަގުތު އިރާދަކުރެއްވިއްޔާ ރަނގަޅު. އެއިން އެއްވެސް މީހެއްގެ ސިއްހީ އިތުރު މައްސަލައެއް އަޅުގަނޑުމެންނަށް ދިމައެއް ނުވޭ. ދެން އެނގިލައްވާނެ ފަދައިން އަޅުގަނޑުމެންނަށް 3 މީހަކު ނެގެޓިވް ކަމަށް ނިންމިފައި މިއޮތީ. އިތުރު މީހަކު ނެގެޓިވްކަމަށް ނިންމޭ ހާލަތަކަށް ނުއެއް ދޭ." ޑރ.މުރާދު ވިދާޅުވިއެވެ.

ޒަރޫޒީ ބޭނުމުގައި ގެއިން ނުކުންނަ މީހުންވެސް ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ޑރ.މުރާދުވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖެއިން ކޮވިޑް 19 އަށް ފައްސިވި 13 މީހުންގެ ތެރެއިން 3 މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ. އެހެންނަމަވެސް މި ބައްޔަކީ ބައެއް ހާލަތްތަކުގައި ރަނގަޅުވުމަށް ފަހު ވެސް ޖެހޭ ބައްޔެއްކަމަށް ވުމާއި އެކު، ކޮވިޑް 19 ޖެހުމަށް ފަހު ރަނގަޅުވި ފަރާތްތައްވެސް އަދިވެސް ތިބީ އައިސޮލޭޝަންގައެވެ.

މިވަގުތު ކޮވިޑް-19 އަށް ވަކި ޙާއްސަ ބޭހެއް ނުވަތަ ވެކްސިނެއް ނެތުމުން ރާއްޖޭގެ ޑޮކްޓަރުން ބޭނުންކޮށްފައި ވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އާއި އެހެން ގައުމުތަކުން ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައިވާ ބޭސްތަކެވެ.

ކިޔުންތެރިންގެ ހިޔާލު