ސިނަމަން ހަކުރާ ހުރާގައި ކޮވިޑް-19 އަށް ޓެސްޓުތައް ހެދި މީހެއްގެ ނަތީޖާ ލިބިފައި ނުވާ ކަމަށާއި އެ ކޭަސްއާ ގުޅިގެން ކަސްޓަމަސްގެ 17 މުވައްޒަފަކާއި އެމްއޭސީލްގެ 41 އިމިގްރޭޝަންގެ 1 ފަރާތަކާއި، ޓީއެމްއޭގެ 3 މުވައްޒަފެއް އެކަހެރިކޮށްފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތް ރިސޯޓެއްގެ ނަތީޖާ ނުލިބޭތީ އާއި އެ ކޭސްއާއި ގުޅިގެން އިތުރު މީހުން އައިސޮލޭޝަންއަށް ދިއުމަށް އަންގާފައިވާ ކަމަށެވެ.

"ސިނަމަން ހަކުރާ ހުރާގެ ސާމްޕަލްގެ ނަތީޖާ އަދި ލިބިފައެއް ނުވޭ. ނަމަވެސް މި ކޭސް އާ ގުޅިގެން އިތުރު ފަރާތްތަކެއް އައިސޮލޭޝަންއަށް ދިއުމަށް ވަނީ މިވަގުތު އެންގިފައި. މީގެ ހެމެނޭ ކަސްޓަމްގެ 17 މީހަކާ، އެމްއޭސީއެލްގެ 41 މީހަކާއި އިމިގްރޭޝަންގެ އެކަކާިއ ޓީއެމްއޭގެ ތިން ސްޓާފެއް،" މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު މިހާތަނަށް ފައްސި ވެފައިވާއިރު އޭގެ ތެރެއިން މިއަދާއި ހަމައަށް ފަސް މީހަކު ވަނީ ރަނގަޅު ވެފައެވެ.

ނަމަވެސް އައިޖީއެމްއެޗްގެ ހާއްސަ ޑޮކްޓަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ފަސް މީހަކު ރަނގަޅުވުމަކީ ބަލީގެ ރިސްކު ކުޑަވުން ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށެވެ. މިއީ ގޭގައި އެކަހެރިވެގެން ތިބުން ހުއްޓާލަންވީ ވަގުތު ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ރާއްޖެއިން ފެނިފައިވާތީ ސަރުކާރުން އަންނަނީ އެ ވައިރަސް އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅެތަކެއް އަޅަމުންނެވެ. އެގޮތުން ބައެއް ގައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އައުމާއި ރާއްޖެއަށް އަންނަ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. އެމްޑީޕީ ބުރޯ

  ސަރުކާރުން ރައްޔަތުންގެ ހައްގުގައި ކުރާ ބުރަ މަސަތްކަތަށް ތައުރީފު ހައްގު

  19
  10
 2. ޔާނު

  ސަރުކާރު ބަންދު! އެކަމު ޕްރައިވެޓް ސެކްޓާ ބަންދުކުރާކަށް ނާންގާ..ވަޒީފާއަށް ނުދަންޏާ ލާރިއެއް ނުލިބޭނެ ކަމަށް އަންގަނީ..ދެނޯ..

  20
  7
  • ކަނީރު

   ޔާނު ކަލެއަށް ތިހިރީ ކިހިނެއްވެފަބާ. ޕްރައިވެޓް ސެކްޓަރ ބަންދުކޮށްފިއްޔާ ކަލޭކައިބޮއިގެން އުޅޭނީ ކިހިނެއްބާ؟ ނަސީބެއްނު މިހާރުވެސް ފިހާރަތަކުން ޑެލިވަރ ކުރާކަންވެސް. އަނެއްކާ ތިގެއަށް އަހަރަކަށްވާވަރަށް ތަކެތި ބައްކުރީތަ؟

   2
   1
 3. މޯދީ

  މަބްރޫކްގެ ސަމާލު ކަމަށްގެނެސްބަލަ ނިކަން މިހާރުވެސް މިގަޑީގަވެސް ޔޮޓްތަކެއް އެތެރެކޮށްގެން އެބަ ހިދްމަތްދޭ ސަރުކާރުގެ ހާއްސަ ހުއްދައިގެ ދަށުންނޯ.. މީ ކިހިނެއްވާ ކަމެއް..ވަގުތު ނޫހުން އެޗް ޕީ އޭ އަށް ގުޅާބަލަ މި މީހުންގެ ބޮޑުން ކުރުވާ ކަމެއް ކަމަށް ވަނީ...މި ކުންފުންޔަކީ ރާއްޖެއަށް ކުރޫސް ޝިޕް ތަކާ ޔޮޓްތައް ގެންނަ ކުންފުންޔެއް

  19
  4
 4. ދެރަ

  މި ފަދަ ބިރުވެރި ހާލަތަކަށް ގައުމު ވެއްޓިފައިވާ ދަނޑިވަޅެއްގައި ރާއްޖެއަށް ގެސްޓުން އެތެރެ ކުރާތީ ރައްޔިތުންނަށް މިވަރުގެ ތަކްލީފަކާ ބިރުވެރިކަމެއް މި ކުރިމތި ވަނީ. ގެސްޓުން އެތެރެ ކުރުން ހުއްޓާލާނީ ރާއްޖް ސަލާމަތް ނުވާ ދަރަޖައަކަށް ބިރުވެރިކަން ފެތުރުނީމާތޯ އަހާލަން ބޭނުންވޭ. ރައްޔިތުންނަށްވާ ވަރަށް ބޮޑު ގައްދާރު ވުމެއް މިއީވސް

  38
  3
  • ކަނީރު

   ކަލޮއަށް ކީއްވެ ޝުކުރުކުރަން ނޭނގިގެން ތިއުޅެނީ. ތެޅިބޭލިއަކަސް ނުވާނެ

   • ފަލަޑޭ

    ތެޅި ބާލާނެދޯ އަހަރުމެން 100 އަކަފޫޓުގެ ތަންކޮޅެއްގަ ކަރަންޓީނު ވެގެން ތިބެން ޖެހުނީމަ.

 5. ބީރު

  ކުޑަ ދުވަސް ކޮޅަކަށްވެސް މި ސަރުކާރަށް އެއާޕޯޓް ބަންދު ނުކުރެވިގެން އެ އުޅެނީ ދައުލަތުގަ ހުރިއްޔާ ހުރި ލާރި އއެއް ޕާޓީ މީހުންނައް އެކި ނަންނަމުގަ ބަހާ ހުސްކިރީމައޭ.
  ޖެނުއަރީ އާ ހަމަ އަށް ވެސް ހެސްކިޔާފަ ގެސްޓުން އައި.

  ގެ އެއްގަ ވިޔަސް ލާރި ގެންގުޅެން ނޭނގިއްޖިއްޔާ ދަތި ކަމެއް ޖެހޭިރު އަތުގަ މުކޮސްވެސް ނޯންނާނެ .

  ވެރިމީހާގެ ޒިންމާއެއް އެއީ ރައްޔިތުންނަށް ރަށްކާތެރިކަން ހޯދާދިނުން.
  މިފަދަ ދަނޑިވަޅެއްގާ ކުޑަ ޑޮލަރު ކޮޅަކައްޓަކާ ވައިރަސްތައް ރާއްޖެ އަށް އެތެރެ ކުރަންވީ އެއް ނޫން .
  ރިސޯޓް ގަ ވެސް އެބަތިބި ދިވެހި ރައްޔިތުން .
  ބަނދު ކޮއްފަ ތިބީ .
  ޢެމީހުންގެވެަސް އަނބިދަރިން ތިބެ. ތިބީ ހިއްދަތިކަމުގަ.
  ސަރުކާރު ބަންދުކޮށް ސަރުކާރު މުއައްޒަފުންނާ އެމީހުންގެ އަނބި ދަރިން ގޭގަ އުފަލުގާ ތިއްބަސް.
  އެހެން މީހުންނާ މެދުވެސް ވިސްނާ.
  ރައްޔިތުން ކައިގެން ބޮއިގެން ތިބެން ރިސޯޓް މުއައްޒަފުން ޤުރްބާން ނުކުރޭ !

 6. މުބީނު މާރނީ

  ގެސްޓުން އެތެރެ ކުރުމަކީ އިބޫ އަށް ދައުވާ ކުރެވެންޖެހޭނެ ކަމެއް.

 7. ޓީ އެމް އޭ ސުޓާފުން

  ރައްޔިތުން ނައް ޓަކާ ކުރެވުނު އެއްވެސް ކަމެއް ނެތް. ކުރަހާ ވެސް ކަމަކީ . މި ބަލި ރާއްޖެ ގެނަސް ޑޮލަރު ގެ ދަހިވެތި ކަމުގާ ރައްޔަތުން ކޮވިޑައް ގުރުބާން ކުރުން .

  7
  1
 8. ދިވެހިސޮރު

  ޓީއެމް އޭގެ މުވައްޒަފަކު އެބަ ނިކުމޭހެން ހީވަނީ ބޭރަށް. ވަރަށް ދެރަކަމެއްމީ. މިމީހުން އެނގޭނެގޮތެއްް ނޫނީ ތިބިތަނެއް އެނގެން ޖެހޭ ބޯޑުޖަހަންޖެހޭ. އެޑްރެސް ތައް ބުނެބަލަ ފޮޓޯޖަހާބަލަ

 9. މިރުޝާނު

  މިހާރުންމިހާާރައް ފަތުރުވެރިން އައުން ހުއްޓުވަންޖެހޭ މިވަބާ އަކީ ފަތުރުވެރިންގެތެރެއިން ޖެހޭބައްޔެއް އަދި އިސްލާމްދީނާ ދެކޮޅު ފިކުރުފަތުރާ ގައުމުތަކަށް ހައްދެއްނެއްވަރައް ޖެހެމުން އަންނަ އެއްޗެއް ވިސްނާފިކުރުކުރުކުރާ ބަޔެކައް އިބުރަތެއް ލިބޭވަރައް މިބަލި ޖެހުނު ގައުމުތަކުން ކަންކަން ފެންނަން އެބަހުރި.

 10. ބްރޯ

  އިޓަލީން މީހުން އައުން ނުހުއްޓުވާ ލަސްކުރުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކްލީފް އުފުލަންޖެހުނު މައްސަލާގަ އިބޫއާ ނަސީދު އަށް ދައުވާކުރަންޖެހޭނެ.