އިންޑިއާ އަސްކަރިއްޔާއިން ސީދާ ހަރަކާތަށް ނިކުމެއްޖެ ކަމަށް، ރައްޔިތުންގެ މަޖިލީގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިގޮތަށް ވިދާޅުވީ މިރޭ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި އޭނާ ވިދާޅުވީ، އިންޑިއާ ކަނޑުގެ ސިފައިންނާއި އެއާފޯސް އަދި ކޯސްޓްގާޑު ހިމެނޭ ގޮތަށް އެޤައުމުގެ ސިފައިން ސީދާ ޙަރަކާތަށް ނިކުމެފައިވާ ކަމަށާއި، "މިއީ ރައީސް ޔާމީނަށް އިލްހާމް ނުވާގޮތަށް ފެއްޓެވި ޙަރަކާތެއް" ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ކުރަން އުޅުނު ބަޣާވާތް ނާކާ‏މިޔާބުވުމުން، ގަދަބާރުން ވެރިކަން އަތުލައިގަތުމަށް އެފަރާތްތަކާއި ބައިވެރިވެ ރާއްޖޭގައި ލޭއޮހޮރުވުން ހިންގުމަށް ބޭރުގެ ސިފައިން އައުމަށް އެފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

އިދިކޮޅު ޙަރަކާތްތަކަށް ޢާންމުންގެ ތަރުޚީބު ކުޑަވެ، އިދިކޮޅުގެ ރޭވުތައް ނާކާމިޔާބުވުމުން މުސްތަފާ ފަދަ އިދިކޮޅުގެ އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކުން ދަނީ ރާއްޖެއަށް ޤައުމުތަކުން ކުލީ ސިފައިން ގެނެސް ދިވެހި ސިފައިންނާއި ކުރިމަތިލުމުގައި ބޭރު ޤައުމުތަކުގެ މަދަދަށް އެދެމުންނެވެ.

ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން ފާއިތުވެދިޔަ ދުވަސްތަކުގައި އިތުރުވެފައި ވަނީ، މިދިޔަ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި "އާދަޔާއި ޚިލާފު" އަމުރަކަށްފަހުއެވެ. ރިޝްވަތުގެ ނުބައި ރޭވުމެއްގެ ތެރެއިން ކޮށްފައިވާ އެ އަމުރުގައި، ޖަލުގައި ބަންދުކޮށްފައި ތިބި ނުރައްކާތެރި ގައިދީންތަކެއް ވަގުތުން މިނިވަން ކުރުމަށް އަންގާފައިވާއިރު، ރާއްޖޭގެ އަމާންކަމާއި ސަލާމަތަށް ނުރައްކާވާނެފަދަ އެތައް ކަމެއް އެ އަމުރާއި އޮތީ ގުޅިފައެވެ.

ސުޕްރީމް ކޯޓުގެ އަމުރާއި ވިދިގެން، ބަޣާވާތެއް ގެނައުމަށް އިދިކޮޅު ފަރާތްތަކުން އަވަސްވެގަތްއިރު އެފަރާތްތަކުގެ ރޭވުންތައް ނާކާމިޔާބުވުމުން މިހާރު އިދިކޮޅު ލީޑަރުން ދަނީ ރާއްޖެއަށް އެކި ގޮތްގޮތުން ގެއްލުންދޭނެކަމަށް ބުނެ ތަފާތު އެކި އިންޒާރު ސަރުކާރާއި ދިވެހި ފުލުހުންނާއި ސިފައިންނަށް ފާޅުގައި ދެމުންކަން ފާހަގަކޮށްލެވެއެވެ.

އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ހަމަނުޖެހުން ހިންގުމަށް އެންމެ ބޮޑަށް އެހީއަށް އެދެމުންދަނީ އިންޑިއާގެ ކިބައިން ކަމުގައިވާއިރު، އެޤައުމުން ރާއްޖޭގެ ދާޚިލީ ކަންކަމުގައި ބަސްބުނަން ފެށުމުން ޗައިނާއިން ވަނީ އެކަމަށް ރައްދު ދީފައެވެ. އެގޮތުން އިންޑިއާ އިން އެއްވެސް ވަރެއްގެ ބާރުގެ ބޭނުމެއް ކުރަން ވިސްނާ ދިވެހިރާއްޖެއަށް ސިފައިން ފޮނުވާނަމަ އެކަން ޗައިނާ އިން ހުއްޓުވާނެ ކަން އިންޑިއާ އަށް ހަނދާން ކޮށްދޭކަމަށް ޗައިނާ ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. މ

    ތިކަމުން އުފާ ލިބޭނީ ހަމަ ތި ގައްދާރުންނަށް..

  2. ކާފަ

    އިންޑިއާ ސިފައިން އައިސްފިނަމަ ފުރަތަ އައްޑަނައަކަށް އަތުރާލާމީ މުސްތަފާއާއި އާއިލާ. އެކޮޅުން އަރާއިރަށް މިކޮޅުން ކަން ނިންމާލާނަން

    • ތުއްތަފާ

      ކުޅި ދައްކާލާނަން. ތުއްތަފާމެން ހީނުކުރާތި އެއީ ވަރަށް އާދައިގެ ކަމެއްކަމަށް. ލޭއޮހޮރޭނީ ހުސްއެކަނި ސަރުކާރުގެއެއް ނޫން. ތުއްތަފާގެ އާއިލާވެސް އޮތްކަން ހަނދާންނެތުނީ އެ.

  3. Anonymous

    މަގޭ ގައުމާ މަގެދީނާ މަގެ އަމުނާ ނުކުޅެއްޗޭ...ސާބަހޭ ރައީސް.. ގަޓް ރައީސް

  4. ދޮންބެ

    އަޅެ މީމީހުންގެ ބޯހަޖެހޭތޯވެއްޖެ ކޮންމެސް ބަޔަކު ބަލަން ވެއްޖެ ހެޔޮ 80 ހަސް ރުފިޔާ ދިފަ ބައިތިއް ބާކައް

    • ޔއގ

      މަގެ ފޯކާ ކުޅުނަސް މަގެ ބިލަތާ ނުކުޅެއްޗޭ.....

  5. ޙ

    ޑްރާމާ ކްއީންތައް..ދޭ މުހައްމާޔާ އެކު ފިލްމު ކުޅެން..

  6. މޮޔަ ގޮލާ

    ކުލީ ސިފައިން ނުގެނެސް ފުރަތަމަ ރައްޔިތުންގެ ފައިސާއިން ނަގާފަ ހުރި ދަރަނި ތަށް އަދާ ކޮއްބަލަ...އެދަރަނި ތަށް ބޮޑުކަމުން ތިއުޅެނީ އަންނި އަށް ޗިޕް ޖަހައިގެން އެބައި އަޑިއަޑިން ދުއްވާލާކަންނު..އެކަމަށް ނިވޭހެ...އެކަން ވާނީ އެސޮރު އަދި ހޮވުނިއްޔަކާ އެއްނު..އޭނަ އެއް ނުހޮވޭނެ ހަމަ ގައިމުވެސް...އެކަން ވަރަށް ސާފު....ދެން މަޑު ކޮއްލާ ޖަލާހިސާބަށް ދެވެންދެން...ތިގޮލާ ގޮޅިއަށް ފައްތާލާނަން މިފަހަރު...ލުއްޗާ

  7. ތުއްތަފާ

    ބަލަ ކަލޯގަޔާ ކަލޭ މިހާރު ހެވިފަ ހުއްޓަސް އެ މީހުން އައީމަ ކަލޭވެސް ތިބެންޖެހޭނީ ސައިޒުގަ. ކަލޭގެ މެމްބަރުކަމެއްވެސް ނޯންނާނެ.

  8. ކާނިސޮރު

    އިންޑިއާ ސިފައިން ރެޑިވީ ލަނޑާބަރުކޮށްގެން ރާއްޖެ އަންނަން

  9. ަަަަާޕޮޕީ

    މުސްތަފާ ގެ ލަދު ހަޔާއް ނެތީތަ މީ ލައްކަ ވާހަކަ

  10. نلسا

    މިތަނަށް ކުލީ ސިފައިން އަރާ މަގޭ ޅަދަރިން ނުނިދި ބިރުގަނެފިނަަމަ. ކަލޭ އޮތް ހޮރަކުން ދަމާނެރެ ކަލޭގެ ނަން އެއީ ހަމަ އެކަނި ކަރުދާހުގަ ލިޔެފަ އޮތް އެއްޗަކަށް ހަދާލާނަން. ޥާނުވާ...

  11. ޙުސައިން މ. މުލި

    ޢަހާ ފުރަތަމަވެސް އިންޑިއާ ސިފައިން އުފުރާލީ މުސްތޮފާ ބެތަ
    ޗައިނާގެ މަނަވަރުތައް ރާއްޖެ ސަރަހައްދުގައި އަތުރާލާފަ ހުރިވާހަކަ ބުނެލަން.

  12. ޢޭސަ

    އިންޑިޔާ ސިފައިންނަށް ފުރަތަމަ ދައްކަނީ މުސްތަފާ. ދެން ފުރޭނިގެން އަންނަ އެއްޗަކަށް ވާގޮތް ބަލަންޖެހޭނީ. މުސްތަފާއަށް ފެންނާނީ ނަރަކަ މިގައުމު އިންޑިޔާ ސިފައިން އައިސް ލޭއޮހޮރައިފިނަމަ. މިބިމުގ ވައިގެތެރޭގަ ނޫޅެވޭނެ.

  13. ޕުރިންސް

    މި ޤައުމައް އެއްވެސް ގެއްލުމެއް ވެއްޖެއްޔާ

    ކަލޭ ޖެހޭނެ އޭގެ ޒިންމާ ނަގަން ބުރާންޗާ

    މަގޭ މީހަކައް ކަމެއް ވެއްޖެއްޔާ ކަލެޔައް

    ނަންބަރު އައިނެއް އަޅުވާފަ ސާފުކޮއް ނަރަކަ

    ދައްކާލަ ދޭނަން ހަރާމް ކުއްތާ

  14. އެކިފަހަރު އެކިކޮޅައް

    ހިތްވަރެއް ހުރިބަޔަކައް ކުލީސިފައިން ވެސް ގެނެވޭނީ ހިތްވަރެއް ހުރި މީހެއް އިދިކޮޅުގަ ނޫޅުއްވަ

  15. އައިޝަތު

    ރާއްޖޭގެ ރައްޔިތުން ނަތްތާލައިގެންވެސް މިބައިގަނޑު ބޭނުންވަނީ ވެރިކަން. މިއީ ވަބާއެއް.

  16. ފާއިޒް

    މުސްތަފާމެން ކަހަލަ ތަންދޮރު ނުދަންނަ އަދި ލިޔަން ކިޔަން ނުދަންނަ ގަމާރުން ޤާނޫން ހަދާ މަޖްލިސް އަށް ހޮވީ ސިކުނޑި ހަމަޖެހޭ ބައެއް ބާވައޭ ހިތަށް އަރާ..

  17. ައަތޮޅުން

    މުސްތަފާއަކީހައްދުފަހަނަ އަޅާފައިވާ ކުއްވެރިއެކެވެ ގައުމަށާއި ރައްޔިތުންނަށް
    ޣައްދާރު ވުމުގައިދެމިހުރި ނުރައއކާތެރި މީހެކެވެ
    ގައުމަށް ނުވަތަ އެއްވެސް ސިޔާސީޕާޓީއކަށް
    ވަފާތެރިވުމުގެ ގާބިލްކަމެއް އޭނާގެ ނެތެވެ

  18. ށުމޮން

    މުސްތަފާ. ކަލޭ ހަމަތަ؟ މިތާ މިހިރަ ކޮމެންޓް ތައްކިޔާފަ އަހަރެން މިހިރީ ކަލޭ ތީ ބޯ ބުރާންޗެެއް ކަމަށް ނިންމައިގެން...
    ހޭބަލިވޭ....