ރާއްޖެ އިން ކޮވިޑް-19 ފެނިފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމްއެންޑީއެފުން ހުޅުމާލޭގެ މަގުތައް މިއަދު ކްލޮރިން އަޅައިގެން މިއަދު ދޮވެފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ދިރިއުޅޭ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހުޅުމާލޭގެ މަގުތަކާއި ބަސް ހުއްޓިތައް ކްލޮރިން އަޅައިގެން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ގަވައިދުން ކުރަމުންދާ ކަމަށެވެ. ހާއްސަކޮށް ހުޅުމާލެ ބީޗު ސަރަހައްދު ސާފު ކުރަމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލެ ދިރިއުޅޭ ފަރާތްތަކުން އޮންލައިން މެދުވެރިކޮށް ނުވަތަ ފޯނުން ގުޅައިގެން ވިޔަފާރި ކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ. ހުޅުމާލެގެ ފިހާރަތަކުގެ މައުލޫމާތު އެޗްޑީސީގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.

މިދިޔަ ހޯމަ ދުވަހު މާލެ ސިޓީ ކައުންސިލް އާއި އެމްއެންޑީއެގް ގުޅިގެން މާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މާލޭގެ މަގުތަކުގައި ކުނި ޖަމާވާގޮތަށް ޖަހާފައި ހުރި ޕެލެޓުތައް ވަނީ ނަގާފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް 13 މީހަކު ފައްސިވުމާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން މާލެ ސިޓީ ކައުންސިލާއި ސަރުކާރުން އަންނަނީ އާންމުންގެ ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ފަސް މީހުން ވަނީ ރަނގަޅުވެފައެވެ. ނަމަވެސް އެމީހުން ތިބީ 30 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޙެރހ

  ތިޔޮއްބޮޑު ލޮރި ގައިމު މަލެ އެހަފަސެހައިން ހުޅުމަލެއް ގެނެވުނި ބުރިޖު އޮތިމަ ސުކުރިއްޔަ ރޔ

  5
  2
 2. ޙަމަހަމަ

  ޕޭވް މަންޓަށް ވެސް ޖަހާތަ ؟ މަގު މެދަށް ވުރެޢް ބޮޑަށް ކުޅުޖަހާ ހަޑިވާނީ ޕޭވް މަންޓުތަކާ ފާރުބުޑުތައް.

 3. މަޗާ

  އަހަރުމެން ގޭދޮށުގައި ރޭގަނޑެއް ދުވާލެއް ނުބަލާ އެހެރަ ތޮރުފާ ތަޅާބާލާ މަގުމަތީ އެއްޗިހި ރިޕެއަރ ކުރާ ގަރާޖާ ހެދި ގޭގައި މަޑުން ތިބެ އާއިލާ މީހުންނާ ވާހަކަދައްކާލެވޭވަރުވެސް ނުވޭ! އެކަން ހުއްޓުވާލަ ދީބަލަ!