ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތަކަށް އެރުމާއި ފޭބުން މަނާކޮށްފައި އޮއްވައި ހޮނޑާފުށި އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު އޭނާގެ ތަކެތި ނަގަން އެ ރިސޯޓަށް އެރުމަށް ފަހު ހދ. ހަނިމާދޫއަށް ދިއުމުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހޮނޑާފުށި ރިސޯޓުގެ މުވައްޒަކު ހަނިމާދޫގައި ހުރެފައި ރޭގެ ވަގުތެއްގައި އެ ރިސޯޓަށް އަރާފައިވާ ކަމަށެވެ. އަދި ރިސޯޓުގައި ހުރި އޭނާގެ ތަކެތި ހިފައިގެން އަނބުރާ ހަނިމާދޫއަށް އައި ކަމަށާއި އެކަން ކުރީ ރިސޯޓުގެ މެނޭޖްމަންޓު ހުއްދަ ނެތި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެއީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއް ދަށުން ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގައި ސިއްހީ ކުލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ އިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ރިސޯޓުތަކުން ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް ދިއުން މަނާކޮށްފައެވެ. އެއީ ރާއްޖޭގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އެޅި ފިޔަވަޅެކެވެ.
އޭނަ ޕޮޒިޓިވް ނޫނިއްޔާ ދޫކޮށްލަ ދީފާނަންތޯ އޭނަ އާއިލާ ގާތައް ދިޔަދީ ޕްލީޒް