"ސްޓޭއެޓްހޯމް ޗެެލެންޖް" ގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެން އާންމުންގެ ސަމާލުކަން މިރޭ ހޯއްދަވައިފިއެވެ.
މި ޗެލެންޖަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން އެންމެން ގޭގައި މަޑުކުރުމަށް ސިއްހީ މާހިރުން ލަފާދީފައިވާތީ މުނިފޫހިވިލުވުމުގެ ގޮތުން ސޯޝަލް މީޑިއާގައި ބަޔަކު ފެށި ކަމެކެވެ. މިކަން މިހާރު ސޯޝަލް މީޑިއާގައި ވައިގައި ހިފާފައިވާ އިރު، ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި އާންމުން ބައިވެރިވެފައިވެއެވެ. އަދި ބައެއް ގައުމުގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ މި ޗެލެންޖް ފުރިހަމަ ކުރައްވައި، އާންމުންގެ ސަމާލުކަން ހޯއްދަވައިފައެވެ.
I accept the #StayAtHomeChallenge from our Foreign Minister @abdulla_shahid
Now I nominate:
Home Minister @ShimranAb
MD of ADK @ahmedafaal
MP @mohamedwisaam
@SaaidKalhey#WashYourHands #StaySafeStayHome #TravelTomorrow pic.twitter.com/GlxDGIQEpJ— Faisal Naseem (@FaisalNasym) March 28, 2020
މި ޗެލެންޖުގައި އޮންނަނީ ޓޮއިލެޓް ޕޭޕާ ރޯލެއް ނުވަތަ ޓިޝޫ ރޯލެއް ބޭނުންކޮށްގެން ވީހާވެސް ގިނަ ވަގުތު ޖަގްލްކުރުމެވެ.
ޝާހިދުގެ ހުނަރުވެސް ވަކި ދެރައެއް ނޫން، "ސްޓޭއެޓްހޯމްޗެލެންޖް" ފުރިހަމަ ކުރައްވައިފި
ނައިބު ރައީސް މި ޗެލެންޖްގައި ބައިވެރިވެ ވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށެވެ.
މި ޗެލެންޖު ފުރިހަމަ ކުރެއްވުމަށް ފަހު، ނައިބު ރައީސް ވަނީ ހަތަރު ބޭފުޅަކު މިކަން ފުރިހަމަ ކުރެއްވުމަށް ދައުވަތު ދެއްވައިފައެވެ.
އޭގެތެރޭގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އާއި ރައްޔިތުންގެ މަޖިލިހުގެ ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިސާމާއި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ.
ނައިބު ރައީސް ޗެލެން ފުރިހަމަ ކުރެއްވުމާ ގުޅިގެން ބައެއް މީހުންގެ ތާއީދު އެމަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ.
އެގޮތުން ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ސިފަ ކުރެއްވީ އެއީ "ރީތި ކޮންގްފޫ" އެއް ގޮތަށެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނައިބު ރައީސްގެ އެ ޗެލެންޖް ފުރިހަމަ ކުރެއްވުމާ ގުޅިގެން އެކަމަށް ތަރުހީބު ދެއްވައިފައެވެ.
އާޒިމަކީ ވެސް މި ޗެލެންޖުގައި ބައިވެރިވެވަޑައިގެން، އެކަން ފުރިހަމަ ކުރެއްވި އެއް ބޭފުޅެވެ.
ބައެއް އާންމުން ވެސް ވަނީ މި ޗެލެންޖް ނައިބު ރައީސް ފުރިހަމަ ކުރެއްވުމާ ގުޅިގެން އެކަމަށް ތައުރީފްކޮށްފައެވެ.
މި ޗެލެންގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ބައިވެރިވި އިރު، މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޗެލެންޖް ފުރިހަމަ ކުރެއްވީ ޝާހިދުގެ އިތުރުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުއިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން ގިނަ ގައުމުތަކެއް ލޮކްޑައުން ކޮށްފައިވާއިރު، އެތައް މިލިއަން މީހުން ތިބީ ގޭގައެވެ.
ކީއްތަވާނީ ޤްރްއާން ކިޔެވުމުގެ ހުނަރު ދައްކާލިއްޔާ
އެ ހުނަރު ނެތީމަ!
ކީރިތި ޤުރްއާނަކީ އެގޮތަށް މޮޅުކަން ދެއްކުމަށް ކިޔަން އޮންނަ ފޮތެއް ނޫން. އެއީ ވަރަށް ބޮޑު ފާފައެއް.
މިއަދުގެ މީސްތަކުންނަށް ވެފައި މިވަނީ ކީއްބާއެވެ! ގޭގައި މަޑުކޮއްލުމަކީ ދަތި އުނދަގޫ ކަމަށްވެއްޖެއެވެ. ބަލާއާފާތުން ސަލާމަށްވުމަށް މަސައްކަތްކޮށް ދަންނަވާ ކެތްތެރިކަން އިސްކުރައްވަން ނުވަނީ ތޯއެވެ.
އެންމެ ރަނގަޅޭ ހީވި މީހާ ވެސް އުޅޭގޮތްދޯ..ދެން އެހެން މީހުންގެ ހާލަކީ އަދި ކޮބާ..
ކޯފާގެ ވަގުތު ﷲ އަށް ބިރުވެތިވެ އަސްތައުފާރު ގިނަ ކުރޭ. ދެއްކުންތެރިކަމުން ދުރުހެލިވޭ
ކީއްކުރާ މީހެއްތީ މިއޮއްބޮޑު މުސީބާތުގަ ރައްޔިތުންނާ މުހާތަބުކޮށް ބަހެއް ބުނެލަން ނުކެރުނު
ކިހާ ދެރަ! އަ ދިވެސް ކުޅިވަރާއި މަޖަލުގަ. ޣާފިލު ކަމުގަ! ޔާﷲ! ޖާހިލްކަމުގެ އަނ ދިރިން އަޅަމެން ސަލާމަތް ކުރައްވާނ ދޭވެ! އަ ދި އަޅަމެންނަށް ހެޔޮ ވިސްނުން ދެއވައި އިނބަ އިލާހު ރުހިވޮޑިގަންނަވާ މަގަށް މަގު ދައްކަވާނ ދޭވެ!
މި ޗެލެންޖު ފުރިހަމަކުރާމީހުންނަށް ގެއިންނުކުތުމުގެ ހުއްދަ ލިބޭނެތަ؟
އަޅުގަނޑުމެން އެންމެންވެސް ޢަޅުކަމުގައި ވަގުތު ހޭދަކުރަމާ!
މިފަދަ ބޮޑު މުސީބާތުގެ ވަޤުތުވެސް މަޖާ ކުރުމުގަ .
އެއްޗެއް ހިތަށް އަރާމީހަކު ސަޖިދައިން ނުވެސް ތެދުވާނެ.
އެހެންޏާ ފޮޓޯނަގާފަ ވީޑިއޯ ކޮށް މީސްމީޑިޔާ އަށް ލައިފިނަމަ ބުނާނެ ދެއްކުންތެރިކަމޭ...
ނަމާދު ކުރުމާއި ދުޢާ ކުރުމަކީ ހަމަ އެކަނި މިސްކިތުގަ ކުރާ އަޅުކަމެއް ނޫަން... ގޭގަ ވެސް ކުރެވޭނެ.
އެހެނޭ ކިޔާފަ މީޑިޔާ ގެނެސް ލައިވް ކޮށް ހަދަން ނުޖެހޭ
ކީރިތި ޤުރުއާނުގެ 103 ވަނަ ސޫރަތުގައި ﷲ ވަޙީ ކުރައްވާފައިވާ ކަންތައްތަކަށް ދައުވަތު ދިންނަމަ.
ކޮބާތޯ ސޯލިޙް ރައީސް އާ މައުމޫނާއި ނަޝީދު.މިބޭފުޅުން ހުނަރު ވ.ދެކެލާހިތްވޭ.ނަޝދުގެ ފޭނުން ވ. ކަންބޮޑު ވެފަމިތިބީ ނަޝީދުގެ ޚަބަރެއް ނުވާތީ. ވ. ވެދުން
މުޅިދުނިޔެ ބޮދުވެގެންވީ މުސީބާތެއްގައި ވާއިރު ދިވެހިރާއްޖޭގެ ބޮޑުން ކުޅިވަރާ މަޖަލުގައި ވަގުތުތައް ބޭކާރު ކުރަނީ. ދުނިޔޭގެ އެންމެން މިބިރުވެރި ކަމުގައި ތިބިއިރު މިބިރުވެރިކަމުގެ އިތުރުން މުސްލިމުން މިއަދު މިތަޙައްމަލް ކުރަމުންދަނީ ދުވަހަކުވެސް މުސްލިމުންނަށް ތަޙައްމަލް ކުރަންޖެހިފައިނުވާ ހިތަދަތިކަމެއް. އެއީ މާތްވެގެންވީ ދެޙަރަމްގަ އާއި މިބިންމަތީގައިވާ މާްތްﷲ ގެ ގެކޮޅުތައް ކަމުގައިވާ މިސްކިތް ތަކުގައި ކުރަމުން އަޅުކަން ނުކުރެވި އެތަންތަން ފަޅުކޮށްފައި ބާއްވަން ޖެހުމުގެ ހިތާމަ. އެކަމަކު މިސަރުކާރުގެ ބޮދުންނާއި މަޖިލީހުގައިތިބި މީހުން ގޭގައި ތިއްބަވައިގެން ޝައިޠާނާގެ ބަހަށް ކުޅިވަރުތައްކުޅެ އެހެންމީހުންވެސް މިކަމަށް ވައްދަން މަސައްކަތް ކުރަނީ. ސުބްޙާނަﷲ.
ﷲ އަށް ބިރުވެތިވޭ ދެއްކުނ
ﷲ އަށް ބިރުވެރިވޭ އަދި ދެއްކުން ތެރިކަމުން ދުރުހެލިވޭ
އެހެންޏާ ފޮޓޯނަގާފަ ވީޑިއޯ ކޮށް މީސްމީޑިޔާ އަށް ލައިފިނަމަ ބުނާނެ ދެއްކުންތެރިކަމޭ...
ނަމާދު ކުރުމާއި ދުޢާ ކުރުމަކީ ހަމަ އެކަނި މިސްކިތުގަ ކުރާ އަޅުކަމެއް ނޫަން... ގޭގަ ވެސް ކުރެވޭނެ.
އެހެނޭ ކިޔާފަ މީޑިޔާ ގެނެސް ލައިވް ކޮށް ހަދަން ނުޖެހޭ
ޢަޅެ ހޭގަ ކުރާނެ އެހެން ކަމެއް ނެތިގެން ޓޮއިލެޓް ޓިޝޫތަ ކުޅެނީ މަ ހަމަ އަންތަރީސް ވެއްޖެ ބްރާންތި ވިޔަސް މީ ވ ބޮޑުވަެުރު
ޓޮއިލެޓް ރޯލަކީ ވެސް ވޭސްޓެއް، ދޮންމީހުން އުޅޭ ގޮތަށް އުޅޭގަ، ތިކަހަލަ ވެރިންނާއި ހެދި ދުނިޔެ ހަލާކުވަނީ، ދުޢާ ކުރަން އަތްމައްޗަށް އުފުލާ ރުއިނަމަ މާތާހިރު
ރޮއެފަ ދުޢާ ނުކުރާކަމެއް ކިހިނެތް އިގޭނީ...
އެހެންޏާ ފޮޓޯނަގާފަ ވީޑިއޯ ކޮށް މީސްމީޑިޔާ އަށް ލައިފިނަމަ ބުނާނެ ދެއްކުންތެރިކަމޭ...
ނަމާދު ކުރުމާއި ދުޢާ ކުރުމަކީ ހަމަ އެކަނި މިސްކިތުގަ ކުރާ އަޅުކަމެއް ނޫަން... ގޭގަ ވެސް ކުރެވޭނެ.
އެހެނޭ ކިޔާފަ މީޑިޔާ ގެނެސް ލައިވް ކޮށް ހަދަން ނުޖެހޭ...
މި ގައުމުގަ ތިބި ބޮޑުންގެ ހާލުދޯ؟!!!
އީމާންތެރިން މިއަދު ދައްކުވާ ދެއްވަންވީ ތިފަދުގެ މަންޒަރުތޯ؟ ޢަހަރުމެން ޅަދަރިރިންގެވެސް ހަލާކު!!!!!
މި ގައުމުގަ ތިބި ބޮޑުންގެ ހާލުދޯ؟!!!
އީމާންތެރިންކަން މިއަދު ދައްކުވާ ދެއްވަންވީ ތިފަދުގެ މަންޒަރުތޯ؟ ޢަހަރުމެން ޅަދަރިރިންގެވެސް ހަލާކު!!!!!
އެހެންޏާ ފޮޓޯނަގާފަ ވީޑިއޯ ކޮށް މީސްމީޑިޔާ އަށް ލައިފިނަމަ ބުނާނެ ދެއްކުންތެރިކަމޭ...
ނަމާދު ކުރުމާއި ދުޢާ ކުރުމަކީ ހަމަ އެކަނި މިސްކިތުގަ ކުރާ އަޅުކަމެއް ނޫަން... ގޭގަ ވެސް ކުރެވޭނެ.
އެހެނޭ ކިޔާފަ މީޑިޔާ ގެނެސް ލައިވް ކޮށް ހަދަން ނުޖެހޭ
ޣައިރު މުސްލިމުން ޖައްސާ ކޮންމެ ވައްތަރެއް ޖައްސަންޖެހޭބާ...ތިއީ ހަމަ ދެއްކުންތެރިކަން... ﷲ ތައާލާއަށް ބިރުވެތިވޭ.
އަޅެ މިމުސީބާތުގެ ވަގުތުގައިވެސް ފަރަންޖީއަކު ކޮޕީ ކުރުން ނޫންކަމެއް ނާއިބު ރައީސް އާއި ފަވްލަތުގެ ބައެއް ވެރިންނަށް ނުފެނުނީތޯ؟ ﷲ ތިމާމެންނަށް ދެއްވާފައިވާ ނިއުމަތާމެދު ވިސްނާލާ ދިވެހި ޤަވްމު މިމުސީބާތުން ސަލާމަތް ކޮށް ދެއްވުން އެދި ދުއާކުރިނަމަ ކިހާރަގަޅުވީސްތޯ؟
ގޮތެއް ފޮތެއް ނެތް ބައި ގަޑަކޭދޯ މިއީ ކޮބާ ލަދު ހަޔާން ރައްޔަތުންނަށް ނަމުނާ ދައްކަންތިބ ބަޔަކު މި އުޅެނީ ކުޅިވަރާ މަޖަލުގާ ކީންތަވާނި ނަމާދު ކޮން ދުޢާއެއް ކޮންލިއްޔާ
ނަމާދު ކޮށް ތަސްބީހަ ކިޔާބަލަ. އަހަރެމެން ކޮންމެ ހުކުރު ދުވަހަކު ޚުތުބާގައި ކަލޭމެނަށް (އަހަރެމެންގެ ތެރެއިން މާތްﷲ ޚިޔާރު ކުރައްވާފައިވާ ވެރިންނަށް)ހެޔޮމަގު ދައްކަވާތޯ ހާދަ ދުޢާއެއްކުރަމޭ. މިފަދަ ދަޑިވަޅުގައި މާތްﷲ އަޅުގަޑުމެން ކޮވިޑް19 ގެ ވަބާއިން ސަލާމަތްކުރައްވާތޯ، އަހަރެމެން ދޭ ޓެކްސް އިން މުސާރަނަގައިގެން ގޭގަ ތިބެ ކަލޭމެން ދުޢާކޮށްދީބަލަ. ޓޮއިލެޓް ކަރުދާސް ރޯލަށް ކޮން ބާރެއް އަރުވާކަށްތަ؟
މިތިބަ މީހުން ލަދެއްވެސް ނުގަންނާނެ ރައްޔިތުންނާ ގައުމަށް ދިމާވެފާވާ މިބަލިމަޑުކަމުގެ ވަބާއިން ސަލާމައް ވެވޭތޯ މަސައްކަތް ކުރަންވިވަގުތު ރައްޔިތުންގެ ލާރިން ބޮޑުމުސާރައާއި އެހެންވެސް ހުރިހާކަމެއް ބޭނުންކޮށްގެން ތިބެ މިކަހަލަ ނާތަހުޒީބު މިވަގުތާ ނުގުޅޭ ކަންތައް ކުރުމުން މިމީހުނަށް ރައްޔިތުން ގެ އިތުބާރު ގެއްލި ހިގައްޖެ،،،،،
ރާއްޖޭގެ ނިކަމެތި ރައްޔިތުން ކޮވިޑުގެ 19އިގެ ބިރުވެރިކަމަށް ވެއްޓުމުގެ އުފަލުގަ މިމީހުން ކަރުދާސް ރޯލައް ވަރުގަނޑު ބާލަނީ ލަދެއްވެސް ނުގަނޭ ،،،،،
ބަލަ މި ބޭފުޅުންނަށް މި ނޫންކަމެއް ކުރަން ނުފެނުނީތަ؟ ރައްޔިތުންނަށް މަލާމަތް ކުރާހެން ހީވަނީ
ހެޔޮ ނުވާނެ.މާތް ﷲ އަށް ބިރުވެތިވެބަލަ.ނަމޫނާ ދައްކަންތިބި މީހުން މިތިބީ އުޅޭގޮތް. ދެންވިސްނާ އެހެންމީހުން އުޅޭނެގޮތް. ހެޔޮ ޢަމަލުތައް ގިނަކޮށް ގިނަގިނައިން ދުޢާކޮށްބަލަ. ކަލޭމެން އެންމެ މީހެއްގެ ފަރާތުންވެސް މިކަހަލަ އެންމެ ކަމެއް ފެނުނަސް އެއީ ދެން ހާދަބޮޑުވަރެކޭ. ހެޔޮ ނުވާނެ. މަރު އައިސް ހާޒިރު ނުވަނީސް ތި ކުޅޭ ނާޗަރަންގީތައް ދޫކޮށްލަބަލަ.
ކުޅޭކުޅޭ ސަރުކާރު
ދެރަކަމެއް ދިވެހިން މަކުންހެން އުޅެއް ފެށުމަކީ! މިބޭފުޅުން ހިނާތޯހިރުވަނީ ޓޮއިލެޓު ފޭފަރުންބާ؟ ތިޓޮއިލެފޭފަރުން ހުނަރުދައްކަން ފެށުންގޮތުގެ ވާހަކަ އެގޭނަމަ ހަމަބުއްދި ހުރިމީހުން އަބުރައި ގަންނާނެ އެއީ ހަޑި ހިތާމަ ހުރިކަމެއްވީމަ ކޮންމެހެން އެވާހަކަ ނުދައްކާނައް
މިއީ ކޮންމެހެން ފުރިހަމަ ކުރަން ޖެހޭ ކަމެއްތަ! މިއަށްވުރެ ޤައުމުގެ މަސްއޫލިއްޔަތުތައް އަދާކުރަން ހުރިއިރު އެކަން ފުރިހަމަނުކޮށް ފާޚާނާ ޓީޝޫ އާއި ކުޅެން މިޚުޞޫޢަތްތެރި ދަނޑިވަޅުގައި އުޅޭތީ ފާހަގަކުރެވެނީ ކޮވިޑަށްވުރެ މިކަން މިމީހުންނަށް މުހިއްމުހެން. ކާފިރުން ކުރާ ކޮންމެ ކަމެއް މިބައިގަނޑަށްވެސް ހަމަ މުހިއްމީ!