ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާ ފުރަބަންދު (ލޮކްޑައުން) ކުރުމާ ގުޅިގެން، ނުގެނެވި ހުރި ބޭހާއި ކާބޯތަކެެތީގެ ބާވަތްތައް ގެންނަން ފަށާފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ފަސް ސިޓީއަކުން ރާއްޖެ ގެނައުމަށް ނިންމާފައިވާ ބޭހުގެ ބާވަތްތައް ތައްޔާރަށް ހުރި ނަމަވެސް އެ ތަކެތި ރާއްޖެ އަށް ގެނައުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެ ދަތިތައް ކުރިމަތިވީ ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ފުރަބަންދު ކުރުމާއި އެ ގައުމުގެ ދަތުރުފަތުރުގެ ނިޒާމަށް މަޑުޖެހުމެއް އައިސްފައިވާތީ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ބޭސްތަކަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އޯޑަރުކޮށްފައިވާ ބޭހެވެ.

އިންޑިއާ އިން ކޮންމެހެން ރާއްޖެ ގެންނަންޖެހޭ މުދާ ނުގެނެވި ހުރުމުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވި ކަމަށް ވެސް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިންް މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ބޭހުގެ ބާވަތްތައް މެދުކެނޑުމެއް ނެތި ރާއްޖެ އަށް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.

މި މަހުގެ 14 ވަނަ ދުވަހު އިންޑިއާ އިން ވަނީ ރާއްޖެ އަށް ބޭނުންވާ ޒަރޫރީ ބޭހުގެ ތިން މަސް ދުވަހުގެ ސްޓޮކް ހިލޭ ދީފައެވެ.

މީގެއިތުރުން ކާޑުގެ ބައެއް ބާވަތްތައް އިންޑިއާގެ ބަނދަރުތަކުން ބަރު ކުރުމުގައި ދިމާވި ދަތިތައް ފިލުވައި މިހާރު ބައެއް ޝިޕްމަންޓްތައް ރާއްޖެ ވަނީ ގެނެސްފައެވެ.

އެ ގައުމުގެ ޓުޓިކޮރިން މަގުން ރާއްޖެ އަށް ގެނައީ 500 މެޓްރިކް ޓަނުގެ ހަކުރާއި 993 މެޓްރިކް ޓަނުގެ ހަނޑުލެވެ. އިތުރު 1،500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރުގެ ޝިޕްމަންޓެއް ވަނީ އަައުމުގެ މަގުމަތީގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުދަ ދުވަހު ވިދާޅުވީ އެސްޓީއޯ އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ 10 މަސް ދުވަހަށް ވާވަރަށް ހަނޑޫ، ހަކުރު، އަދި ފަސް މަސް ދުވަހަށް ވާވަރަށް ފުށުގެ ސްޓޮކެއް، ގެނައުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސިއްތި

    އިންޑިޔާއިން ގެންނަ މިލިޓަރީ ބޭސް ސިފައިން ގެންނަން ފަށައިފި. އިންޑިޔާގެ މީހުން ހަމަ ހާލުގަ ގެންގުޅެން ނޭގޭ ބައެއް ރާއްޖޭގެ ރައްޔިތުންނަށް ކޮން މޮޅު ވާހަކަ ތަކެއް ދައްކާކަށް. މިވީހާތާކަށް ނެތް މިގައުމަށް ފައިދާ ހުރި އެހީއެއް ދީފަ. މުޅިންވެސް އިންޑިޔާއިން ދައްކާނީ ދައްކާނީ މޮޅުވާހަކަ

    12
  2. Anonymous

    މިބަލިމަޑުކަމަކީ މުސްލިމުންނަށް ނަޞްރެއް ކަމުގައި ލައްވަވާނދޭވެ. އަދި ﷲ ގެ އަދުއްވުންގެ ނިމިދިއުމެއް ކަމުގައި ލައްވަވާނދޭވެ. އާމީން.

    13
  3. ރައްޔަތު މީހާ

    އައްުޑޫވިއްކާފަ ގެންނަ ސާމާނު ތީ..

    މާދަމާ އެމީހުންނަށް އައްޑޫގައި މިލްޓްރީީ ބޭސް ހަދަން ހުއްދަ އެދެނީ..

    ފްލައިން ސްކޫލުގެ ނަމުގައި..

    ހެޔޮނުވާނެ އައްޑޫ މީހުންނަށް އެވަރުގެ ބޮޑު ލަޑެއްނުދީ..
    އެއީ އެގައުމުގެ މުސްލިމުން ކަތިލާމީހުން އަހަރުންމެންނަށް ކިހިނެއްތްހަދާނެ ތިވަރުގެ ބާރެއް ދިނީމަ..

    އެމީހުން އައްޑޫއިން ބާލާ.. ޕްލީޒް..

  4. ރައީސުގެ މީހާ

    ހެޔޮނުވާނެ އާދޭސް ކޮށްފައި މިއެދެނީ.. އައްޑޫއިން އިންޑިޔާ މީހުންބާލަދީ.!

    އެމީހުން އިންޑިޔާގެ މުސްލިމުންނަށް އެހަދާގޮތް ހަމަ ލޮލަށް މިފެންނަނީ..އެއީ އެއީ އަދި އިންޑިޔާގެ މީހުން.. އަހަރުމެން މީ އިންޑިޔާ ބަޔެއް ނޫން.. އަހަރުމެންނަށް ކިހިނެއް ހަދާނެ..!

    ގޭގެޔަށް ވަދެ މީހުންނަށް އަނިޔާކޮށް ނެރެނީ..

    މިއައްޑޫގައި އެކަން ހިގާނެ.. އޭގެ ކުރީން އެމީހުން ބާލަދީ.. ތި އެކަޑަމީގެ ނަމުގައި އެމީހުން ބޮޑުސިންގާ އެއަރ ބޭސްއެއް މިތާގައި މިހަދަނީ..!

    ގެތަކުން އަހަރުމެން ނެރެ އިންޑިޔާ މީހުން މިތަންތަނުގައި ވަޒަންވެރިކުރާނެ ދުވަސް ވަރަށް ކާރި.. އަވަހަށް މިވަބާއިން ސަލާމަތް ކޮށްދީ..!

  5. ކާޕެޓް

    އޭތް ކަލޭ މެން ގެރިއަކާ ބައްދަލު ކުރިއަސް ސެލްފީ ނަގާ ކޮބާތަ ތިބުނާ ރާއްޖެއަށް ގެނައި ކާޑުގެ ފޮޓޯ އިންޑިއާއިން ތިބުނާ ވަރަށް ބައިވަރުތަ ރާއްޖެ ގެންނަނަމަ ކަލޭމެން އެއެއްޗެހީ ގައި ބޮސްދީގެން ތިބެ ސެލްފީވެސް ނަގާފަ ނޫސްތަކުގައި ހަފުތާ ވަންދެ ޖަހާފަ ހުން ނާނެ އަދި އދި ކޮރޯނާއަށް ވުރެގިނައި ން އެވާހަކަ ދައްކަ ދައްކާފަ އަބަދު އަބަދު އެއެއްޗެހި ގެންނަ މަންޒަރާއި ފޮޓޯވެސް ދައްކާނެ އިންޑިއާއޭ ކިއާފަ މިކާޕެޓު ތެއްދެއް ހަދާފާނެބާ އެހެން ވިއްޔާ ބުނެބަލަ އެއީ ހިލޭ އިންޑިއާއި ރާއްޖެއަށް ދޭއެއްޗެހިތަ އަޅެ މިހާރު ގެނެސްފަ ހުރި އެއްޗެހީގެ ފޮޓޯ ދައްކާލަބަ ޗައިނާއިން ރާއްޖެ ގެންނަ އެއްޗެހިދައްކާ ގޮތައް ދައްކާލަންވީނު މިކަލޭގެ ދޮގު ހެދުން ހުއްޓާލާނީ ކޮންދުވަހަ ކުންބާ!