ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ވިދާޅުވެއްޖެއެވެ.

ޓެގް އިން މިގޮތަށް ވިދާޅުވެފައި ވަނީ ރައީސް އޮފީހަށް ދެއްވި ލަފައެއްގައެވެ. ރައީސް އޮފީހުން ވިދާޅުވީ ސްކޫލްތަކާއި ކޮލެޖުތަކާއި އޮފީސްތައް ބަންދުކުރަން ނިންމީ ޓެގް އިން ދީފައިވާ ފަންނީ ލަފާ އަށް ބެލުމަށް ފަހުގައި ކަމަށެވެ.

"ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރުން ކުޑަކުރެއްވުމަށްޓަކައި މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާގުޅޭގޮތުން މަޝްވަރާ ކުރައްވައި، ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިޢާޔަތް ކުރެއްވުމަށްފަހު، މިބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމާބެހޭގޮތުން މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ." ރައީސް އޮފީހުން މިއަދު ވިދާޅުވިއެވެ.

އަންނަ ހަފްތާގައިވެސް، ސަރުކާރުގެ އޮފީސްތައް ނުހުޅުއްވާގޮތަށް ނިންމެވިކަމުގައިވިޔަސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށާއި، އަދި ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރުއްވައިގެން އެ މަސައްކަތެއް ކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމެވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ލާރާ

  ބޮޑުވާނެ ދޯ ބޭރުގަތިބި އެންމެން ގެނޭވިއްޔަ އެބަ.އެމީހުންވެސް ގައުމު ދެކެ ލޯބިނުވާތީދޯ ވައިރަސްގެ ހާއްޔެއްގަ ތިބެފަ އެއަންނަނީ.

  66
  5
 2. ޝީޒާ

  މިވަގުތު އެއްރަށުން އަނެއް ރަށަށް މީހުންނައް ނުދެވޭގޮއް ހަދަންވީ. މިވަގުތު އެބަޔަކު ތިބިތާކު ތިބެންވީ ކެއްތެރިކަމާ އެކު. ފްލައިޓް ދަތުރުތައްވެސް މަޑުޖައްސާލަންވީ. މިވަގުތަކީ އެންމެ މީހެއްގެ ސަބަބުން އެތައްބަޔަކު ނުރައްކަލައް ހުށަހެޅިޔަ ނުދޭންވީ ވަގުތު. ރާއްޖެއިން ބޭރުގަ ތިބި މީހުން ގެނައުމުގެ ސަބަބުންވެސް އިތުރު ބިރުވެރިކަމާއި ކުރިމަތި ލާން ޖެހުނީ. މިހާރު ކޮވިޑް19ޔައް ފައްސިވެފަ ރާއްޖޭގަ ތިބި މީހުންނަކީވެސް އިނގިރޭސި ވިލާތުގަ ތިބެފަ ރާއްޖެ އއިމީހުން. ނިކަމެތި ރައްޔިތުން ރެޔާދުވާލު ކެނޑިނޭޅި ކުރި އާދޭސްތަކަށް ސަރުކާރުން އިޖާބަ ނުދިނުމުގެ ސަބަބުން މިހާލަތަ ދިޔައީވެސް. އިރާދަ ކުރެއްވީއްޔާ ކައިރި މުސްތަޤްބަލެއްގަ އަޅަމެން މިބަލިމަޑުކަމުން ސަލާމަތް ކުރައްވާށި އާމީން

  86
  4
  • އިއްބެ

   ދުޢާ އަކީ މިކަމުން ރާއްޖެ ސަލާމަތްވުން ވީހާވެސް އަވަހަކަށް
   އަދި ދުނިޔެ މިބިރުވެތި ކަމުން މިންޖުވުން

   ރަނގަޅު ވާހަކައެއް މިދުވަސްކޮޅު ބޭރުގަ ތިބި މީހުން ގެނައުމަކީ ރަނގަޅުކަމެއް ނޫން
   ސަރުކާރުން ކުރާ މަސައްކަތަށް 100
   ބޭރުގަ ތިބި މީހުން ވެސް އާދޭސް ކުރަނީ އެމީހުންނަށް އެހީވާން
   ކަރަންޓީން ކޮށްފަ މިހާރު ޓެސްޓް ކޮށްފަ މީހުންގެ ތެރެއަށް މިދެވެން އޮތީ

   ސަރުކާރުން ވެސް އާދޭސް މިކުރަނީ ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭރަށް ނުދިޔުމަށް
   އެ އަޑުއަހާ ބަޔަކު ތިބިހެނެއް ހިއެއް ނުވޭ

   3
   1
 3. ދެން

  ތިހެން ކިޔާނެ ކަމެއއނެއް .
  މީ މި ސަރުކާރުން އަމިއްލަ އަށް ބުއި ބޮނޑިއެއް.
  ޢިޓަލީގަ އެވަރައް ފެތުރިފަ އޮތް އް އިރުވެސް ހަމަ ފޮނިވެެފަ ގެސްޓުން ގެނައީ .
  އއއއއއ އޭގެެފަހުން ޔޫކޭގަ އާ އެމެރިކާގަ އެވަރަށް އޮއ އްވާ ދެން އެ ގެންނަން ފެށީ ބޮޑެތި މީހުންގެ ދަރިން

  އަހަރެންގެ ދަރިވެސް އެބަހުރި ބޭރުގަ .
  މާތްﷲ އަށް ވަކީލް ކޮށްލައިގެން މިހުރީ

 4. ދެން

  ތިހެން ކިޔާނެ ކަމެއއނެއް .
  މީ މި ސަރުކާރުން އަމިއްލަ އަށް ބުއި ބޮނޑިއެއް.
  ޢިޓަލީގަ އެވަރައް ފެތުރިފަ އޮތް އް އިރުވެސް ހަމަ ފޮނިވެެފަ ގެސްޓުން ގެނައީ . އޭގެެފަހުން ޔޫކޭގަ އާ އެމެރިކާގަ އެވަރަށް އޮއ އްވާ ދެން އެ ގެންނަން ފެށީ ބޮޑެތި މީހުންގެ ދަރިން

  އަހަރެންގެ ދަރިވެސް އެބަހުރި ބޭރުގަ .
  މާތްﷲ އަށް ވަކީލް ކޮށްލައިގެން މިހުރީ

 5. މަރީ

  އބޭރުގަ ތިބި ހުރިހާ ދިވެހިން ގެންނަން ވީމާ ވާނީ ތިހެން..ދިވެހި ރާއްޖެ ބޮޑު ނުރައްކަލަކަށް ނުދަނީސް އެކަން ހުއްޓާލާ??

 6. ައައިޝާ

  ބޭރުގާ ތިބި އެންމެން ގެނަ އުން ހު އްޓާލަބަލަ ހެޔޮނުވާނެ??

 7. ީރިސާޗު ބޮޓު

  އިންޑިޔާގައި ބޭސްފަރުވާއަށް ގޮސް ތިއްބައި ތާށިވި ދިވެހިން މިހާރުން މިހާރަށް ގެނެސް ރާއްޖޭގައި ކަރަންޓީން ކޮށް ދެއްވާ..އެމީހުން އެބަލި ފެތުރެން ދާއިރު އިންޑިޔާގައި ބަލީގެ ހާއްޔެއްގައި ބޭތިއްބުމަކީ ބުއްދިވެރި ކަމެއް ނޫން. ޢަމިއްލަ ފަސްގަނޑުގައި އާއިލާ މީހުން ކައިރީ ހުރެވޭ ކަމުގެ އިޙްސާސއ ކުރެވޭނެ ރާއްޖޭގައި ކަރަންޓީން ވީމައި ހެޔޮ ނުވާނެ ޗައިނާގެ އެންމެ ވަރުގަދައަށް ފެތުރުނު ސަރަހައްދު ބަންދުކޮށްފައި އޮއްވައި އިންޑިއަން އޭއަރލައިން ފުލައިޓަކުން އިންޑިޔާ މީހުންނާއި ދިވެހިން ގެނައީ. ކީއްވެތޯ އިންޑިޔާގައި ބޮޑުވަރު ނުވަނީސް ހުރިހާ ދިވެހިން ނުގެންނަން ތިޔަ އުޅުއްވަނީ. ސަރުކާރުން އެބަޖެހޭ މިކަމާއި ވިސްނަން.. .

  6
  2
 8. އުސައިދު

  ބޮޑުވާނެ ބޭރުން އަންނަ މީހުން އެންމެންނާ ބައްދަލުކޮށް ނިމުނީމަ ކަރަންޓީނު ކުރަންޏާ އެހެންވީމަތާ ކޮންމެ މީހަކު ތިރީސް ސާޅީސް މީހުންނާ ކޮންޓެކްޓްވެފަ އެތިބެނީ

  5
  1
 9. ފައިޚާން

  ހުރިހާ އެންމެން ގޭބަންދުގަ ބައިތިއްބަ ބަލަ 14 ދުވަސް ވަންދެން.. ދެން ރަންވޭމަތީކައި ކަޅުތެޔޮ ފީފާ ބަހައްޓާފަ މިތަނައް އެއްވެސް ފުލޭޓަކައް ނާދެވޭގޮަތައް ހަދާފަ.ކާޑު ގެތަކައް ބަހަން ސިފައިންނާއި ހަވާލުކޮއްބަލަ.. ނުފެނޭތަ މިގޮތައް ކަންތައް ނުކުރި ގައުމުތައް ބޮއްސުންލައިގެން ނޭވާހޮޅީގަ ތެޅޭމަންޒަރު.

 10. ހިޔާލު

  ބަލި އިންޕޯޓް ކޮއްފަ ތިހެން ކިޔުމުގެ ބޭނުމެއް ނެތް.

 11. Anonymous

  ނަޝީދު ޓެސްޓް ކުރޭ އެއައި އެހަށް ދުވަހު އިނގިރޭސި ވިލާތަށް ގޮސްފައި. ކީއްވެ ދެވެން ވި
  ކީއްވެ. ކަރަންޓީން ނުކުރެވެންވީ. މަޖްލިސް ބޭފުޅުންވެސް އޭނާއާއި ކައިރިނުވޭ

  7
  1
 12. އަލީ

  ބޭރުގަތިބިމީހުން ނުގެނުމައްބުނާމީހެއްގެ ދަރިއެއްގެ ބޭރުގަ ހުރިނަމަ އެހެން ބުނާނެބާ ނުގެންނާށޭ

 13. ބްރޯ

  ހުރިހާކަމެއްގާ ވެސް ފިޔަވަޅުއެޅުން ވަނީ ލަސްވެފަ . ގޭގަ ކަރަންޓީނު ކުރުން ގޯސް .އިގިރޜޭސިވިލާތުން އިޓަލީން މަނާކުރުންލަސް ވަކިބަޔަކު ޓެސްޓް ނުކޮށް ދޫކުރީކަމަށް މިހާރު ސައްކުވޭ .ނޫންނަމަ ފެތުރުމާމެދު ސުވާލުމާކެއް އުފެދެންވީ ސަބަބެއްނެތް. ވައިގެތެރެއަކުން ވައިރޯޅިޔާއެކު ވައިރަސް ނަދޭ ހަމަ ޔަގީން މީހަކު އައިސްގެން އަނެއްމީހައަސް ވައިރަސް ޖެހިގެން އިތުރުވަނީ ހާލަތު ވަޒަންކުރެވެނީ މާލަހުން.

 14. ޙައްވަ

  ރާއްޖެއިން ބޭރުގަ ތިބިމީހުން ނުގެއްނަން ގޮވާއިރު އެގޮމީހެއްގެ ދަރިއަކު ނޫނީ ފެމެލީ ކޮންމެވެސް މީހަކު ހުރިނަމަ ވަރަށް ބާރުލައިފަ ގޮވާނެ ގެންނަން، އެއްވެސް މީހަކު އަނެކާގެ އިހްސާސްތަކަށް އިހްތިރާމް ކުރުމެއްނެތް. ޗައިނާގަ ތިބީ އެންމެ 7 މީހުން އެތާގެ ހާލަތު އޭރު ވަރަށްގޯސް އެކަމަކުުުުު ގެނައީ ދޯ. މިހާރު އިންޑިއާގަ އެބަތިބި ބޭސްކުރަން ދިޔަމީހުުން އެތާ ނާދެވިފަ އެމީހުން އަތުުގަ ރުފިޔާ ހުސްވެ ހާލުގަ ޖެހެނީ އެކަމަކު އެމީހުުން ނުގެންނަން މިގޮވަނީ ދެން ލަންކާގަ އުޅޭ ދިވެހިންގެ ތެރެއިންވެސް އެންމެނަކީ ވިސާކާޑުުު ގެންގުޅޭ ބައެއްނޫން ކުއްޔަށްއުޅެނީ ފްލައިޓްތަށް މެދުކަނޑާލީމަ ރުފިޔާ ފޮނުވޭނެގޮތެއްނެތް ދެން ދަރިންނަށް ކާންނުދީ ގެކުލިނުދައްްކައިގެން ގެއިން ބޭރުކޮށް ހަދާއިރުވެސް ލަންްްކާގަ އެމީހުން ތިބެންވީއޭ މިގޮވަނީ. ތަންތާގެ ހާލަތު ދައްވެގެންްްްްްްދާއިރު އެތާގެ ރައްޔިތުންނަށް އެކަނި ހިދުމަތް ލިބެނީ ގިނަފަަރަށް ކޮބައިތޯ އިންސާނިއްޔަތު ކަމަކީ.