މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ކުރީގެސައިންސް އެޑިއުކޭޝަން ސެންޓަރު (އެސްއީސީ)، ނުވަތަ މިހާރުގެ ސެންޓާ އޮފް ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ފުރަތަމަ ޕްރިންސިޕަލް ޝައިޚް ޑރ. އިބްރާހީމް އަބްދުލްމާލިކް އަވަހާރަވެއްޖެއެވެ.
އޭނައަކީ އެ ސްކޫލް އުފެއްދެވި ބޭފުޅާވެސް މެއެވެ. ޑރ. މާލިކު ސީއެޗްއެސްއީ ހިންގެވުމުގައި ހުންނެވީ 1979 އިން ފެށިގެން 1981ގެ ނިޔަލަށެވެ.
އޭނާ އިއްޔެ އަވަހާރަވިއިރު އުމުރުފުޅަކީ 97 އަހަރުފުޅެވެ. ޑރ. މަލިކު ދަންނަ ބޭފުޅުން މީސް މިޑީއާގައި ލިޔުއްވާފައިވާ ގޮތުގައި، އޭނާ އަވަހާރާވީ ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށެވެ.
އެމެރިކާއަށް އުފަން ޑރ. މާލިކު ވަނީ ހާވަޑް ޔުނިވަސިޓީ އިން ސައިންސް އެންޑް އެޑިއުކޭޝަން އަދި ގްރެޖުއޭޓް ތިއޮލޮޖިކަލް ފައުންޑޭޝަނުން އިސްލާމިކް ސްޓަޑީޒް ހާސިލް ކުރައްވާފައެވެ.
އޭނާ އަވަހާރަވުމުން އެތައް ބަޔަކު ދަނީ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.
ތައުޒިޔާ ދަންނަވަން
އިބޫ އިސްތިއުފާ!!!!
މަރްޙޫމަށް ސުވަރުގެ މިންވަރު ކުރައްވާށި. ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ އާމީން