ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާ ގުޅިގެން ރާއްޖޭގެ ރިސޯޓުތައް ބަންދުކުރުމާ އެކު ފަރު މަހުގެ ވިޔަފާރި ކޮށްގެން ދިރިއުޅޭ މީހުންނަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން އިއްޔެ ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިސޯޓުތައް ބަންދުކުރުމާ އެކު ފަރުމަހުގެ ވިޔަފާރި ވެރިންނަށް ފަރު މަސް ގަންނާނެ ބަޔަކު ބޭނުންވެފައިވާ ކަމަށެވެ. ފަރުމަހާއި ލައްޓި ރާގޮނޑީގެ ވިޔަފާރިކޮށްގެން ދިރިއުޅެމުން އަންނަ އެތައް އާއިލާތަކެއް ތިބި ކަމަށާއި، އެމީހުންނަށް މިވަގުތު ސަރުކާރުގެ އެހީތެރިކަން އިންތިހާ އަށް ބޭނުންވެފައިވާ ކަަމަށް އަލީ ހުސެއިން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ރިސޯޓުތައް ބަންދުކުރުމުގެ ސަބަބުން ފަރުމަހުގެ ބާވަތްތައް މަސްވެރިންގެ އަތުން ގަންނާނެ ބަޔަކަށް މިވަގުތު ވަނީ އިންތިހާޔަށް ބޭނުންވެފަ. ފަރުމަހާއި ލައްޓި ރާގޮނޑީގެ މަސްވެރިކަމުން ކައިބޮއެ އުޅޭ ޢާއިލާތައް ރާއްޖޭގައި ނުހަނު ގިނަ. ސަރުކާރުގެ އެހީތެރިކަން އެންމެނަށްވެސް ބޭނުންވޭ.
— Ali Hussain (@AleeVoice) April 3, 2020
ފަރުމަސް ބާނާ މަސްވެރިން މަސް ވިއްކަމުން އަންނަނީ މީގެ ކުރިން ރިސޯޓުތަކަށެވެ. ނަމަވެސް މިހާރު ވައިރަހާ ގުޅިގެން ރިސޯޓުތައް ބަންދުކުރުމާ އެކު އެ ވިޔަފާރިތަކަށް ވަނީ ބޮޑު ހީނަރު ކަމެއް އައިސްފައެވެ.
ފަރުމަސްވެރިން ބަނގުރޫޓުވަމުން އަންނަ އިރު، މިފްކޯއިން ވަނީ ކަނޑުމަސް ކިރުވާ މަސްވެރިންނަށް ނުދީ ހުރި އުޖޫރަ ދޭން ފަށައިފައެވެ. އެގޮތުން އެ ކުންފުނިން ބުނެފައި ވަނީ 17 ދުވަސް ވަންދެއް މަސް ކިރުވައި އަގު ދީފައި ނުވާ ކަމަށާއި މިހާރު އެއްފަހަރާ އެ މަހަށްވާ ފައިސާތައް ދީފައިވާނޭ ކަމަށެވެ. އެއީ 40 މިލިއަން ރުފިޔާއެވެ.
މިފްކޯ އިން ބުނީ މަސްވެރިން ބާނާ މަސް ގަތުމަށް ދަތިވަމުން އަންނަނީ ހަމައެކަނި މަސް ގަންނަމުން އަންނަ ކުންފުންޏަކީ އެކުންފުނި ކަމުން ލޯޑް ބޮޑުވެގެން ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް އެތައް ދަތިތަކެއް ކުރިމަތިވެ، ދައުލަތުގެ އާމްދަނީ ދަށަށް ދާނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.
އެގޮތުން ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ބަރޯސާ ވެފައިވާ ފަތުރުވެރިކަމަށް އިންގިލާބީ ލޮޅުމެއް އައިސް ރާއްޖޭގެ ޖީޑީޕީ ދަށަށް ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ވިދާޅުވެފައެވެ.
ތިހުރުހާ ކަމެއް ބޭނުންވާކަން ތިއެގުނީ ކުއްލި އަކަށް އެއްވެސްވަރަކަށް އަދިވެސް ހަދާނެގޮތެއް ރޭވިފަ ނެތް މިކަމެތިން ގެ ހާލަކީ ކޮބާ ކަމެއްވެސް ނޭގުނު އެކަމަކު މިހާރު ތިބުނަނީ ދަނޑު ވެރިކަންކުރާށޭ މމިވަގުތު ކިހިނެއްތަ އެކަންވެސްކުރަނީ އަދި އެއިން ކާލިބެންދެން ނުކައިތިބެވޭތަ އެކަންކުރާނެ ފައިސާފޮއްޗެއްވެސް ނިކަމެތި މީހާއަތުގަ ނެއް ފައިސާވެސް ތިދެނީ ފައިސާހުރިމީހުނައްވިއްޔަ ނިކަމެތިން ހަނާހަނާހަނާ
ތިޔައީ ރަނގަޅުވާހަކައެއް އެކަމަކު މިޔަރުގެ މަސް ވެރިކަން ކުރި މީހުންނައް ހެދިހެން އަނެއްކާ ފަރުމަހުގެ ބާވަތެއް ބޭނުމާހިފުން މަނާ ނުކޮއްފިއްޔާ ސާބަސް
މިހާރު ތިވާހަކަ ދައްކައިގެން އަޑުއަހާނެ މީހަކުނެތް ހިތްވަރެއްވެސް ނެތް ސަރުކާރުވެސްވަނީ އަދުތޯ މާދަންތޯ ވެފަ އަލިބެ ރައްޔަތުންނަށް ހެވެއްއެދޭނަމަ ކެންދޫގެ ރަށްޔަތުންނަށް ފަރުމަސްވެރިކަން ކުރުމަށް ފައިސާގެ އެހީއެއްވެދެއްވުން ކީއްތޯ
ފަރުމަހުގެ މަސްވެރިކަމަކަށް މިހާރުއެހީ ބޭނުންވަނީ ރެސޯޓްތައް ހުއްޓުމަކަށް އައުމުން ބަނަ މަސް ގަނެ ވިއްކުމުގެ މެދުވެރިއެއްގެ ރޯލް އަދާކުރާނެ ފަރާތެއް .އެފަރާތަކަށް ދަވްލަތުން 500 މިލިއަންރުފިޔާގެ ލޯނެއް ދޫކުރަންވިީ އެފައިސާ ބޭނުންކުރަންވާނީ ހަމައެކަނި މަހުގެ އަގު އަދާކުރުމަށާ މަސްވިއްކުމުގެ ހަރަދު ހަމަޖެއްސުމަށް .ކުރިން މަސްގަންނާނެ އަގަކާ މަސް ވިއްކާނެ އަގެއް ހަމަޖެހިފަ އޮތުން ބެނުންވޭ،މިގޮތުގެ މަތިން މިހާރު މިފްކޯއަށް އޮތް ބުރަކަން ކުޑަކުރެވިދާނެ. މިފްކޯއިން ކުރިކަމަށް ވިޔަސް ހިންގަންވާނީ ވަކި ޕްރޮޖެކްޓެއްގެ ގޮތުގަ މިގޮތުން ފަރުމަހުގެ މަސްވެރިން ނަށް ރިސޯޓް ބަންދުވުމުން ލިބޭ ގެއްލުން ކުޑަކުރެވިދާނެ ކަމަށް ދެކެން.