ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކުރިޔަސް، ބައެއް ހިދުމަތްތައް ހދ. ކުޅުދުއްފުށީ ކައުންސިލް އިން ލިބޭ ގޮތަށް އެ ކައުންސިލުން ހަމަޖައްސައިފިއެވެ.

ކުޅުދުއްފުށީ ކައުންސިލް އިން ނެރެފައިވާ އިއުލާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ބަންދު ކޮށްފައިވާ މި ދަނޑިވަޅުގައި އެ އިދާރާއިން ބައެއް ޙިދުމަތްތަށް ދެމުންގެންދާނެ ކަމަށެވެ. އެގޮތުން އުފަން ދުވަހުގެ ރެޖިސްޓްރީ އާއި ސެޓްފިކެޓް ހެއްދުމާއި ރަށްވެހިވުން އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ދޫކުރުމުގެ ޚިދުމަތް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގައި ވެސް ލިބޭނެ ކަމަށް އެ އިދާރައިން ބުނެއެވެ.

އެގޮތުން އެ އިދާރާއިން ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 ކަމަށް އެ އިދާރާއިން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

ކުޅުދުއްފުށި ކައުންސިލުން ވަނީ އެ ރަށުގެ ރަށްވެހިންނާއި، އެ ރަށުގައި ދިރިއުޅޭ އާއިލާތަކަށް ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ނަަމަ އެ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސަތްކަތް ފަށައިފައެވެ.

މީގެއިތުރުން ކޮވިޑް-19 ރޯގާ އާ ގުޅިގެން ރަށުގައި ރަށްވެހި ވެފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރުމަށް ރަށުން ބޭރުގައި ދިރިއުޅޭ މީހުންގެ ދަފްތަރު ބެލެހެއްޓުމުގެ މަސައްކަތް އެ ކައުންސިލުން ފަށާފައިވާ އިރު ރޯގާއާ ގުޅިގެން އެ އިދާރާއިން ދަނީ ގިނަ މަސަތްކަތްތަކެއް ކުރަމުންނެވެ.